Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ginain-kasrathukurumakee-baliveinumai-huras-alhaakamaitha-2އާދަޔާ ޚިލާފަށް ކަސްރަތު ކުރުމަކީ އޭގެ ޒާތުގައި ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ހާއްސަކޮށް އެއީ ދިރިއުޅުމުގެ އާއްމު އާދައެއްކަމުގައި ވާނަމައެވެ. އެހެންނަމަވެސް މާބޮޑަށް ހަށިގަނޑުން ހިކި އަންހެނުން ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެކެވެ. އެއީ މިފަދަ އަންހެނުން ގިނައިން ކަސްރަތު ކުރުމުން ސިކުޑީގެ ދަށްބޮލުގައި އުފައްދާ ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދުމަށް ހުރަސްއަޅާއެވެ.

ނަތީޖާއެއްގެ ގޮތުން ބިސްބޭރުވުމާއި އެސްޓްރޯޖަން ހޯމޯން އުފެއްދުން މުޅިން ހުއްޓުމަކަށް ދެއެވެ. މިފަދަ އަންހެނުންނަކީ ހަގީގަތުގައި ބިސް ބޭރުކުރުމުގެ އަދި ބަލިވެއިނުމުގެ ގާބިލްކަން ހުންނަ އަންހެނުން ނެވެ. އަދި ބިސްރަވައިގާ އެކަށީގެންވާ ވަރަށް ބިސްވެސް އުފެދިފައި ހުންނަ އަންހެނުންނެވެ. އެހެންނަމަވެސް ގިނައިން ކަސްރަތު ކުރުމުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ ވައްތަފާޅީގެ ސަބަބުން ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދޭ މިންވަރު މަދުވެ ބިސް ބިސްރަވައިން ބޭރު ނުވުމުގެ ސަބަބުން ބަލިވެ ނުއިންނަނީއެވެ. ހަގީގަތުގައި މައްސަރުކަންތައް ދިމާވާހާ ހިދަކު ބަލިވެއިނުމުގެ ފުރުޞަތު އޮންނާނެވެ.

Comments