ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ގިނައިން ޖިންސީ ގުޅުން ހިންގުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ސަބައެއްތަ؟

ގިނައިން ޖިންސީ ގުޅުން ހިންގުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ސަބައެއްތަ؟

ithuruvaa-kamaitha-33ނޫނެކެވެ. ވަރަށްގިނަ ދެމަފިރީން ހީކުރަނީ ބަލިވެ އިނުމަށްޓަކައި އަނބިމީހާގެ އޯވަރީގައި ބިސް އުފެދޭ ބަރާބަރު ވަގުތަށް ޖިންސީ ގުޅުން ހިންގަން ޖެހޭނެ ކަމުގައެވެ. ބައެއް ދެމަފިރީން ބިސް އުފެދޭ ދުވަސްވަރާއި ދިމާކޮށް ހޭބޯނާޅައި ޖިންސީ ގުޅުން ހިންގައެވެ. ބިސް އުފެދޭ ބަރާބަރު ވަގުތަށް ދިމާ ކުރުމަށްޓަކައެވެ. ނަމަވެސް މިއީ ރަނގަޅު ހީކުރުމެއްނޫނެވެ.

ޖިންސީ ގުޅުން ހިންގުމަށްފަހު ދަރިފަނި އަނބިމީހާގެ ރަހިމާއި ފެލޯޕިއަން ޓިއުބުގެ ތެރޭގައި ދެތިންދުވަސް ވަންދެން ދިރި ހުރެއެވެ. އަދި ބައެއް ދެމަފިރީން ބިސް އުފެދޭ ދުވަސްވަރު ގާތްވަންދެން ޖިންސީ ގުޅުން ނުހިންގައި ތިބެއެވެ. ފިރިމީހާގެ ދަރިފަނި އިތުރު ކުރުމަށެވެ. މިއީވެސް ރަނގަޅު ހީކުރުމެއް ނޫނެވެ. އެއީ މިގޮތަށް ދަރިފަނި ޖަމާކޮށްފައި ބެހެއްޓުމަކީ ދަރިފަނީގެ ދިރުން ކުޑަވާ ކަމެކެވެ. ވީމާ ބިސް އުފެދޭނެ ދުވަހެއްގެ އިންތިޒާރުގައި ޖިންސީ ގުޅުން ނުހިންގައި ނުތިބޭށެވެ. ކިތައްމެ ވަރަކަށް ޖިންސީ ގުޅުން ހިންގިޔަސް މަދުނުވާވަރަށް ފިރިމީހާގެ ހަށިގަނޑުގައި ދަރިފަނި އުފައްދާނެއެވެ. ނަމަވެސް މީގެ މާނައަކީ ކޮންމެ ދުވަހަކު ޖިންސީ ގުޅުން ހިންގާށެކޭ ނޫނެވެ. ހަފުތާއަކު ހަފުތާއަކު ދެފަހަރު ނުވަތަ ތިންފަހަރު ޖިންސީ ގުޅުން ހިންގުމުން ފުދޭނެއެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.