ހުކުރު20200918

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ފިރިހެނުންނަށް ދަރިންލިބުން ލަސްވުމަށް ދިމާވާ އާއްމު ބަލިތައް

ފިރިހެނުންނަށް ދަރިންލިބުން ލަސްވުމަށް ދިމާވާ އާއްމު ބަލިތައް

lasvaa-aamu-balitha-42* މަނިދަތުރު ކުރާ މަގު ބަންދުވުން.

* ވެރިކޯސީލް.

* ދަރިފަނި އިންތިޒާމު ނުވުން.

* ދަރިފަންޏަށް އެލާޖީވުން.

* ސަބަބުނޭގޭ ބައެއް މައްސަލަތައް.

* ދެމަފިރީން ހިއްސާވާ މައްސަލަތައް.

ދަރިން ލިބުން ލަސްވިކަމުގައި ބެލެވެނީ ކައިވެނި ކޮށްގެން ދެމަފިރީން އެކީގައި އުޅެ ދޭތެރެދުރުކުރާ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކާއި ނުލައި އެއްއަހަރުވަންދެން ގަވައިދުން ރޭކުރުމާއި އެކުވެސް އަނބިމީހާ ބަލިވެ ނުއިންނަ ނަމައެވެ.

ދަރިންލިބޭ އުމުރުގެ %10 މީހުންނަކީ ދަރިން ލިބުން ލަސްވުމުގެ މައްސަލަ ކުރިމަތިވާ މީހުންނެވެ. މިގެތެރެއިން %30 މައްސަލަތައް ހިއްސާކުރަނީ އަނބިމީހާއެވެ. %30ފިރިމީހާއެވެ. އަދި %30 ދެމަފިރީން އެކުގައި ހިއްސާކުރާއިރު އަނެއް %10 އަކީ ސަބަބު ނޭގޭ މައްސަލަތަކެވެ.

އިތުރު މައުލޫމާތު ހޯދުމަށް ދަރިން ލިބުން ލަސްވާ މައިގަޑު ސަބަބުތައް ކިޔުއްވާށެވެ. ފަރުވާ ކުރުމަށްފަހު ވަރަށް ގިނަ ދެމަފިރީންނަށް ދަރިން ލިބެއެވެ. ނަމަވެސް އެކިދެމަފިރީންނަށް ދަރިން ލިބުމުގެ ނިސްބަތް ތަފާތުވެއެވެ. އެއީ ބައެއް ދެމަފިރީ އެއްމައްސަލައަށްވުރެ ގިނަ މައްސަލަތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މަނިދަތުރު ކުރާ މަގު ބަންދުވުން.

މަނިދަތުރު ކުރަނީ ފިރިހެނާގެ ފިރިހެނާގެ ޖިންސީ ގުނަވަނުގެ ނިޒާމުގައި ހުންނަ ހޮޅި ތަކުން ލާފައެވެ. ރޭކުރާއިރު މިހޮޅި ތަކުގެ ތެރެއިންލާފާ ދަރިފަނި އަނބިމީހާގެ ފަރުޖަށް ދެއެވެ. މި ހޮޅިތައް ނުވަތަ މިއިން ހުޅިއެއް ބަންދުވުމަކީ ވަރަށް މަދު މީހަކަށް ނަމަވެސް ދިމާވާކަމެކެވެ. ވާޒް ޑިފަރެންސް ނުވަތަ އެޕިޑިޑައިމިސް ބަންދުވެއްޖެނަމަ ނުވަތަ ހަލާކުވެފައިވާނަމަ އަނބިމީހާގެ ފަރުޖަށް މަނަވީހައިވާނު ނުދިޔުމަކީ ވަރަށް ގާތް ކަމެކެވެ. މިހޮޅިތައް ބަންދުވާ ސަބަބު ތަކުގެތެރޭގައި ބަލިޖެހުން، ފާރުވުން، ރަނގަޅަށް އުފެދިފައި ނުހުރުން އަދި އޮޕަރޭޝަން ކޮށްގެން ނެގުން ހިމެނެއެވެ.

* އަލާމާތްތައް: މިހޮޅިތައް ބަންދުވެފައި ވާކަން ދެނެގަންނާނެ ވަކި ހާއްސަ އަލާމާތެއް ނުހުރެއެވެ.

* ފަރުވާ: އޮޕަރޭޝަން ކޮށްގެން ރަނގަޅުކުރުން

* ރަނގަޅުވާ ނިސްބަތް: މިނިސްބަތް ބިނާވެގެންވަނީ ހޮޅިބަންދުވެފައިވާ ސަބަބާއި ކުރާ އޮޕަރޭޝަނުގެ ވައްތަރުގެ މައްޗަށެވެ. ގާތްގަޑަކަށް %50-%90 ދެމެދުގެ ފިރިހެނުން އޮޕަރޭޝަނަށްފަހު ދަރިފަނި ބޭރުވާ އަދަދު އިތުރު ވެއެވެ.

ވެރިކޯސީލް.

ވެރިކޯސީލް އަކީ ފިރިހެނާގެ އުރަވަޅީގައި ހުންނަ ލޭހޮޅިތައް ފަލަވެ ގޮށްލުމެވެ. މިކަމުގެ ސަބަބުން ދެ އޮށުގެ ހޫނުމިން މައްޗަށް ދެއެވެ. މިއީ ދަރިފަނި އުފެއްދުމަށް ހުރަސްއަޅާކަމެކެވެ. ނުވަތަ އުފައްދާ މިންވަރު މަދުކޮށް ދަރިފަނީގެ ފެންވަރު ދައްކުރާ ކަމެކެވެ.

* އަލާމާތްތައް: މިއީ ވަކި ހާއްސަ އަލާމާތެއް ހުންނަ ކަމެއް ނޫނެވެ.

* ފަރުވާ: އޮޕަރޭޝަން ކޮށްގެން ލޭހޮޅިތައް ރަނގަޅު ކުރުން

* ރަނގަޅުވާ ނިސްބަތް: ގާތްގަނޑަކަށް %43 ފިރިންގެ އަނބިން އަހަރުދުވަހުގެ ތެރޭގައި ބަލިވެ އިދެއެވެ. އަދި %69 އަނބިން ދެއަހަރު ދުވަހުގެ ތެރޭގައި ބަލިވެ އިދެއެވެ.

ދަރިފަނި އިންތިޒާމު ނުވުން

ދަރިފަނި އިންތިޒާމު ނުވާ ތަފާތު ގޮތްތައް ހުރެއެވެ. އެއީ:-

1- ދަރިފަނި އުފެދޭ މިންވެރު މަދުވުން ނުވަތަ ނުއުފެދުން

2- ދަރިފަނި ބަލިކަށިވުން ނުވަތަ ދަތުރު ކުރުމުގެ ގާބިލްކަން ދައްވުން.

3- އައިބު ދަރިފަނި އުފެދުން.

އިސްވެދެންނެވުނު ހާލަތްތަކުގައި ދަރިފަނި އަނބިމީހާގެ ބިހާއެކުވެ ދަރި އުފެދުމުގެ ގާބިލްކަމެއް ނުހުރެއެވެ.

* އަލާމާތްތައް: މިކަން ދެނެގަންނާނެ ވަކި ހާއްސަ އަލާމާތެއް ނުހުރެއެވެ.

* ފަރުވާ: ހާއްސަ ބޭސް ބޭނުން ކުރުން، (artificial insemination)ރަހިމަށް ދަރިފަނި އިންޖެކުޓު ކުރުން، (intracytoplasmic sperm injection) ހަތަލު ދިޔައަށް ދަރިފަނި އިންޖެކުޓު ކުރުން.

ދަރިފަންޏަށް އެލާޖީވުން

ބައެއް ހާލަތް ތަކުގައިދަރިފަންޏާއި ދެކޮޅަށް އަމިއްލަ ހަށިގަނޑުގައި އެންޓިބޮޑީ އުފެއްދުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ގިނަފަހަރަށް ދިމާވަނީ ދަރިފަނި ދަތުރު ކުރާހޮޅި ވާޒް ޑިފަރެންސް އަށް ބައްޔެއް ޖެހުމުން، އަނިޔާއެއް ވުމުން ނުވަތަ އޮޕަރޭޝަނެއް ކުރުމަށް ފަހުގައެވެ.

* އަލާމާތްތައް: މިކަން ދެނެގަންނާނެ ވަކި ހާއްސަ އަލާމާތެއް ނުހުރެއެވެ.

* ފަރުވާ: (artificial insemination)ރަހިމަށް ދަރިފަނި އިންޖެކުޓު ކުރުން، (intracytoplasmic sperm injection) ހަތަލު ދިޔައަށް ދަރިފަނި އިންޖެކުޓު ކުރުން. އަދި ބައެއްފަހަރު ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަކުރާ ބައެއް ބޭސް ބޭނުން ކުރެވެއެވެ. ނަމަވެސް ގިނަ ޑޮކުޓަރުން ލަފާދެއްވަނީ މިފަދަ ބޭސް ބޭނުން ނުކުރުމަށެވެ. މިފަދަ ބޭސްތަކުގައި ހުންނަ އަރިމަތީ އަސަރުތައް (side effects) ގިނަކަމުންނެވެ.

ސަބަބުނޭގޭ ބައެއް މައްސަލަތައް.

ބައެއްފަހަރު ބަލިވެ އިނުން ލަސްވާ މައިގަޑުސަބަބު އެގޭކަށެއް ނުހުރެއެވެ. ބައެއް ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވަނީ ތިމާވެށިގައި ހުންނަ ބައެއް ވިހަ މާއްދާތަކުން މިހެން ދިމާވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް މިކަމާއި ހުރި ސީދާ ގުޅުމެއް އަދި މިހާތަނަށް ޔަގީންކަމާއި އެކު ހޯދިފައެއް ނުވެއެވެ.

ދެމަފިރީން ހިއްސާވާ މައްސަލަތައް.

ދަރީން ލިބުން ލަސް ވުމުގައި ބައެއްފަހަރު ފިރިމީހާއާއި އަނބިމީހާގެ މައްސަލަތަކެއް ހުރުމަކީވެސް އެކަށީގެންވާކެމެކެވެ. ވުމާއިއެކު މާބަނޑުވުން ލަސްވެގެން ޑޮކުޓަރަށް ދައްކާއިރު ދެމަފިރީން އެކުގައި ޑޮކުޓަރަށް ދެއްކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.