އާދީއްތަ20180923

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

falavumakee-hurasalhaa-kameitha-3ނޫނެކެވެ. ފަލަވުން އޭގެ ޒާތުގައި އެއީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ގަވައިދުން އިންތިޒާމުކޮށް ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުން ދާނަމަ ފަލަވުމަކީ ބަލިވެއިނުމަށް ހުރަސް އަޅާނެ ކަމެއް ނޫނެވެ. ގަވައިދުން މައްސަރު ކަންތައް ދިމާވަމުންދާނަމަ ބިސް ބޭރުވަމުންދާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކުވެސް އޮންނާނެއެވެ.

ނަމަވެސް ވަރަށް ގިނަފަހަރު ފަލަވުމަކީ ހަށިގަނޑުގެ ހޯމޯންތަކުގެ ޠަބީއަތަށް ބަދަލު އަންނަކަމެކެވެ. ހޯމޯންތަކުގެ ހަމަހަމަ ކަމަށް ހުރަސް އަޅާކަމެކެވެ. މިގޮތަށް ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައުމަކީ ބިސް ގަވައިދުން ބޭރުވުމަށް ހުރަސް އަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައި ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެކެވެ. ނުވަތަ ބަލިވެއިނުން އުދަގޫވާނެ ސަބަބެކެވެ.

ހަށިގަނޑު ފަލަވުމާއި ބިސްރަވައިގާ ފެންބިހި (Polycystic Ovarian Syndrome) އުފެދުމާއި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ބިސްރަވައިގާ ފެންބިހި ނެގުމަކީ ބިސްފުރިހަމަވެ ބޭރުވުމަށް ބޭނުންވާ ހޯމޯން އުފެއްދުން މަދުކުރާކަމެކެވެ. ނުވަތަ ހުރަސްއަޅާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައިވެސް ބަލިވެއިނުމަށް ހުރަސް އަޅާނެއެވެ.

ބިސްރަވައިގާ ފެންބިހި އުފެދުމަކީ ވަރަށް ގިނަފަހަރު އިންސިއުލިން ހޯމޯން އުފެއްދުން އިތުރު ކުރާ ސަބަބެކެވެ. މިހޯމޯން ގިނައިން އުފެއްދުމަކީ ހަށިގަނޑުގައި ހަކުރު ޖަމާކޮށް ރައްކާކުރާ ކަމެކެވެ. އަދި މިހޯމޯން ގިނައިން އުފެއްދުމަކީ އަންހެނުންގެ ހަށިގަނޑުގައި މަދުމަދުން ހުންނަ ފިރިހެން ހޯމޯން އެންޑްރޯޖިން ހޯމޯން އިތުރަށް އުފައްދާ ކަމެކެވެ. މިހޯމޯން އަންހެނުންގެ ހަށިގަނޑުގައި ގިނަވުމަކީ ބިސްބޭރުވުން ހުއްޓުވާ ކަމެކެވެ. އަދި ބަލިވެއުނުމަށް ހުރަސް އަޅާކަމެކެވެ.
އަދި މިއީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރަހިމުގައި ދަރި އިންދި ކަމުގައިވިޔަސް ނުވަތަ ދަރި މުޑުވަށް ކުރިޔަސް ދަރިފުޅު ބޮޑުވުމަށް ހުރަސް އަޅާކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.