އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިޔަކު ބޭނުންވާ ދެމަފިރިޔަކު ހޫނު ފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއް؟

ދަރިޔަކު ބޭނުންވާ ދެމަފިރިޔަކު ހޫނު ފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއް؟

hoonufenun-96ބައްޕައަކަށް ވާން ބޭނުންވާ ފިރިހެނަކު ގިނައިން ހޫނު ފެނުން ފެންވެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އުރަވަޅީގައިވާ ދެ އޮށަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެދެއޮށް ހަށިގަނޑުން ބޭރު އުރަވަޅީގައި އޮތުމުގެ ބޭނުމަކީވެސް ދެއޮށުން ދަރިފަނި އުފެއްދުމަށް ބޭނުންވާ ހޫނު މިނަކީ 35 ޑިގުރިއަށްވާއިރު އެތެރެ ހަށީގެ ހޫނުމިނަކީ 37 ޑިގުރީއަށް ވާތީއެވެ.

ދެއޮށުން ދަރިފަންނި އުފެއްދުމަށް ދެތިންމަސް ވަރު ނަގައެވެ. މި މުއްދަތުގައި ދަރިފަނީގެ ހޫނު މިނަށް ބަދަލު އައުމަކީ ދަރިފަނި މަރުވާ ކަމެކެވެ. ނުވަތަ ފެންވަރު ދަށްވާ ކަމެކެވެ. މިސާލަކަށް ޖެނުއަރީގައި ހޫނުފެނުން ފެންވެރުމުން މާރޗް ނުވަތަ އޭޕުރިލް ގައި ޖިމާއުވާއިރު ފަރުޖަށް ދާ ދަރިފަނި ތަކަކީ ފެންވަރު ދައްވެފައިވާ ނުވަތަ މަރުވެފައިވާ ދަރިފަނި ތަކަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ގިނައިން ބައިސްކަލް ދުއްވުމުންވެސް ވުން ވަރަށް ގާތް ކަމެކެވެ. އެއީ އުރަވަޅީގެ ވަށައިގެންވާ ހިސާބުގައި ހޫނު ގަދަވެގެން ދެއެވެ. އަދި ދެއޮށުގައި ހުންނަންޖެހޭ ހޫނުމިނަށް ވުރެ ހޫނު މައްޗަށް ދެއެވެ. މިފަދަ ހާލަތުގައިވެސް އުފައްދާ ދަރިފަނީގެ ފެންވަރު ދަށްވެ ދަރިން ލިބުމުގެ ފުރުޞަތު ދަށަށް ދެއެވެ. ބާރު ޖަގިޔާ ޖިންސް ފަދއަންނައުނު ލުމަކީވެސް މިހެން ވެދާނެ ސަބަބެކެވެ.

އަންހެނުން ހޫނު ފެނުން ފެންވެރުމުން އޯވަރީން އުފައްދާ ބިހަށް އެއްވެސް އަސަރެއް ކުރާކަން މިހާތަނަށް ޔަގީން ކުރވިފައެއް ނުވެއެވެ. ނަމަވެސް އަންހެނުން ވެސް ބަލިވެއިނުމަށްފަހު ކުރީކޮޅު ހޫނު ފެނުން ފެންވެރުމަކީ ނުވަތަ ބިލިގާއަށް ހޫނުފެން އަޅައިގެން ބިލިގާއަށް އެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ބަލިވެއިންނައިރު ހާއްސަކޮށް ކުރީކޮޅު ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުމަކީ ދަރިފުޅަށް އުފެދުމުގައި އުނިކަމެއް ހުންނަ ބައްޔެއް ޖެހިދާނެ ސަބަބެކެވެ. އަދި 2003 ގައި ކުރެވިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހޫނުފެނުން ފެންވަރާ މާބަނޑުމީހުން ބައިގެންދާވަރު އެހެން މީުންނަށްވުރެ ދެގުނަ މައްޗެވެ.

ބާރު ޖަގިޔާ ޖިންސް ފަދަ އަންނައުނު ލުމަކީ އަންހެނާގެ ބިހަށް އެކަމުން އެއްވެސް އަސަރެއް ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެދެވިގެން ވަނީ މިފަދަ އަންނައުނާ ދުރުވުމެވެ. އެއީ މިއީ އަންހެނުންގެ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ. އެއީ މިއީ އަންހެނުންގެ ޖިންސީ ގުނަވަނަށް މޮނިލިއޭސިސް ފަދަ ފަންގަސްބަލިތައް ޖެހުމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.