ހުކުރު20201016

އާކުރެވުނީ: 08:43:52

ދަރިން ނުލިބުން ނުވަތަ ލިބުން ލަސްވުން

lasvun-55ދަރިން ނުލިބޭ ނުވަތަ ލިބުން ލަސްވާފަދަ މައްސަލައެއް ހުރިކަމަށް ޝައްކު ކުރާނީ ކޮންވަގުތަކު؟

އުމުރުން 35 އަހަރުނުވާ ދެމަފިރިއަކު ދޭތެރެ ދުރުކުރާ އެއްވެސް ވަސީލަތެއް ބޭނުން ކުރުމެންނެތި ގަވައިދުން އެއް އަހަރުވަންދެން ރޭ ނުކުރަނިސް ދަރިން ލިބުން ލަސްވިކަމުގައި ނުބެލެވޭނެއެވެ. 35 އަހަރުން މަތިނަމަ ހަމަސް ނުވަނިސް ނުބެލެވޭނެއެވެ.

އަހަރުވަންދެން އެކަށީގެންވާވަރަށް ޖިންސީ ގުޅުން ހިންގުމާއެކުވެސް ދަރިން ނުލިބުނު ނަމަ ދަރިން ލިބުން ލަސްވާފަދަ މައްސަލައެއް ހުރިކަމަށް ޝައްކު ކުރެވިދާނެއެވެ. ނަމަވެސް ޔަގީންކަމާއެކު އެފަދަ މައްސަލައެއް ހުރިކަން ކަޑައަޅާނީ ޑޮކުޓަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ 10 ދެމަފިރީންގެ ތެރެއިން ދެމަފިރިޔަކު މިފަދަ މައްސަލަ ތަކުގެ ޝަކުވާ ކުރެއެވެ. ނަމަވެސް އޭގެ މާނައަކީ މިފަދަ ޝަކުވާ ކުރާ ކޮންމެ މީހަކީ ދަރިން ނުލިބޭނެ މީހެކެ ނޫނެވެ. އަދިކިއެއްތަ މީގެތެރެއިން ގިނަމީހުންނަށް ދަރިން ލިބެއެވެ. މިފަދަ ގިނަމީހުންނަށް ދިމާވާ ހަމައެކަނި ކަމަކީ ދަރިޔަކު ލިބުމަށް ތަންކޮޅެއް ގިނަ ވަގުތު ނަގާކަމެވެ.

ދަރިން ލިބުން ލަސްވުމަށް މެދުވެރިވާ ބަލިތަކަކީ ކޮބާ؟

ތިރީގައި އެވާފަދަ ކަމެއް ނުވަތަ ބައްޔެއް ދެމަފިރީންގެ ތެރެއިން މީހަކަށް ދިމާވެއްޖެ ނަމަ އަހަރުދުވަސް ނުވަތަ ހަމަސްވަންދެން އިނތިޒާރު ކުރުމެއްނެތި އަވަހަށް ޑޮކުޓަރަށް ދައްކާށެވެ.

* އަނބިމީހާއަށް

1- އިންޑޯމެޓްރިއޯސިސް

2- ޔުޓެރައިން ފައިބްރޮއިޑްސް

3- ދައްބަނޑުގެ އިންފުލެމޭޓަރީ ބައްޔެއް ހުރުން

4- ފެލޯޕިއަން ޓިއުބު ބެދިފައި ހުރުން.

5- ގޮނޯރިއާފަދަ ޖިންސީ ގުޅުމުގެ ޒަރީއްއާއިން ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައި ހުރުން.

6- ތަދުވުމާއެކު ވަކި އިންތިޒާމެއް ނެތި މައްސަރު ކަންތައް ދިމާވުން.

7- މޫނާއި ހަށިގަނޑުގައި އިސްތަށި ގިނައިން ފަޅާފައި ހުރުން.

8- ބަނޑުގެ ނުވަތަ ދަށްބަނޑުގެ އޮޕަރޭޝަނެއް ކުރުން.

9- ގިނަދުވަސްވީ ބައްޔެއް ޖެހިފައި ހުރުން.

10- ދުންފަތުގެ އިސްތިއުމާލު ކުރުން.

11- ފަލަވުން ނުވަތަ އަނަރޫފަވުން.

* ފިރިމީހާއަށް

1- ބާލިގު ވުމަށްފަހު ކޯފުއްޕި ޖެހިފައިވުން.

2- ދުވަސްވީ ބައްޔެއް ޖެހިފައި ހުރުން.

3- ދެއޮށް ރަނގަޅަށް ތިރިއަށް ފައިބައިފައި ނެތުން. ނުވަތަ ފާބިލެއް ލަސްވުން.

4- ދެއޮށަށް ބައްޔެއް ޖެހުން.

5- ދުންފަތުގެ އިސްތިއުމާލު ކުރުން.

6- ގިނައިރު ބައިސްކަލް ދުއްވުން.

7- ލޭމައްޗަށް ދިއުން ފަދަ ކަމަކަށް ބެސް ބޭނުން ކުރުން.

މިފަދަ ބައްޔެއް ހުރިކަމަށް ޝައްކުކުރެވޭނަމަ ކަންތައް ކުރާނީ ކިހިނެއް؟

ޑޮކުޓަރަށް ދައްކައި މަޝްވަރާ ކުރާށެވެ. ހަމަސް ނުވަތަ އަހަރުވަންދެން އިންތިޒާރުނުކުރާށެވެ. އެއީ ފަހަރުގައި އެއީ ބޭކާރު ކުރެވޭ ވަގުތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.