ހުކުރު20201120

އާކުރެވުނީ: 08:43:52

ދަރިން ލިބުން ލަސްވާމީހުންނަށް ފަރުވާ ކުރުން

lasvaa-meehunna-faruvaa-kurun-56* ދަރިން ލިބުން ލަސްވާ މީހުންނަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

* ފަރުވާ ކުރުމަށް ފަހު ދަރިން ލިބުމުގެ ފުރުޞަތު އޮތީ ކިހާ ވަރަކަށް؟

ދަރިން ލިބުން ލަސްވާ މީހުންނަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟

ދަރިން ލިބުން ލަސްވާ މީހުންނަސް ކުރެވޭ ވަރަށް ގިނަ ފަރުވާ ހުރެއެވެ. ޑޮކުޓަރަށް ދެއްކެވުމުން ފަރުވާ ކުރަންވީ ގޮތުގެ އިރުޝާދު ޑޮކުޓަރު ދެއްވާނެއެވެ. މިގޮތުން ދެވޭ ފަރުވާގެ ތެރޭގައި ބޭސް ބޭނުން ކުރުމާއި އޮޕަރޭޝަން ކުރުމާއި އަދި ލެބޯޓްރީ ފަރުވާތައްވެސް ހިމެނެއެވެ. ގިނަ މީހުން ފުރަތަމަވެސް ބޭނުންވަނީ އެންމެ އަގުބޮޑު އަންމެ މަތީ ފަންތީގެ ފަރުވާއަކުން ފަރުވާ ކުރާށެވެ. ނަމަވެސް މިއީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. ރަނގަޅު ގޮތަކީ ފުރަތަމަ އެންމެ އާދައިގެ ފަރުވާއަކުން ފެށުމެވެ. ގުޅަބޭސް ބޭނުން ކުރުމެވެ. މިގޮތަށް ފަރުވާކޮށްގެން %85 - %90 އާއި ދެމެދުގެ ދެމަފިރިންނަށް ދަރިން ލިބެެވެ. ތިރީގައި އެވަނީ ކުރެވިދާނެ ބައެއް ފަރުވާއެވެ.

1- ދަރިން ލިބުމަށް އެހީތެރިވެދޭ ބޭސް ބޭނުން ކުރުން.

ދެމަފިރިންގެ ތެރެއިން މީހަކު ނުވަތަ ދެމީހުންގެ ނަމަވެސް ހަސިގަނޑުގައި އުފައްދާ ހޯމޯން ތަކުގެ ހަމަހަމަކަން ގެއްލިފައިވާނަމަ ބޭސް ބޭނުން ކުރެވިދާނެއެވެ. އަދި ބަލިވެ އިނުން ލަސްވާ ސަބަބުތައް ނޭގޭ ހާލަތުގައިވެސް ބޭސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ހާލަތް ތަކުގައި މިއީ ވަރަށް ކާމިޔާބު ފަރުވާއެކެވެ. ހަމައެފަދައިން ރަހިމަށް ދަރިފަނި އަޅައިގެން ކުރާ ފަރުވާއާއި އެކުވެސް ބޭސް ބޭނުން ކުރެވިދާނެއެވެ.

2- ރަހިމަށް ދަރިފަނި އެޅުން (Artificial Insemination).

މިއީ ފިރިމީހާގެ ދަރިފަނި އުފައްދާ މިންވަރު މަދުނަމަ ނުވަތަ ފެންވަރު ދަށްނަމަ ދެވޭފަރުވާއެކެވެ. މިގޮތަށް ހެދުމުން އޯވަރީގައި އުފައްދާ ބިހާ ހަމައަށް ދަރިފަންޏަށް ދިއުމަށް ފަސޭހަވާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

3- އޮޕަރޭޝަން ކުރުން.

ބައެއް ހާލަތްތަކުގައި ބަލިވެ އިނުމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ފެލޯޕިއަން ޓިއުބު ބެދުން، ރަހިމުގައި ހުންނަ ވައްތަރުގެ ހަތާ ރަހިމު ނޫން ތަނެއްގައި ހުރުން(Endometriosisfibroids)، ފައިބުރޮއިޑު (Fibroids) ނުވަތަ އޯވަރީގައި ފެންބޮޅު (Ovarian cysts) އުފެދުން ފަދަ ހާލަތް ތަކުގައެވެ. މިފަދަ ހާލަތް ތަކުގައި ކުރާ ކުރާ އޮޕަރޭޝަން ކުރަނީ އާއްމުގޮތެއވގައި ބަނޑުގައި ކުޑަ ލޯވަޅެއް (Laparoscope) ތޮރުފައިގެންނެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ބޮޑެތި އޮޕަރޭޝަން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

4- ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަލިވެއިނުން.

ފިރިމީހާގެ ދަރިފަނި އުފެދޭވަރު މަދުނަމަ ނުވަތަ އަނބިމީހާގެ ބިސް އުފެދުމުގައި މައްސަލަ ހުންނަ ނަމަ އަދި މިނޫނަސް ފެލޯޕިއަން ޓިއުބު ބެދުން ކަހަލަ ހާލަތް ތަކުގައި ވިފަދަ ވަސީލަތެއް ބޭނުން ކުރއން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން ބޭނުން ކުރާ ވަސީލަތް ތަކުގެ ތެރޭގައި ICSI , ZIFT, GIFT  އަދި  IVF ހިމެނެއެވެ. މިފަދަ ވަސީލަތްތައް ބޭނުން ކުރަނީ އިސްވެދިޔަ ފަރުވާތަކުން ނަތީޖައެއް ނުލިބުނު ނަމައެވެ.

ފަރުވާ ކުރުމަށް ފަހު ދަރިން ލިބުމުގެ ފުރުޞަތު އޮތީ ކިހާ ވަރަކަށް؟

އާއްމުގޮތެއްގައި ދަރީން ލިބުން ލަސްވެގެން ފަރުވާ ކުރާ ގިނަ ދެމަފިރީންނަށް ދަރިން ލިބެއެވެ. ނަމަވެސް މިނިސްބަތް ބިނާވެގެން ވަނީ މިކަން މެދުވެރިވާ ސަބަބާއި ކުރާ ފަރުވާއެއްގެ މައްޗަށެވެ. އަދި ދިރިއުޅުމުގެ ވައްތަފާޅިއަށް ގެންނަ ބަދަލުތައް ވެސް މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި ކެއުން ރަނގަޅު ކުރުން ފަދަ ކަންތަކަކީ ފަރުވާ ކުރަމުންދާ ދެމަފިރިންނަށް ދަރިން ލިބުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.

 

lasvaa-meehunna-faruvaa-kurun-56

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.