ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިން ހޯދުމުގައި ސިނާއީ ވަސީލަތްތައް ބޭނުން ކުރުމާއި މެދު އިސްލާމްދީން ދެކެނީ ކޮންގޮތަކަށް

ދަރިން ހޯދުމުގައި ސިނާއީ ވަސީލަތްތައް ބޭނުން ކުރުމާއި މެދު އިސްލާމްދީން ދެކެނީ ކޮންގޮތަކަށް

sinaee-vaseelaithai-islamdheen-46މިއީ ދީނީ އިލްމުވެރިން ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީފައިވާ މައުލޫއެކެވެ. ތިރީގައި އެވަނީ މިގޮތުން ދީނީ އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތްތަކެވެ.

1- ދަރިން ނުލިބުމަކީ ނުވަތަ ދަރިން ލިބުން ލަސްވުމަކީ ބައްޔެއް ކަމުގައި ބެލެވިދާނެއެވެ. އަދި މިފަދަ ހާލަތުގައި ފަރުވާ ކުރުމުގެ ހައްގު ދެމަފިރިންނަށް ލިބިގެން ވެއެވެ. މިކަމުގައި ހިލޭމީހެއްގެ ކުރިމަތީގައި އައުރަ ކަޝްފު ކުރަން ޖެހުނަސް ވެއެވެ.

ނަމަވެސް އައުރަ ކަޝްފު ކުރަން ވާނީ އެކަމަށް ކޮންމެހެން ޖެހޭ މިންވެރު އެކަންޏެވެ. ވުމާއެކު ވުމާއެކު:-

ހ- ފިރިހެނާގެ އައުރަ ކަޝްފު ކުރަންވާނީ ފިރިހެން ޑޮކުޓަރެއްގެ ކުރިމަތީގައެވެ. ޣައިރު މުސްލިމެއްގެ ކުރިމަތީގައި އައުރަ ކަޝްފު ކުރަންވާނީ އެފެންވަރުގެ މުސްލިމު ފިރިހެން ޑޮކުޓަރަކު ނެތްނަމައެވެ. ނުވަތަ އެފަދަ ޑޮކުޓަރަކަށް ދެއްކޭނެ ފަދަ ވަސީލަތެއް ނެތްނަމައެވެ.

ށ- އަންހެނާގެ އައުރަ ކަޝްފު ކުރަންވާނީ މުސްލިމު އަންހެން ޑޮކުޓަރެއްގެ ކުރިމަތީގައެވެ. މިކަމަށް ނުކުޅެދޭނަމަ ޣައިރު މުސްލިމް އަންހެން ޑޮކުޓަރަކަށެވެ. އަދި މިފަދަ އަންހެން ޑޮކުޓަރަކު ނެތްނަމަ މުސްލިމް ފިރިހެން ޑޮކުޓަރަކަށެވެ. ޣައިރު މުސްލިމު ފިރިހެން ޑޮކުޓަރަކަށް ދައްކަންވާނީ އެހެން އެއްވެސް ފަދައެއް ނެތްނަމައެވެ.

2- ދަރިން ހޯދުމަށް މިފަދަ ފަރުވާއެއް ކުރަންވާނީ ދެމަފިރިން ޒަވާޖީ ހަޔާތުގައި ދެމިތިބި ހާލަތުގައެވެ. ވަރިވުމަށްފަހު ނުވަތަ ދަމަފިރިންގެތެރެއިން މީހަކު މަރުވުމަށްފަހު ކޮށްގެން ނުވާނެއެވެ.

3- މިކަމުގައި ތިންވަނަ ފަރާތެއްގެ އެހީ (ފިރިމީހާ ނޫން މީހެއްގެ ދަރިފަނި، އަނބިމީހާ ނޫން މީހެއްގެ ބިސް ނުވަތަ ރަހިމު) ބޭނުން ކުރުމަކީ ކަޑައެޅިގެން ހަރާމް ކަމެކެވެ. އަދި މިއީ ތައުޒީރު ކުރަންޖެހޭނެ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.