ހުކުރު20180921

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ދަރިޔަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭތަ؟

ދަރިޔަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭތަ؟

vakigothakai-kanthai-95* ޖިންސީ ގުޅުން ހިންގަން ވަކިގޮތަކަށް ތިބުމަކީ ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާ ކަމެއްތަ؟

* ދަރިޔަކު ލިބުމުގެ ފެރުޞަތު އެންމެ ކުޑައީ ކޮންގޮތަކަށް ތިބެ ޖިންސީ ގުޅުން ހިންގުމުން؟

* ޖިންސީ ގުޅުން ހިންގާއިރު ފިރިހެން ކުއްޖަކު ނުވަތަ އަންހެން ކުއްޖަކު ހޯދުމަށް ފަސޭހަވާ ވަކި ގޮތެއް އޮވޭތަ؟

ޖިންސީ ގުޅުން ހިންގަން ވަކިގޮތަކަށް ތިބުމަކީ ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާ ކަމެއްތަ؟

ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ ޖިމާއުވާއިރު ފިރިމީހާ މަތީގައި އޮވެގެން ޖިންސީ ގުޅުން ހިންގުމަކީ ބއލިވެ އިނުމުގެ ފުރުޞަތު އެންމެ ބޮޑު ގޮތެވެ. މިގޮތަށް ތިބެ ޖިންސީ ގުލުން ހިންގުމުން ޒަކަރު ފަރުޖުގެ އެންމެ އެތެރެއެށް ވަދެގެން ދެއެވެ. ވުމާއެކު ދަރިފަނި ރަހިމާއި ވަރަށް ގާތަށް ގެންގޮސް ދެއެވެ. ހާއްސަކޮށް އަނބިމީހާ ފޫކޮޅު ދަށަށް ބާލީހެއް ލައްވައިގެން ޖިމާއު ވާނަމަ މި ފުރުސަތު ބޮޑަށް އިތުރު ވެގެންދެއެވެ.

އަރިޔަކަށް ތިބެ ޖިންސީގުޅުން ހިންގުމަކީވެސް ދަރިން ލިބުމުގެ ފުރުޞަތު ބޮޑު ގޮތެކެވެ. މިއީ ހާއްސަކޮށް ފަލަ ދެމަފިރިޔަކަށް ނުވަތަ ބުރަކަށީގެ އުދަގުލެއް ހުންނަ އަތްބަކަށް ރަނގަޅު ގޮތެކެވެ.

އަދި ބައެއް ޑޮކުޓަރުން ވިދާޅުވަނީ ޖިމާއު ވުމަށް ފަހު ބައިގަޑިއެއްހާއިރު އަނބިމީހާ އުއްޑުން އަދުގައި އޮތުމަށެވެ. އަދި މިގޮތަށް އޮންނަ އޮތުމުގައި ފޫކޮޅު ދަށަށް ބާލީހައް ލައިގެން އޮތުން ބޮޑަށް ރަނގަޅެވެ. މިހެން އޮތުމުން ދަރިފަނީގެ ދިގު ދަތުރަށް ލުއިކަން ލިބިގެން ދެއެވެ. އެއީ ފަލޯޕިއަން ޓިއުބުގެ ތެރެއިން ދަރިފަނި ދަތުރު ކުރުމުގައި މިބުގެ ދަމާބާރުގެ އެހީތެރިކަން ލިބިގެންދާނެތީއެވެ. ނަމަވެސް ކުޑަކަމުދާ ނިޒާމަށް ގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހުމުގެ ފުރުޞަތު ބޮޑު މީހުން މިގޮތަށް ކަންތައް ކުރުން ބުއްދިވެރިއެއް ނޫނެވެ. އަފަދަ މީހުން ޖިމާއު ވުމަށް ފަހު ވީހާވެސް އަވަކަށް ކުރިމަތި ފަރާތް ދޮވެލާން ޖެހެއެވެ.

ދަރިޔަކު ލިބުމުގެ ފެރުޞަތު އެންމެ ކުޑައީ ކޮންގޮތަކަށް ތިބެ ޖިންސީ ގުޅުން ހިންގުމުން؟

ތަޖުރިބާކާރުން ވިދާޅުވަނީ ދަރީން ހޯދަން ބޭނުންނަމަ އިށީދެގެން ތިބެގެން، ކޮޅަށް ތިބެގެން ނުވަތަ އަނބިމީހާ މަތީގައި އޮވެގެން ޖިމާއު ވުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އައީ މިފަދަ ހާލަތުގައި ދަރިފަނީގަ ދިގު ދަތުރަށް ބިމުގެ ދަމާބާރުން ހުރަސް އަޅާނެތީއެވެ.

ޖިންސީ ގުޅުން ހިންގާއިރު ފިރިހެން ކުއްޖަކު ނުވަތަ އަންހެން ކުއްޖަކު ހޯދުމަށް ފުރުޞަތު ބޮޑު ވަކި ގޮތެއް އޮވޭތަ؟

އިލްމީގޮތުން ޔަގީން ނުވި ކަމުގައިވީނަމަވެސް ބެލެވެނީ އަނބިމީހާ މަތީގައި އޮވެގެން ޖިމާއު ވުމުން އަންހެންދަރީން ލިބުމުގެ ފުރުބަތު ބޮޑު ކަމުގައެވެ. އިތުރު ތަފުސީލު ހޯދުމަށް ވަކި ޖިންސެއްގެ ކުއްޖެއް ހޯދުން ކިޔުއްވާށެވެ.

ވަކި ޖިންސެއްގެ ކުއްޖަކު ހޯދުން

ތިރީގައި އެވާ މައުލޫމާތު ތަކަކީ ތަޖުރިބާކާރު މައިންގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މައުލޫމާތު ތަކެކެވެ. އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މައުލޫމާތެއް ނޫނެވެ.

* ދަރިފުޅުގެ ޖިންސު ބިނާވެގެން ވަނީ ކާއެއްޗެއްގެ މައްޗަށެވެ.

* އެއީ ޖިމާއުވާ ގޮތާއި ގުޅުން ހުރި ކަމެކެވެ.

* އެއީ ވަގުތާއި ގުޅުން ހުރިކަމެކެވެ. ނުވަތަ މިސްރާބާއި ގުޅުން ހުރި ކަމެކެވެ.

* ފިނިކަން ގެނެސްދޭށެވެ.

ދަރިފުޅުގެ ޖިންސު ބިނާވެގެން ވަނީ ކާއެއްޗެއްގެ މައްޗަށެވެ.

ބަލިވެ އިދެ ނުވަމަސް ފަހުން ވިހާ ދަރިފުޅުގެ ޖިންސު ބިނާވެގެންވަނީ ކާ ކާނާއެއްގެ މައްޗަށް ބިނާކޮށެވެ. ބައެއް ވައްތަރުގެ ކާނާއަކީ އެކެއުމުން ފިރިހެން ކުދީން ލިބުމުގެ ފުރުސަތު ބޮޑު ކާނާއެވެ. އަދި އަނެއްބައި ވައްތަރުގެ ކާނާއަކީ އެކެއުމުން އަންހެން ކުދީން ލިބުމުގެ ފުރުސަތު ބޮޑު ކާނާއެވެ.

* ފިރިހެން ކުއްޖަކު ބޭނުންނަމަ

- ގިނައިން އެއްގަމު މަސް ކާށެވެ. ބޮޑަށް ރަތްކަން ގަދަވި ވަރަކަށް ބޮޑަށް ރަނގަޅުވާނެއެވެ.

- ލޮނުލީ ޗިޕުސީފަދަ ކާނާ ކާސެވެ.

- ފިރިމީހާ ކޯލާ ސޮޑާ ފަދަ ބުއިންތައް ބޯށެވެ.

* އަންހެން ކުއްޖަކު ބޭނުންނަމަ

- ގިނައިން ޗޮކުލެޓު ފޮނިކާއެއްޗެތި ކާށެވެ.

- ދެމަފިރީންވެސް ގިނައިން ކަނޑުމަހާއި ތަރުކާރީ ކާށެވެ.

އެއީ ޖިމާއުވާ ގޮތާއި ގުޅުން ހުރި ކަމެކެވެ.

ދުވަސްވީ ބައެއް މައިން ދެކޭ ގޮތުގައި ޖިންސީ ޖުޅުން ހިންގާ ގޮތާއި ދެމަފިރީން އެކަކު އަނެކަކަށް ލޯބި ކުރާގޮތަކީ ދަރިފުޅުގެ ޖިންސު ކަޑައެޅުމުގައި އެހީތެރިވެދޭ ކަންކަމެވެ.

* ފިރިހެން ކުއްޖަކު ބޭނުންނަމަ:-

- ޖިންސީ ގުޅުން ހިންގުމަށްފަހު އޮށޯވެގެން އޮންނާށެވެ. އެއީ އޮށޯވެ އޮތުމުން ފިރިހެން ދަރިފަނި އަންހެން ދަރިފަންޏާއި ވާދަކޮށް ބިހަށް ވާސިލް ވާނެއެވެ.

- ކޮޅަށް ތިބެގެން ލޯބި ކުރާށެވެ.

- ފިރިމީހާގެ ލައްޒަތަށް ސަމާލުވާށެވެ. ޖިންސީ ގުޅުން ހިންގާއިރު ފުރަތަމަ ޖިންސީ ލައްޒަތުގެ ކުންނާއި ހަމައަށް ދަނީ ފިރިމީހާ ކަމުގައި ވާނަމަ ލިބޭނީ ފިރިހެން ކުއްޖެއް ކަން ޔަގީން ކުރާށެވެ.

- ނިދާއިރު ފިރިމީހަގެ ވާތްފަރާތުގައި ނިދާށެވެ.

- ޖިމާއުވާއިރު އަނބިމީހާގެ ފަހަތުން ފަރުޖަށް ޒަކަރު ކޮއްޕާށެވެ.

* އަންހެން ކުއްޖަކު ބޭނުންނަމަ:-

- ޖިންސީ ގުޅުން ހިންގާއިރު ފިރިމީހާ މަތީގައި އޮވެގެން ޖިމާއުވާށެވެ.

- އަނބިމީހާގެ ލައްޒަތަށް ސަމާލު ވާށެވެ. ޖިންސީގުޅުން ހިންގާއިރު ފުރަތަމަ ޖިންސީ ލައްޒަތުގެ ކުންނާއި ހަމައަށް ދަނީ އަނބިމީހާ ކަމުގައިވާނަމަ ކުޑަދަރި ފުޅަށް އެއްކެތި ގަންނައިރު ފިޔާތޮށި ކުލަ އިހުތިޔާރު ކުރެވިދާނެއެވެ.

- ޖިންސީ ގުޅުން ހިންގުމަށް އިސްނަގަނީ އަނބިމީހާ ކަމުގައިވާނަމަ ލިބޭނީ އަންހެން ދަރިއެކެވެ.

އެއީ ވަގުތާއި ގުޅުން ހުރިކަމެކެވެ. ނުވަތަ މިސްރާބާއި ގުޅުން ހުރި ކަމެކެވެ.

* ފިރިހެން ކުއްޖަކު ބޭނުންނަމަ:-

- ހަނދުމަހުގެ ފުރަތަމަ ތިންހަތަރު ދުވަހު ނުވަތަ ފަހު ތިންހަތަރު ދުވަހު ޖިންސީ ގުޅުން ހިންގާށެވެ.

- ރޭގަނޑު ޖިންސީ ގުޅުން ހިންގާށެވެ.

- ޖިންސީ ގުޅުން ހިންގާއިރު އޮނަހިރި ދުވަސްތައް އިހުތިޔާރު ކުރާށެވެ.

- ޖިންސީ ގުޅުން ހިންގާއިރު އަނބިމީހާގެ ބޯ އުތުރު ފަރާތަށް ލައިގެން ޖިންސީ ގޅުން ހިންގާށެވެ.

* އަންހެން ކުއްޖަކު ބޭނުންނަމަ:-

- ހަނދުމަހުގެ މެދު ތިންހަތަރު ދުވަހު (ހަނދު ފުރިހަމަވެފައިވާ ދުވަސް ދުވަހު) ޖިންސީ ގުޅުން ހިންގާށެވެ.

- ހަވީރު ޖިންސީ ގުޅުން ހިންގާށެވެ.

ފިނިކަން ގެނެސްދޭށެވެ.

އަންހެން ކުއްޖަކު ބޭނުންނަމަ ޖިމާއުވާއިރު ފިރިމީހާގެ ދެއޮށަށް ފިނިކުރާށެވެ. ނުވަތަ ހަށިނގަޑާއި ދުރު ކުރާށެވެ. ފިރިހެން ކުއްޖަކު ބޭނުން ނަމަ ހޫނުކުރާށެވެ. ނުވަތަ ހަސިގަނޑާއި ގާތް ކުރާށެވެ.

ނޯޓް: މިހުރިހާ ވާހަކަ ތަކަކީވެސް ތޯތޯ ވާހަކަ ތަކެކެވެ. ބައެއްފަހަރު މިއާއި އެއްގޮތަށް ދިމާވާއިރު ދިމާނުވާ ފަހަރުވެސް އަންނާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.