ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުމާއި އުމުރު ...20 ގެ އުމުރު ފުރައިގައި ބަލިވެއިނުން

ބަލިވެއިނުމާއި އުމުރު ...20 ގެ އުމުރު ފުރައިގައި ބަލިވެއިނުން

viheege-umuru-furaaga-baliveinun-20ދަރިޔަކު ހޯދަން ވަގުތު އެބައޮތެވެ. މިއީ ސިއްހީގޮތުން ދަރިޔަކު ހޯދަން އެންމެ ރަނގަޅު އުމުރެވެ. އަދި ދަރިޔަކު ހޯދުމަށް ރަހިމާއި ހަށިގަނޑުވެސް އެންމެ ރަނގަޅަށް ތައްޔާރުވެފައިވާ އުމުރެވެ.

ހަށިގަނޑުގެ ދިރުމަށް ނުވަތަ ސިއްހީ މިންގަޑުން ބަލާނަމަ ދަރިން ހޯދުމަށް މިއަށްވުރެ ރަނގަޅު އުމުރެއް ނުވެއެވެ. ތަޖުރިބާކާރު ޑޮކުޓަރުން ވިދާޅުވާ ގޮތުގައި ބަލިވެ އިންނަން މިއަހަރުތަކުގެ ތެރެއިންވެސް އެންމެ ރަނގަޅު އުމުރަކީ 24 އަހަރެވެ.

ކޮންމެ އަންހެނަކު ދުނިޔެއަށް އަންނައިރުވެސް އޭނާގެ އޯވަރީގައި ބިސް އުފެދޭނެ މިންވަރަށް ހުންނަނީ އުފެދި ނިމިފައެވެ. ތެދެކެވެ. ފުރިހަމަ ވެފައެއް ނޫނެވެ. އެހެންނަމަވެސް އިތުރު ބިހެއް ނުއުފެދޭނެއެވެ. އަންހެން ކުއްޖަކު ދުނިޔެ އަށް އުފަންވާއިރު އެކުއްޖާގެ އޯވެރީގައި ގާތްގަޑަކަށް 10 ލައްކަ (1 މިލިއަން) ބިސް ހުރެއެވެ. ފުރާއުމުރަށް އަރާއިރު މިއަދަދު ގާތްގަޑަކަށް 3 ލައްކަ އަށް ތިރިވެގެން ދެއެވެ. އަދި މިތިންލައްކަ ބިހުގެ ތެރެއިން ބަލިވެ އިންނަ އުމުރުގައި (ފުރާވަރަށް އެރީއްސުރެ އިއްދައިން ކެޑެންދެން) ފުރިހަމަވަނީ (ދަރި އުފެދޭ ހާލަތަށް އަންނަނީ) ގާތްގަޑަކަށް 300 ވަރަކަށް ބިސް އެކަންޏެވެ.

އުމުރުން ދުވަސް ވަމުން ދާވަރަކަށް ބިހުގެ ފެންވަރާއި ދިރުންވެސް މަޑުމަޑުން ދަށަށް ދެއެވެ. ވުމާއެކު އުމުރުން ހަގުވީ ވަރަކަށް ވިރާސީ ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަވާނެއެވެ. އުމުރުން ދުވަސްވާ ވަރަކަށް ޑައުން ސިންޑްރޯމް ފަދަ ވިރާސީ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވަމުންދާނެއެވެ.

ޅަފަތުގައި ނުވަތަ ޒުވާން އުމުރުގައި ބަލިވެ އިނުމަކީ ބައިގެންދިއުމުގެ ފުރުޞަތުވެސް ކުޑަވާކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 20-24 އަހަރާ ދެމެދުގެ ބަލިވެއިންނަ މީހުންގެ ތެރެއިން ބައިގެންދަނީ %10 މީހުންނެވެ. އަދި 35-39 އަހަރާ ދެމެދު ބަލިވެއިންނަ މީހުންގެ ތެރެއިން %18 މީހުން ބައިގެންދާއިރު މިއަދަދު 40-44 އަހަރާ ދެމެދު މީހުންގެ %34 އަރައެވެ.

އުމުރުން 20ގެ އަހަރުތަކުގައި އަންހެނުންގެ އެހެނިހެން ބަލިތައް ޖެހުންވެސް ކުޑައެވެ. ފައިބުރޮއިޑް، އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަކީ މިއުމުރުގައި ވަރަށް މަދު ބަލިތަކެކެވެ. މިބަލިތަކަކީ އުމުރުން ގިނަ ދުވަސްވާ ވަރަކަށް ޖެހުމުގެ ފުރުޞަތު ބޮޑު އަދި ޖެހިފައިވާ މީހުންގެ އިތުރުރަށް ގޯސްވަމުންދާ ކަމެކެވެ. ހަމައެފަދައިން ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ގައިންގަޔަށް އަރާ ބަލިތަކަކީވެސް އުމުރުން މަތިވަމުންދާ ވަރަކަށް ޖެހުމުގެ ފުރުޞަތު ބޮޑު ބަލިތަކެކެވެ. ހާއްސަކޮށް ގިނަމީހުންނާ ކައިވެނި ކުރާ މީހުންނަށެވެ. މިފަދަ ބަލިތަކަކީވެސް ބަލިވެއިނުމަށް ހުރަސްއަޅާ ބަލިތަކެކެވެ.

ބަލިވެއިނުމުން ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. މިބަދަލުތަކާއިއެކު ހަށިގަނޑަށް ވަރަށް ގިނަ އުދަގޫތަކާއި ކުރިމަތިވެއެވެ. އަދި ބައެއް ބަލިތައް ޖެހުމަކީވެސް ގާތް ކަމެކެވެ. މިއީ ބަލިވެއިނުމާއި ގުޅުން ހުރި ބަލިތަކެވެ. އުމުރުން 20ގެ އަހަރުތަކުގައި ބަލިވެއިނުމަކީ މިފަދަ އުދަގޫތަކާއި ބަލިތައްވެސް ޖެހުންވެސް ނާދިރު ކަމެކެވެ. އަދި މިއުމުރުގައި ބަލިވެއިންނަ އަންހެނުންނަށް ލިބޭދަރިންގެ ޞިއްހަތުވެސް ރަނގަޅުވުމާއިއެކު ދުވަސް ނުފުރައި ވިހެއުމާއި ވިހާއިރު ހުންނަން ޖެހޭ ބަރުދަން ނުހުރުން ފަދަ ކަންތައްވެސް ވަރަށް މެދުވެރި ނުވާނެއެވެ.

މިއުމުރުގައި ބަލިވެއިނުމަކީ ވިހެއުމަށްފަހު ވިހައިގެ ބަލިން އަވަހަށް ފަސޭހަވެސްވާ ކަމެކެވެ. ވިހެއުމަށްފަހު މިއުމުރުގެ މީހުންގެ ގައިގެ ވަރުޖެހުމާއި އެކު ކުޑަދަރިފުޅަށް އެހީތެރިވެ ދިނުމުގެއި ވެސް ފަސޭހައެވެ. އަދި މައިންބަފައިންގެ އަޅާލުން މިއުމުރުގައި ބަލިވެއިންނަ އަންހެނުންނަށް އެހެން މީހުންނަށްވުރެ ބޮޑަށް ލިބެއެވެ.

މިއުމުރުގައި ބަލިވެއިންނަ އަންހެނުންނަށް ދިމާވެދާނެ ގެއްލުމަކީ މާއްދީގޮތުންނާއި ތައުލީމީގޮތުން ދިރިއުޅުމުގެ ހަޔާތަށް ރަނގަޅަށް ތައްޔާރު ނުވެވުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.