ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުމުގެ ކުރިން ކެއުމަށް ގެންނަން ޖެހޭ 5 ބަދަލު

ބަލިވެއިނުމުގެ ކުރިން ކެއުމަށް ގެންނަން ޖެހޭ 5 ބަދަލު

keumai-gennan-jehey-5-badhalu-118* ކެއުން ރަނގަޅު ކުރާށެވެ.

* ދުރުވަންވީ ކޮންކޮން ބާވަތްތަކަކާ؟

* ވިޓަމިނާއި މިނެރަލްސް އިތުރަށް ބޭނުން ކުރާށެވެ.

* ފޯލިކު އެސިޑް ވަރަށް ގިނައިން ބޭނުން ކުރާށެވެ.

* ނަމޫނާ މިންގަޑަކަށް ހަށިގަނޑުގެ ބަރުދަން ގެންނާށެވެ.

ކެއުން ރަނގަޅު ކުރާށެވެ.

ކެއުން ރަނގަޅު ކުރިހާ އަވަހަކަށް ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާނެއެވެ. ދަރިންހޯދަން ބޭނުންނަމަ ވީހާވެސް އަވަހަކަށް ކެއުން ރަނގަޅު ކުރާށެވެ. ދެމަފިރިންގެވެސް ކެއުމާއި ދަރިން ލިބުމާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ވީމާ ހަމަހަމަ ކާނާއެއް ކާން ދެމަފިރިންވެސް އާދަކުރާށެވެ. ހަމަހަމަ ކާނާގެ މާނައަކީ ގިނައިން ކެއުމެއްނޫނެވެ. ރަނގަޅު ކާނާ ހަށިގަނޑަށް އެކަށިގެންވާ ވަރަށް ކެއުމެވެ. މިއީ ސިއްހަތު ރަނގަޅު ކުއްޖަކު ހޯދުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

ކާނާގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބާވަތެއްވެސް ހިމަނައިގެން ކާށެވެ. މޭވާއާއި ތަރުކާރީ ގިނައިން ކާށެވެ. ކިރު، ޔޯގަޓް ފަދަ ކެލްސިއަމް ގިނަ ކާނާ ކެއުން އިތުރު ކުރާށެވެ. ވިޓަމިން ސީ، ޒިންކު އަދި ފޯލިކު އެސިޑު ހުންނަ ކާނާއަށް ހާއްސަ ސަމާލު ކަމެއް ދޭށެވެ. މިއީ ސިއްހަތު ރަނގަޅު ދަރިފަނި އުފެއްދުމަށް ކޮންމެހެންވެސް ބޭނުންތެރި މާއްދާ ތަކެކެވެ.

އެކަށީގެންވާ ވަރަށް ނުކެއުމަކީ މައްސަރު ކަންތައް ދިމާވާއިރު މައްސަލަތަކާއި ކުރިމަތިވާ ކަމެކެވެ. އަދި މިއީ ބިސް ފުރިހަމަ ވުމަށްވެސް އުނިކަން ގެނެސްދޭ ކަމެކެވެ. އަދި ހަށިގަނޑު ލުއި ކުރުމަށްޓަކައި ކެއުން އާދަޔާ ޚިލާފަށް ދަށް ކުރުމަކީ ބިސް ފުރިހަމަކޮށް އޯވަރީން ބޭރުކުރުން މުޅިން ހުއްޓިދާނެ ކަމެކެވެ.

ދުރުވަންވީ ކޮންކޮން ބާވަތް ތަކަކާ؟

ހަށިގަނޑަށް އެތެރެ ކުރާ ބައެއް ބާވަތުގެ ކެއިން ބުއިމަކީ ދަރިޔަކު ހޯދަން ބޭނުންނަމަ ދުރުވަން ޖެހޭނެ ބާވަތްތަކެކެވެ. މިގޮތުން އެންމެ ފުރަތަ ދުރުވަން ޖެހޭ އެއްޗަކީ މަސްތުވާ ތަކެއްޗެވެ. މިއީ ހަށިގަނޑަށް ވަރަސް ގެއްލުން ހުރި އެއްޗެކެވެ. ދަރިން ލިބުމުގެ ފުރުޞަތު ކުޑަކުރާ އެއްޗެކެވެ. ދަރިން ލިބުނަސް ދަރިންނަށް ވިރާސީ ބަލިތައް ޖެހެން މެދުވެރިވާ ސަބަބެކެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ބޭނުން ކުރިޔަސް ނަތީޖާއިކީ މިއީއެވެ.

މަސްތުވާ ތަކެތީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުންވެސް ދުރުހެލިވާން ޖެހޭނެއެވެ. މިއީވެސް ދަރިފުޅަށް އުފެދުމުގައި ޖެހޭ ބައެއް ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑު ކުރާ ކަމެކެވެ.

ހަމައެފަދައިން ބޭނުން ކުރުމުގައި ސަމާލުވެ ރައްކާތެރިވާން ޖެހޭ އަނެއްބާވަތަކީ ކޮފީއެވެ. ކޮފީ ގިނައިން ބުއިމަކީވެސް ގެއްލުން ހުރި ކަމެކެވެ. ނަމަވެސް ކޮފީބޯން އާދަވެފައިވާ މިހަކު ދުވާލަކު 300 މިލިގުރާމަށްވުރެ ގިނަނުވާވަރަށް ބުޔަސް އެންމެ ރަނގަޅެވެ.

މަސްމަހާއިމެއްސަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކާނާއެކެވެ. ދިވެހިންނަށް އެއާއި ނުލައި ކެއުން ފުރިހަމަ ނުވާ އެއްޗެކެވެ. އެހެން ނަމަވެސް ބައެއްވައްތަރުގެ މަހަކީ ބަލިވެއިންނަން ބޭނުންވާ އަންހެނަކު ކެއުން ބުއްދިވެރި މަސްމަހެއް ނޫނެވެ. އެއީ އެމަހެއްގައި ދިރޭރަހަ ހުންނަ މަސްމަހެވެ. މިޔަރުފަދަ މަސްމަހެވެ. މިބާވަރުގެ މަސް ކެއުމުން އޭގައި ހުންނަ ދިރޭރަހަ ހަށިގަނޑުގައި އެތައް އަހަރެއްވަންދެން ހަށިގަނޑުގައި ހުރެއެވެ. ދިރޭރަހައަކީ ކުޑަދަރިފުޅަށް ވަރަށް ގެއްލުން ހުރި މާއްދާއެކެވެ. ވީމާ ދިރޭރަހަ ނުހުންނަ ނުވަތަ މަދުން ހުންނަ މަސްކާށެވެ. ކަޅުބިލަމަސް، ރާގޮނޑި، ލައްޓި ފަދަ މަސް މަސްތަކަކީ ކެއުން ވަރަށް ރަނގަޅު ބާވަތްތަކެކެވެ.

މީގެއިތުރުން އެއްގަމު މަސް ކެއުމުގައި ރަނގަޅަށް ކައްކައި ރޯފިލުވައިގެން ކެއުމަކީވެސް ސަމާލުވާން ޖެހޭނެ ކަމެކެވެ. ހޮޓްޑޮގު ލަންޗަންފަދަ ބާވަތްތަށް ކެއުމުގައި މަދުކުރުން ބުއްދިވެރިކަން ބޮޑެވެ.

ވިޓަމިނާއި މިނެރަލްސް އިތުރަށް ބޭނުން ކުރާށެވެ.

ހަމަހަމަ ކާނާއެއްގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއްވެސް ހުންނާނެއެވެ. އެހެންވިޔަސް މިކާނާގެ އިތުރުން ވިޓަމިނާއި މިނެރަލްސް ބޭނުންކުރުމަކީ ބަލިވެ އިންނަން ބޭނުންވާ މީހުންނަށް ޑޮކުޓަރުން އިރުޝާދު ދެއްވާކަމެކެވެ. ހާއްސަކޮށް ވަޒީފާގައި އުޅޭ ނުވަތަ މަސައްކަތް ކުރާ އަނބިން އަދި ދަރިން ގެންގުޅޭ މައިންނެވެ. މިއީ ބަލިވެއިނުމަށް ފަސޭހަވާނެ ކަމެކެވެ.

ނަމަވެސް ވިސްނާށެވެ. ވިޓަމިނާއި މިނެރަލްސް ވިޔަސް އާދަޔާ ހިލާފާށް ގިނައިން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ވީމާ އިތުރަށް ބޭނުން ކުރާ ވިޓަމިނާއި މިނެރަލްސް ޑޮކުޓަރެއްގެ ލަފަޔާއެކު ބޭނުން ކުރާށެވެ.

ފޯލިކު އެސިޑް ވަރަށް ގިނައިން ބޭނުން ކުރާށެވެ.

މިއީ ބަލިވެއިންނަން ބޭނުން ކޮންމެ އަތްބަކު ކޮންމެހެންވެސް ބޭނުން ކުރަން ޖެހޭނެ މާއްދާއެކެވެ. ފޯލިކު އެސިޑު މަދުވުމަކީ ސްޕައިނާ ބިފިޑާ ފަދަ ނިއުރަލް ޓިއުބުގެ އުނިކަމުގެ ސަބަބުން ޖެހޭބަލިތައް އިތުރުވާ ކަމެކެވެ. ބަލިވެއިންނަން ބޭނުން ނަމަ ބަލިވެ އިނުމުގެ މަދުވެގެން އެއްމަސް ކުރިން ފޯލިކު އެސިޑު ބޭނުން ކުރަން ފަށަން ޖެހޭނެއެވެ. އަދި ބަލިވެއިދެ 3 މަސް ވަންދެން ބޭނުން ކުރަމުން ގެންދާން ޖެހޭނެއެވެ. ދުވާލަކަށް ހަށިގަނޑަށް ބޭނުންވަނީ މަދުވެގެން 400 މިލިގުރާމެވެ. ރަނގަޅީ ދުވާލަކު 600 މިލިގުރާމާއި 800 މިލިގުރާމާއި ދެމެދު ބޭނުން ކުރުމެވެ. ނަމަވެސް އާއިލާ މީހަކަށް އިސްވެ ދެންނެވުނު ފަދަ ބައްޔެއް ޖެހިފައިވާނަމަ 4000 މިލިގުރާމުވެސް ބޭނުން ކުރަން ޖެހުދާނެއެވެ.

ފޯލިކު އެސިޑު ގިނައިން ހުންނަ ކާނާގެ ތެރޭގައި ފެހިކުލަގަދަ ފަތް، ނަޓް ނުވަތަ އޮށް ލިބޯ އޮރެންޖު ފަދަ ތަކެތި ހިމެނެއެވެ. ފޯލިކު އެސިޑަކީ ފެނަށް ގިރޭ އެއްޗަކަށް ވުމުން ކިތައްމެ ގިނައިން ބޭނުން ކުރިޔަސް ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ކައްކައިގެން ބޭނުން ކުރާނަމަ ފޯލިކު އެސިޑުގެ ފައިދާ ހަށިގަނޑަށް ލިބޭލެއް ވަރަށް މަދުވާނެއެވެ. އެއީ ކެއްކުމުން ފޯލިކު އެސިޑުގެ ބޮޑުބައެއް ހަލާކުވެގެން ދާނެތީއެވެ. ވީމާ ފެހިކުލަ ގަދަ ފަތްޕިލާވެލީގައި ފޯލިކު އެސިޑު ގިނަޔަސް ތެލުލި ފަތުގައި ފޯލިކު އެސިޑު ނުހުންނާނެއެވެ.

ފޯލިކު އެސިޑު ކިތައްމެ ގިނައިން ބޭނުން ކުރިޔަސް ހަށިގަޑަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އިސްތިސްނާ ހާލަތްތައް އާދެއެވެ. އެއީ ބައެއްފަހަރު ފޯލިކު އެސިޑު ބައެއް އަންހެނުންގެ ހަށިގަނޑުގައި ގިނަވުމަކީ ވިޓަމިން ބީ12 ހަށިގަނޑުން މަދުވާކަމެވެ. ވުމާއެކު މިވެސް ބޭނުން ކުރަންވާނީ ޑޮކުޓަރެއްގެ ލަފަޔާ އެކުގައެވެ.

ނަމޫނާ މިންގަޑަކަށް ހަށިގަނޑުގެ ބަރުދަން ގެންނާށެވެ.

ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ހިކި ނަމަ ކެއުން އިތުރުކޮށް ބަރުވާށެވެ. އަދި ބަރުނަމަ ލުއިވާށެވެ. ބަލިވެ އިންނަ އިރު ހުންނަން ޖެހޭ ނަމޫނާ ބަރުދަނާއި ވީހާވެސް ގާތް ބަރުދަނެއްގައި ބަހައްޓާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.