ހުކުރު20200807

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބަލިވެއިނުމަށްޓަކައި ކެއުމަށް ގެންނަންޖެހޭ ބަދަލުތައް

ބަލިވެއިނުމަށްޓަކައި ކެއުމަށް ގެންނަންޖެހޭ ބަދަލުތައް

keumai-gennanjeheybadhalhu-137* މަސްތުވާތަކެތި ބޭނުން ކުރުން މުޅިން ހުއްޓާލާށެވެ.

* ކޮފީބުއިން މަދުކުރާށެވެ.

* ކާނާގައި ކާބޯހައިޑުރޭޓު ގިނަނުކުރާށެވެ.

* ފަތްޕިލާވެލި، އެއްގަމުމަސް އަދި މޭވާ ގިނައިން ކާށެވެ.

* ކަނޑުމަސް ގިނަގިނައިން ކާށެވެ.

* ދަނގަޑު ހުންނަ ކާނާއަށް އިސްކަންދޭށެވެ.

* ރަނގަޅަށް ރޯފިލުވައިގެންނޫނީ މަހުގެ ބާވަތްތައް ނުކާށެވެ.

* ވިޓަމިންގިނަ ކާނާ ކެއުމަށް ސަމާލުކަންދޭށެވެ.

* ފިރިމީހާގެ ކެއުމަށް ގެންނަން ޖެހޭ ބަދަލު.

ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ.
ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ. އަދި ކިއެއްތަ ކައިވެނިކުރުމުގެވެސް ކުރިންނެވެ. އަންހެނުން ފުރާވަރަށް އެރުމާއެކުއެވެ. ނުވަތަ އެއަށްވުރެވެސް ކުރިންނެވެ. ހަމައެކަނީ އަންހެނުން އެކައްޏެއްވެސް ނޫނެވެ. ފިރިހެނުންވެސް ކެއުމަށް ބަދަލުގެންނަން ޖެހެއެވެ. ރައްކާތެރި ކެއިންބުމިމަށް މީހާގެ ދިރިއުޅުން ބައްޓަން ކުރަން ޖެހެއެވެ.

ތިރީގައި އެވަނީ މިގޮތުން ކެއުމަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކެވެ. ނުވަތަ އާދަކުރަންޖެހޭ ބައެއް ހަމަތަކެވެ.

މަސްތުވާތަކެތި ބޭނުން ކުރުން މުޅިން ހުއްޓާލާށެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އަދި މިއީ ދަރިން ލިބުމުގެ ފުރުޞަތުވެސް ކުޑަކުރާ ކަމެކެވެ. ހަމެއެފަދައިން ބަލިވެއިންނަތަނުން ނުވަތަ ބަލިވެއިނުމަށްފަހު މަސްތުވާ ތަކެތި ބޭނުން ކުރުމަކީ ބަނޑުގައި އުފެދެމުން އަންނަ ދަރިފުޅަށް ވަރަށް ގެއްލުންވާނެ ކަމެކެވެ. ދަރިފުޅު ބޮޑުނުވުން ބައިގެންދިއުން ދަރިފުޅު މަސްތުވާ ތަކެއްޗަށް އެޑިކުޓުވުން އަދި މުޅި އުމުރަށް ދަރިފުޅުގެ ސިކުޑި އުނިވުންފަދަ ކަންތައްތަކަކީ މަސްތުވާ ތަކެތި ބޭނުން ކުރުމުން ލިބިދާނެ ހިތާމަވެރި ކަންތައްތަކެކެވެ.

ކޮފީބުއިން މަދުކުރާށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 300 މިލިގުރާމަށް ނުވަތަ މިއަށްވުރެ ގިނައިން ކެފެއިން ހުނަން ބާވަތްތަކުގެ ކާބޯތަކެތި ބޭނުން ކުރުމަކީ ބަލިވެއިނުން ލަސްކުރުވާ ކަމެކެވެ. ވުމާއެކު ބަލިވެއިނުން ލަސްވެގެން އުޅޭމީހަކު ކޮފީ ސައި ފަދަ އަދި ޗޮކުލެޓުފަދަ ކެފެއިން ގިނައިން ހުންނަ ކާބޯތަކެތި އެއްގޮތަކަށްވެސް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އެއީ ކެފެއިން އަކީ ލޭހޮޅިތައް ހިމަކުރުވާ މާއްދާއެކެވެ. ވުމާއެކު ރަހިމަށާއި ބިސްރަވަޔަށް ލޭދަތުރުކުރާވަރު މަދުވެއެވެ. ނަތީޖާއެއްގެ ގޮތުން ބިސްފުރިހަމަ ވުމަށް ދަތިތަކެއް ކުރިމަތިވެއެވެ.

ކާނާގައި ކާބޯހައިޑުރޭޓު ގިނަނުކުރާށެވެ.

ކާބޯހައިޑުރޭޓަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި މުހިއްމު މާއްދާއެކެވެ. އަދި މިއީ ބޭނުން ކުރުމުން ދަރިން ލިބުން ލަސްވާ ނުވަތަ ބަލިވެއިނުމަށްފަހު ދަރިފުޅުގެ ސިއްހަތަށް ގެއްލުން ކުރުވާ މާއްދާއެއް ނޫނެވެ. އަދި ކިއެއްތަ ކާނާގައި ކޮންމެހެންވެސް ހިމަނަންޖެހޭ މާއްދާއެކެވެ. ނަމަވެސް މިއީ ހިސާބަށްވުރެ ގިނައިން ބޭނުން ކުރުމުން ހަށީގަނޑަށް ފައިދާ ކުރާ މާއްދާއެއް ނޫނެވެ.

ފަތްޕިލާވެލި، އެއްގަމުމަސް އަދި މޭވާ ގިނައިން ކާށެވެ.

ކަނޑުމަސް ގިނަގިނައިން ކާށެވެ.

ދަނގަޑު ހުންނަ ކާނާއަށް އިސްކަންދޭށެވެ.

ރަނގަޅަށް ރޯފިލުވައިގެންނޫނީ މަހުގެ ބާވަތްތައް ނުކާށެވެ.

ވިޓަމިންގިނަ ކާނާ ކެއުމަށް ސަމާލުކަންދޭށެވެ.

ފިރިމީހާގެ ކެއުމަށް ގެންނަން ޖެހޭ ބަދަލު.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.