Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު ބަލިވެއިނުމުގެކުރިން ބައިގެން ގޮސްފައިވާ މީހަކު އަލުން ބަލިވެ އިނުމުގައި އުދަގުލަކާއި ކުރިމަތި ވެދާނެތަ؟

ބައިގެން ގޮސްފައިވާ މީހަކު އަލުން ބަލިވެ އިނުމުގައި އުދަގުލަކާއި ކުރިމަތި ވެދާނެތަ؟

baigen-gosfaivaa-47ނޫނެކެވެ. ނަމަވެސް ބައިގެން ދިއުމުން ނުވަތަ ދަރިވައްޓާލުމަށް ރަހިމު ދޮންނައިރު (D&C ހަނދާއިރު) ރަހިމުގައި އަދި ރަހިމުގެ ކަރުގައި ކޮންމެވެސް ވަރަކަށް ލަކުނު ލުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ބަލިވެ އިނުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތި ވުމަކީ ވެދާނެ ކަމެކެވެ. މިހެން ވެފައި ހުރިތޯ ބެލުމަށް ހިސްޓެރޮސްކޯޕް (ކުޑަ ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުން) ހަދައިގެން ޔަގީން ކުރެވިދާނެއެވެ.

އަދި ލަކުނު ލައިފައި ހުރިނަމަ ހިސްޓެރޮސްކޯޕް ބޭނުން ކޮށްގެން ރަނގަޅުވެސް ކުރެވިދާނެއެވެ. ލަކުނު ލައިފައި ނެތް ކަމުގައިވީނަމަވެސް ބައިގެން ދިއުމުގެ ސަބަބުން ރަހިމުގެ ކަރުގެ ލޯވަޅު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އެލޯވަޅު ހިމަކުރުމަށްޓަކައި ވަށައިގެން ފަހާލަން ޖެހުމަކީ އެކަށީގެނވާ ކަމެކެވެ.

Comments