އާދީއްތަ20201122

އާކުރެވުނީ: 08:43:52

ބަލިވެއިނުމުގެކުރިން

ބައިގެން ގޮސްފައިވާ މީހަކު އަލުން ބަލިވެ އިނުމުގައި އުދަގުލަކާއި ކުރިމަތި ވެދާނެތަ؟

baigen-gosfaivaa-47ނޫނެކެވެ. ނަމަވެސް ބައިގެން ދިއުމުން ނުވަތަ ދަރިވައްޓާލުމަށް ރަހިމު ދޮންނައިރު (D&C ހަނދާއިރު) ރަހިމުގައި އަދި ރަހިމުގެ ކަރުގައި ކޮންމެވެސް ވަރަކަށް ލަކުނު ލުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ބަލިވެ އިނުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތި ވުމަކީ ވެދާނެ ކަމެކެވެ. މިހެން ވެފައި ހުރިތޯ ބެލުމަށް ހިސްޓެރޮސްކޯޕް (ކުޑަ ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުން) ހަދައިގެން ޔަގީން ކުރެވިދާނެއެވެ.

ތަފްޞީލު...ބަލިވެއިނުން ލަސްވާ އަންހެނުންނަށް ދެވޭ ބައެއްބޭސް

lasvaa-anehunna-dhevey-beys-54ބަލިވެއިނުން ލަސްވުމުން ވަރަށް ގިނަ އަންހެނުންނަށް ދެވޭ ފުރަތަމަ ފަރުވާއަކީ ގުޅަބޭސް ނުވަތަ އިންޖެކުޝަނެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެތައްމިތަނުގައި އެތައް މިލިޔަން މީހުންނަށް މިގޮތަށް ފަރުވާ ކުރެވެއެވެ. މިހުރިހާ ބޭހަކީވެސް ޖުމުލަގޮތެއްގައި ބިސް އުފެދުމާއި ފުރިހަމަ ކުރުމަށް ފުރުޞަތު އިތުރުކޮށްދޭ ބޭސްތަކެކެވެ.

ތަފްޞީލު...ހެނދުނު ޖިންސީ ގުޅުން ހިންގުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ސަބަބެއްތަ؟

baliveinun-ithuruva-kamei-tha-22ރޭގަނޑަށްވުރެ ހެނދުނު ގަޑީގައި ދަރިފަނި އުފައްދާ މިންވަރު ނިސްބަތުން އިތުރު ވެއެވެ. ރޭގަނޑު ގަޑިތަކުގައި ޖިންސީ ގުޅުން ހިންގާ ފަހަރަކު ގާތްގަޑަކަށް 87 މިލިއަން ދަރިފަނި އުފައްދައި ބޭރުކުރާއިރު ހެނދުނު ގަޑީގައި މިއަދަދު ގާތްގަޑަކަސް 88 މިލިއަނަށް އަރައެވެ. ނަމަވެސް މިއީ ނިސްބަތުން އެހާ ތަފާތު ބޮޑު އަދަދެއް ނޫނެވެ. އެއީ ހަމައެކަނި އިތުރު ކުރެވޭ ފެތުންތެރިންތަކެކެވެ.

ތަފްޞީލު...ކޮފީ ބުއިމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

cofee-hurasalhaa-31ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އެޅުން ނުވަތަ ފުރުޞަތު ކުޑަކުރުން ބިނާވެގެންވަނީ ކޮފީ ބޯމިންވަރެއްގެ މައްޗަށެވެ. ކޮފީ ބުއިމުން ގެއްލުން ލިބެނީ އޭގައި ހުންނަ މާއްދާއެއްކަމަށްވާ ކެފެއިންގެ ސަބަބުންނެވެ. ދުވާލަކު 300 މިލިގުރާމަށްވުރެ މަދުން ކެފެއިން ބޭނުން ކުރާނަމަ (ގާތްގަޑަކަށް ކޮފީ ތައްޓެއްގެ މިންވަރު) މިއީ ބަލިވެއިނުމަށް ފުރުޞަތު ކުޑަކުރާ ކަމެއްކަން ޔަގީން ކުރެވިފައެއް ނުވެއެވެ.

ތަފްޞީލު...ބިސްބޭރުވާ ދުވަސް ދެނެގަންނާނީ ކިހިނެއް؟

bisbeyruvaa-vaguthu-1ބިސްބޭރުވުމަކީ އޯވަރީގައި ނުވަތަ ބިސްރަވައިގައިވާ ބިސްތަކުގެ ތެރެއިން ބިހެއް މަހަކު އެއްފަހަރު ބޮޑުވެ ފުރިހަމަ ވުމަށްފަހު ބިސްރަވައިން ބިސްބޭރުވެ ބިސްހޮޅީގެ ކައިރިއަށް ބިސްދިއުމެވެ. ބައެއްފަހަރު މިގޮތަށް ބޭރުވާއިރު އެއްބިހަށްވުރެ ގިނަބިސް ބޭރުވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބިސްރަވައިން ބިސްބޭރުވަނީ ވަކިވަރަކަށް ބިސް ބޮޑުވެ ފުރުހަމަ ވުމަށްފަހުގައެވެ.

ތަފްޞީލު...ބައްޕައަކަށް ވުމަށްޓަކައި... ކެއުމަށް ގެންނަން ޖެހޭ ބަދަލު

bappa-akai-badhalu-45ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ރަނގަޅު ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅަށް ނުކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމަކީ ދަރިފަނި އުފައްދާ މިންވަރު މަދުވެ އަދި އޭގެ ކޮލިޓީވެސް ދަށްކުރާ ކަމެކެވެ. ދަރިން ލިބުން ލަސްވުމުގައި އަނބިމީހާގެ ދައުރު ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ.

ތަފްޞީލު...ބަލިވެއިނުމަށްޓަކައި ކެއުމަށް ގެންނަންޖެހޭ ބަދަލުތައް

keumai-gennanjeheybadhalhu-137ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ. އަދި ކިއެއްތަ ކައިވެނިކުރުމުގެވެސް ކުރިންނެވެ. އަންހެނުން ފުރާވަރަށް އެރުމާއެކުއެވެ.

ތަފްޞީލު...ރަހިމުގައި ގޮށްލުން ނުވަތަ ފައިބްރޮއިޑް އުފެދުން(Uterine Fibroid)

rahimuga-goh-lun-121ފައިބްރޮއިޑަކީ ރަހިމުގެ މަސްގަޑުގައި އުފެދޭ ޓިއުމަރގެ ވައްތަރެކެވެ. ރަހިމުގައި އުފެދޭ ފައިބްރޮއިޑަށް މަޔޯމާ އަދި ލިއޯމަޔޮމާވެސް ކިޔައެވެ. މިއުފެދި ބޮޑުވަނީ ރަހިމުގެ މަސްގަޑުގެތެރޭގައި ނުވަތަ ދެފުރާތުގައެވެ. މީގެ ބޮޑުމިން ތަފާތު މިންވަރަށް ހުރެއެވެ. ކުޑަ ފަސްއޮށެއްވަރުގެ ފައިބްރޮއިޑް ހުންނައިރު ބަރަބޮލެއްވަރު ފައިބްރޮއިޑްވެސް ހުރެއެވެ. ކިތައްމެ ބޮޑުވިޔަސް މިވައްތަރު ޓިއުމަރ ކެންސަރަކަށް ބަދަލެއް ނުވާނެއެވެ.

 

ތަފްޞީލު...ޖިންސުއްލަތީފުންނަށް ދެތިން ނަޞޭހަތެއް!

jinsulatheef-nasehai(1) ފަރުޖު ނުވަތަ ނުވަތަ އަންހެނާގެ ކުރިމަތީ ފަރާތް ބޮޑުކަމުގޮސްނިމިގެން ސާފުކުރާއިރު ކުރިމަތިން ފަހަތަށް ވާގޮތަށް ނުވަތަ މަތިން ތިރިއަށްވާގޮތަށް އަތްގެންގޮސްގެން ސާފުކުރާށެވެ. ފެނުން ނުވަތަ ޓިޝޫ ފަދަ އެއްޗަކުން ސާފުކުރިނަމަވެސް މިބީދައިން އަމަލު ކުރާށެވެ. މިބީދައިން ސާފުކުރުމުން ފުރަގަސްފަރާތުން ކުރިމަތީފަރާތަށް އެކި އެކި ޖަރާސީމްތައް ވާސިލްވުން ކުޑަކޮށްދެއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.