ބުރާސްފަތި20200917

އާކުރެވުނީ: 08:43:52

މަންމާއިދަރިފުޅު

ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

farjga-ekasheegenvaa-thekkan-64ފަހަރުގައި ބަލިވެއިންނަން ބޭނުންވާމީހަކު ބަލިވެއިނުއިންނަ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުނަސް އެއީ ބަލިވެނުއިންނަ ސަބަބުކަމުގައި ނުވުމަކީ ދުރުކަމެއް ނޫނެވެ. އެންމެފުރަތަމަ އޯވަރީން ބިސްބޭރުކުރޭތޯ ބަލާށެވެ. މިކަން ބަލަން އެންމެ ފަސޭހަގޮތަކީ ހަށިގަނޑުގެ ހޫނުމިން ބެލުމެވެ.

ތަފްޞީލު...މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ރޭގަނޑު ކަސްރަތު ކުރުމުން ނިދިނައުން

kasrathu-kurumun-nidhi-naun-104މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރުމަކީ ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން މީހާގެ ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮ ކުރުވާ ކަމެކެވެ. އަދި މިއީ އަރާމުގައި ނިދުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް އެއީ ރަނަގަޅު ގޮތުގައި ރަނގަޅު ވަގުތުތަކުގައި ކަސްރަތު ކުރާނަމައެވެ. ނިދާގަޑިއާއި މާގާތްކޮށް ކަސްރަތުކުރުމަކީ މީހާ ވަރުބަލި ކުރުވާކަމެކެވެ. އަދި ބައެއްފަހަރު ނިދިން މަހުރޫމު ކުރުމަށް ދިމާވާ ސަބަބެއްވެސްމެއެވެ.

ތަފްޞީލު...ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ގެއްލުން

dhunfathuge-sababun-gellun-62ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބައިގެންދިއުމާއި އަދިވެސް ދަރިފުޅަށް ޖެހޭ ގިނަބަލިތަކުގެ އެއްވަނަ ސަބަބެވެ. ދުވަސްނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅު މާކުޑަކޮށް އޮތުމާއި އަދި ވިހެއުމުގެ ކުރިން މަރުވެފައި އޮތުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ވަރަށް ހިތާމަވެރި ކަންތައްތަކެކެވެ. އަދި މިކަންތައްތައް ދިމާވާ މައިގަނޑު ސަބަބަކަށްވެސް ބެލެވިފައިވަނީ މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރުމުވެ.

ތަފްޞީލު...މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން... ފިރިމީހާއާއި އެކު އެއްއެދުގައި ނިދަން ދަތިވުން

edhugai-nidhan-udhagoovun-103އަރާމުގައި ނިދާލުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަނޑަށް 4 މަސްވުމަށްފަހުއެވެ. ވުމާއެކު އެދުގައި އަރާމުގޮތަކަށް އޮށޯވެ އޮވެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަމުގައި އިތުރު ދަތިތަކެއް ދިމާވަނީ ބައެއްފަހަރު ފިރިމީހާވެސް އަރާމު ނިންޖެއްނިދަން އެދުގައި ފުރޮޅިހަދާއިރުއެވެ.

ތަފްޞީލު...މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ފައިގާރިއްސައިގެން ނިދިން ހޭލެވުން

faiga-rissun108މާބަނޑުއަންހެނުން ފައިގާ ރިއްސަނީ ކަޑައެޅިގެން މިހެންނޭ ބުނާކަށް އަދި އެކަކަށްވެސް ނޭގެއެވެ. ނަމަވެސް ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދާ ބަރުދަނަކީ ސަބަބެއްކަމުގައި ވެދާނެއެވެ. މިކަމުގެސަބަބުން ފައިވާޅުވެ ލެކްޓިކު އެސިޑު ފައިގެ މަސްތަކުގާ އިތުރުވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ހަމައެފަދައިން ބަލިވެއިދެ ރަހިމު ބޮޑުވުމުގެ ސަބަބުން އޭގެބަރަށް ފަޔަށް ލޭފޮނުވައިދޭ ލޭހޮޅިތަކާއި ނާރުތައް ފިތުމުގެ ސަބަބުންވެސް މިހެން ވުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފައިގާ ރިއްސަން ފަށަނީ ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. 

ތަފްޞީލު...ބަލިވެއިނުމުންވާ އުދަގޫތައް ކުޑަކުރުމަށް ޒިންކު ބޭނުންކުރާށެވެ.

zinc-beynun-kuraasheve-136ހަށިގަނޑަށް ޒިންކު ބޭނުންވަނީ ޑީއެންއޭ އުފެއްދުމަށާއި މަރާމާތު ކުރުމަށާއި އޭގެ ވަޒީފާ ފުރިހަމައަށް އަދާ ކުރުމަށްޓަކައެވެ. ހަށިގަނޑުގެ ހުރިހާ ވިރާސީ މައުލޫމާތެއް ރައްކާ ކުރެވިފައި ހުންނަނީ ޑީއެންއޭގައެވެ. އަދި މިއީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ވުމާއިއެކު މާބަނޑު ދުވަސްވަރު ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަތާތައް އުފެދި ބޮޑުވުމަށް ޒިންކަކީ ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. ޒިންކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް ކޮންމެހެން ބޭނުންތެރި މިނެރަލް އެކެވެ.

ތަފްޞީލު...މައިމީހާގެ ނިދި މަދުވުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއްތަ؟

mai-meeha-nidhi-madhuvumakee-134މައިމީހާ ރަނގަޅަށް ނުނިދުމަކީ ބަނޑުގައިވާ ދަރިފުޅު ނުނިދައި ހޭލައި ހުންނަން ސަބަބަކަށް ނުވެއެވެ. އަދި ކިއެއްތަ މައިމީހާ އެންމެ ރަނގަޅަށް ހޭލައި ހުންނައިރު ބަނޑުގައިވާ ދަރިފުޅު ގަދައަށް ނިދައިފައި އޮތުމަކީ ވެދާނެ ކަމެކެވެ. މައިމީހާ ނިދާގަދިއާއި ބަނޑުގައިވާ ދަރިފުޅު ނިދާގަޑިއާއި ގުޅުމެއްނެތީ ކީއްވެގެންކަން އެކަކަށްވެސް ނޭގެއެވެ. އެންމެންވެސް ދަންނަ ހަގީގަތަކީ ބަނޑުގައިވާ ދަރިފުޅަށް ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަމެވެ.

ތަފްޞީލު...ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟

reykuiru-thadhuvnetha-133ވިހެއުމަށްފަހު ރޭކުރާއިރު ތަދުވުމަކީ ނުވަތަ ރިއްސުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. ވިހާއިރު ކުރިމަތި ފަރާތް ކަފައިލާން ޖެހުނު ނަމަ ނުވަތަ ވީދައިގެން ދިޔަނަމަ އެތަން ފަސޭހަވާއިރު އިންނަ ލަކުނުގައި އެތައް ހަފުތާއެއްވަންދެން އަދި ބައެއްފަހަރު އެތައް މަހެއްވަންދެން ރޭކުރާއިރު ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. 

ވުމާއެކު ލަކުނު މުޅިން ފަސޭހަވަންދެން ރޭނުކޮށް މަޑުކޮށްލުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވިހާތާ 40 ދުވަހުގެ ތެރޭގައި ލަކުނު މުޅިން ފަސޭހަވާނެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ގިނަދުވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ތަފްޞީލު...މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް

nidhan-ragalhee-kon-gothei-131މާބަނޑު ދުވަސްވަރު ބަންޑުން ނުވަތަ އުއްޑުން ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ވުމާއެކު ނިދަން ރަނގަޅީ އަރިއަކަށެވެ. ކަނާތްފަރާތަށް (ކަނާތް މައްޗަށްވާ ގޮތަށް) ނިދުމަކީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްނަމަވެސް ނިދަން އެންމެ ރަނަގަޅީ ވާތްފަރާތަށެވެ. ވާތް މައްޗަށްވާގޮތަށެވެ. އެއީ މިގޮތަށް ނިދުމުން މައިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގެ ލޭހިނގުން ރަނގަޅުވެ ދަރިފުޅުގެ މަހަށް ލޭގެންގޮސްދޭ މިންވަރު އިތުރުވާނެއެވެ.

ތަފްޞީލު...ދަރިފުޅު އުފަންވުމަށްފަހު

dharifulhu-ufanvumaffahu-129ދަރިފުޅު އުފަންވާއިރު ދަރިފުޅުގެ ހަށިގަނޑުގައި ފިނިހޫނުމިން ހެއުވަރަކަށް ބެހެއްޓުމުގެ ގާބިލްކަމެއް ނުހުރެއެވެ. ވުމާއެކު ދަރިފުޅު ހޫނު ހިކި ތަނެއްގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު އުދަގުލަލާއި ނުލައި ދަރިފުޅު ވިހެއިނަމަ އަދި ދެމައިންގެ ހާލުރަނގަޅުނަމަ ވިހެއުމަށްފަހު ވަގުތުން މައިމީހާގެ ބަނޑުމައްޗަށް ދަރިފުޅު ލުމަކީ ވަރަށް ރަނގަލު ކަމެކެވެ. އަދި ބަނޑުމަތީގައި ބާއްވައިގެން ދަރިފުޅު ސާފު ކުރާށެވެ. ދަރިފުޅު ސާފުކޮށް ނިމުމަށްފަހު ތުވާއްޔަކުން ނުވަތަ ރަޖާގަނޑަކުން ދަރިފުޅު ނިވާ ކުރާށެވެ. އަދި ދަރިފުޅުގެ ބޯވެސް ނިވާކުރުން ރަނގަޅުވާނެއެވެ.

ތަފްޞީލު...ވިޓަމިން ޑީ... ދަރިފުޅުގެ ކަށި އުފެދުމަށްޓަކައި ވަރަށް މުހިއްމު

vitamine-d-muhimmu-126ކޮންމެ މީހެއްގެ ހަށިގަނޑަށްވެސް ވިޓަމިން ޑީ ބޭނުންވެއެވެ. ހާއްސަކޮށް މާބަނޑު މީހުންނަށެވެ. އެއީ ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ކެލްސިއަމް އާއި ފޮސްފެރަސް ހުންނަން ޖެހޭ މިންވަރަށް ބެހެއްޓުމަށްޓަކައި ކޮންމަހެން ބޭނުން މާއްދާއެކެވެ. އަދި މި ދަމިނެރަލް އަކީ ބަނޑުގައިވާ ދަރިފުޅުގެ ކަށްޓާއި ދަތް އުފެއްދުމަށް ވަރަށް ބޭނުންތެރި ދެމާއްދާއެވެ. 

 

ތަފްޞީލު...މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ކޮބާ؟ އަދި އެކަން އެނގޭނީ ކިހިނެއް؟

massaru-kanthai-127މައްސަރުކަންތައް އިންތިޒާމު ނުވުމަކީ އެކިފަހަރު އެކި ދުރުމިނުގައި މައްސަރުކަންތައް ދިމާވުމެވެ. އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވަނީ ކޮންމެ 24 ދުވަހަކާއި 35 ދުވަހައި ދެމެދުގައެވެ. ކޮންމެ 24 ދުވަހަކުން މައްސަރު ކަންތައް ދިމާވާ މީހަކަށް މައްސަރުކަންތައް ދިމާނުވެ އެއްވުރެ ގިނަ ދުވަސް ވުމަކީ އެމީހެއްގެ މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ. ނުވަތަ މައްސަރު ކަންތައް އެއްފަހަރު 30 ދުވަހުން ވެފައި އަނެއްފަހަރު 24 ދުވަހުން ނުވަތަ 35 ދުވަހުން ވުމަކީވެސް މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ.

ތަފްޞީލު...ވިޓަމިން ބީ6 އިން މާބަނޑު ދުވަސްވަރު ލިބޭ ފައިދާއަކީ ކޮބާ؟

vitamine-b-in-maabadu-dhuvasvaru-125ވިޓަމިން ބީ6 އަކީ ޕްރޮޓީން، ފެޓު އަދި ކާބޯހައޮޑްރޭޓް ހަޖަމްކޮށް ހަށިގަނޑަށް ނެގުމަށްތަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އަމައިނޯއެސިޑުން (ޕްރޮޓީން ހަޖަމް ކުރުމުން ހުންނަ ތާސީރުން) ލޭގެ ރަތް ހަތަޔާއި، އެންޓިބޮޑީއާއި(ހަށިގަނޑަށް ވަންނަ ދިރޭތަކެތިން ހަށިގަނޑު ދިފާއުކުރުމަށް މަސައްކަތް ކުރާ މާއްދާއެއް) ނިއުރޯ ޓްރާންސްމިޓަރސް ( ނާރުތަކުގެ ހަރަކާތްތައް ނުވަތަ ނާރުތަކުން ހަށިގަނޑުގެ އިހުސާސްތަކާއި އަމުރުތައް އެކިހިސާބުތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭ މާއްދާއެއް) އުފެއްދުމަށް އެހީތެރިވެދެއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.