މަންމާއިދަރިފުޅު
ކުޑަދަރިފުޅު ނުކާތީ ކަންބޮޑުވޭތަ؟
- ނޫރުއްސަލާމް އަބޫބަކުރު
- 13 ސެޕްޓެމްބަރު 2011
މަންމައިންގެ ކިބައިން ކުޑަކުދިންގެ ޑޮކްޓަރުންނަށް އެންމެ ގިނައިން އިވޭ އެއް ޝަކުވާއަކީ ކުޑަދަރިފުޅު ކެއުމާއި ދުރުވުމުގެ ސަބަބުން ފާޅުކުރާ ކަންބޮޑުވުންތަކެވެ. ވުމާއެކު މި މައުޟޫގައި ވިސްނާލަން ޖެހޭ ބައެއް ނުކުތާތަކަށް ނިކަން ކުރުކޮށް އަލިއަޅުވާލެވޭތޯ ބަލާނަމެވެ.
އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކުއްޖަކަށް ވެސް އެކުއްޖެއްގެ ހާއްސަ ގޮތްތަކެއް ކެއުމާއި އެނޫންވެސް އެހެން ކަންކަމުގައި ހުންނާނެ ކަމެވެ. ޢާންމުކޮށް ކުދިން ވަކި ޢުމުރެއްގައި ކާންޖެހޭނެ ކަމަށް ފޮތްފޮތުގައި ބަޔާންކޮށްފައި ހުންނަ މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަކޮށް ކެއުމަކީ ވެސް މައްސަލައެއް ނޫނެވެ.
ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 އޯގަސްޓު 2010
ފަހަރުގައި ބަލިވެއިންނަން ބޭނުންވާމީހަކު ބަލިވެއިނުއިންނަ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުނަސް އެއީ ބަލިވެނުއިންނަ ސަބަބުކަމުގައި ނުވުމަކީ ދުރުކަމެއް ނޫނެވެ. އެންމެފުރަތަމަ އޯވަރީން ބިސްބޭރުކުރޭތޯ ބަލާށެވެ. މިކަން ބަލަން އެންމެ ފަސޭހަގޮތަކީ ހަށިގަނޑުގެ ހޫނުމިން ބެލުމެވެ.
މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ރޭގަނޑު ކަސްރަތު ކުރުމުން ނިދިނައުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ފެބްރުއަރީ 2010
މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރުމަކީ ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން މީހާގެ ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮ ކުރުވާ ކަމެކެވެ. އަދި މިއީ އަރާމުގައި ނިދުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް އެއީ ރަނަގަޅު ގޮތުގައި ރަނގަޅު ވަގުތުތަކުގައި ކަސްރަތު ކުރާނަމައެވެ. ނިދާގަޑިއާއި މާގާތްކޮށް ކަސްރަތުކުރުމަކީ މީހާ ވަރުބަލި ކުރުވާކަމެކެވެ. އަދި ބައެއްފަހަރު ނިދިން މަހުރޫމު ކުރުމަށް ދިމާވާ ސަބަބެއްވެސްމެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން މައިމީހާއަށާއި ދަރިފުޅަށް ލިބޭ ގެއްލުން
- ޑރ. މުޙައްމަދު ފައިޞަލް
- 06 ޖަނަވަރީ 2010
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބައިގެންދިއުމާއި އަދިވެސް ދަރިފުޅަށް ޖެހޭ ގިނަބަލިތަކުގެ އެއްވަނަ ސަބަބެވެ. ދުވަސްނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅު މާކުޑަކޮށް އޮތުމާއި އަދި ވިހެއުމުގެ ކުރިން މަރުވެފައި އޮތުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ ވަރަށް ހިތާމަވެރި ކަންތައްތަކެކެވެ. އަދި މިކަންތައްތައް ދިމާވާ މައިގަނޑު ސަބަބަކަށްވެސް ބެލެވިފައިވަނީ މައިމީހާ ދުންފަތުގެ އިސްތިއުމާލު ކުރުމުވެ.
މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން... ފިރިމީހާއާއި އެކު އެއްއެދުގައި ނިދަން ދަތިވުން
- ޑރ. މުޙައްމަދު ފައިޞަލް
- 04 ޖަނަވަރީ 2010
އަރާމުގައި ނިދާލުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަނޑަށް 4 މަސްވުމަށްފަހުއެވެ. ވުމާއެކު އެދުގައި އަރާމުގޮތަކަށް އޮށޯވެ އޮވެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަމުގައި އިތުރު ދަތިތަކެއް ދިމާވަނީ ބައެއްފަހަރު ފިރިމީހާވެސް އަރާމު ނިންޖެއްނިދަން އެދުގައި ފުރޮޅިހަދާއިރުއެވެ.
މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ފައިގާރިއްސައިގެން ނިދިން ހޭލެވުން
- ޑރ. މުޙައްމަދު ފައިޞަލް
- 03 ޖަނަވަރީ 2010
މާބަނޑުއަންހެނުން ފައިގާ ރިއްސަނީ ކަޑައެޅިގެން މިހެންނޭ ބުނާކަށް އަދި އެކަކަށްވެސް ނޭގެއެވެ. ނަމަވެސް ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދާ ބަރުދަނަކީ ސަބަބެއްކަމުގައި ވެދާނެއެވެ. މިކަމުގެސަބަބުން ފައިވާޅުވެ ލެކްޓިކު އެސިޑު ފައިގެ މަސްތަކުގާ އިތުރުވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ހަމައެފަދައިން ބަލިވެއިދެ ރަހިމު ބޮޑުވުމުގެ ސަބަބުން އޭގެބަރަށް ފަޔަށް ލޭފޮނުވައިދޭ ލޭހޮޅިތަކާއި ނާރުތައް ފިތުމުގެ ސަބަބުންވެސް މިހެން ވުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފައިގާ ރިއްސަން ފަށަނީ ބަނޑަށް 4 މަސް ވުމަށްފަހުގައެވެ.
ބަލިވެއިނުމުންވާ އުދަގޫތައް ކުޑަކުރުމަށް ޒިންކު ބޭނުންކުރާށެވެ.
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ހަށިގަނޑަށް ޒިންކު ބޭނުންވަނީ ޑީއެންއޭ އުފެއްދުމަށާއި މަރާމާތު ކުރުމަށާއި އޭގެ ވަޒީފާ ފުރިހަމައަށް އަދާ ކުރުމަށްޓަކައެވެ. ހަށިގަނޑުގެ ހުރިހާ ވިރާސީ މައުލޫމާތެއް ރައްކާ ކުރެވިފައި ހުންނަނީ ޑީއެންއޭގައެވެ. އަދި މިއީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ވުމާއިއެކު މާބަނޑު ދުވަސްވަރު ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަތާތައް އުފެދި ބޮޑުވުމަށް ޒިންކަކީ ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. ޒިންކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް ކޮންމެހެން ބޭނުންތެރި މިނެރަލް އެކެވެ.
މައިމީހާގެ ނިދި މަދުވުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މައިމީހާ ރަނގަޅަށް ނުނިދުމަކީ ބަނޑުގައިވާ ދަރިފުޅު ނުނިދައި ހޭލައި ހުންނަން ސަބަބަކަށް ނުވެއެވެ. އަދި ކިއެއްތަ މައިމީހާ އެންމެ ރަނގަޅަށް ހޭލައި ހުންނައިރު ބަނޑުގައިވާ ދަރިފުޅު ގަދައަށް ނިދައިފައި އޮތުމަކީ ވެދާނެ ކަމެކެވެ. މައިމީހާ ނިދާގަދިއާއި ބަނޑުގައިވާ ދަރިފުޅު ނިދާގަޑިއާއި ގުޅުމެއްނެތީ ކީއްވެގެންކަން އެކަކަށްވެސް ނޭގެއެވެ. އެންމެންވެސް ދަންނަ ހަގީގަތަކީ ބަނޑުގައިވާ ދަރިފުޅަށް ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަމެވެ.
ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިހެއުމަށްފަހު ރޭކުރާއިރު ތަދުވުމަކީ ނުވަތަ ރިއްސުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. ވިހާއިރު ކުރިމަތި ފަރާތް ކަފައިލާން ޖެހުނު ނަމަ ނުވަތަ ވީދައިގެން ދިޔަނަމަ އެތަން ފަސޭހަވާއިރު އިންނަ ލަކުނުގައި އެތައް ހަފުތާއެއްވަންދެން އަދި ބައެއްފަހަރު އެތައް މަހެއްވަންދެން ރޭކުރާއިރު ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
ވުމާއެކު ލަކުނު މުޅިން ފަސޭހަވަންދެން ރޭނުކޮށް މަޑުކޮށްލުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވިހާތާ 40 ދުވަހުގެ ތެރޭގައި ލަކުނު މުޅިން ފަސޭހަވާނެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ގިނަދުވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މާބަނޑު ދުވަސްވަރު ބަންޑުން ނުވަތަ އުއްޑުން ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ވުމާއެކު ނިދަން ރަނގަޅީ އަރިއަކަށެވެ. ކަނާތްފަރާތަށް (ކަނާތް މައްޗަށްވާ ގޮތަށް) ނިދުމަކީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްނަމަވެސް ނިދަން އެންމެ ރަނަގަޅީ ވާތްފަރާތަށެވެ. ވާތް މައްޗަށްވާގޮތަށެވެ. އެއީ މިގޮތަށް ނިދުމުން މައިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގެ ލޭހިނގުން ރަނގަޅުވެ ދަރިފުޅުގެ މަހަށް ލޭގެންގޮސްދޭ މިންވަރު އިތުރުވާނެއެވެ.
ދަރިފުޅު އުފަންވުމަށްފަހު
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ދަރިފުޅު އުފަންވާއިރު ދަރިފުޅުގެ ހަށިގަނޑުގައި ފިނިހޫނުމިން ހެއުވަރަކަށް ބެހެއްޓުމުގެ ގާބިލްކަމެއް ނުހުރެއެވެ. ވުމާއެކު ދަރިފުޅު ހޫނު ހިކި ތަނެއްގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު އުދަގުލަލާއި ނުލައި ދަރިފުޅު ވިހެއިނަމަ އަދި ދެމައިންގެ ހާލުރަނގަޅުނަމަ ވިހެއުމަށްފަހު ވަގުތުން މައިމީހާގެ ބަނޑުމައްޗަށް ދަރިފުޅު ލުމަކީ ވަރަށް ރަނގަލު ކަމެކެވެ. އަދި ބަނޑުމަތީގައި ބާއްވައިގެން ދަރިފުޅު ސާފު ކުރާށެވެ. ދަރިފުޅު ސާފުކޮށް ނިމުމަށްފަހު ތުވާއްޔަކުން ނުވަތަ ރަޖާގަނޑަކުން ދަރިފުޅު ނިވާ ކުރާށެވެ. އަދި ދަރިފުޅުގެ ބޯވެސް ނިވާކުރުން ރަނގަޅުވާނެއެވެ.
ވިޓަމިން ޑީ... ދަރިފުޅުގެ ކަށި އުފެދުމަށްޓަކައި ވަރަށް މުހިއްމު
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ކޮންމެ މީހެއްގެ ހަށިގަނޑަށްވެސް ވިޓަމިން ޑީ ބޭނުންވެއެވެ. ހާއްސަކޮށް މާބަނޑު މީހުންނަށެވެ. އެއީ ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ކެލްސިއަމް އާއި ފޮސްފެރަސް ހުންނަން ޖެހޭ މިންވަރަށް ބެހެއްޓުމަށްޓަކައި ކޮންމަހެން ބޭނުން މާއްދާއެކެވެ. އަދި މި ދަމިނެރަލް އަކީ ބަނޑުގައިވާ ދަރިފުޅުގެ ކަށްޓާއި ދަތް އުފެއްދުމަށް ވަރަށް ބޭނުންތެރި ދެމާއްދާއެވެ.
މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ކޮބާ؟ އަދި އެކަން އެނގޭނީ ކިހިނެއް؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މައްސަރުކަންތައް އިންތިޒާމު ނުވުމަކީ އެކިފަހަރު އެކި ދުރުމިނުގައި މައްސަރުކަންތައް ދިމާވުމެވެ. އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވަނީ ކޮންމެ 24 ދުވަހަކާއި 35 ދުވަހައި ދެމެދުގައެވެ. ކޮންމެ 24 ދުވަހަކުން މައްސަރު ކަންތައް ދިމާވާ މީހަކަށް މައްސަރުކަންތައް ދިމާނުވެ އެއްވުރެ ގިނަ ދުވަސް ވުމަކީ އެމީހެއްގެ މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ. ނުވަތަ މައްސަރު ކަންތައް އެއްފަހަރު 30 ދުވަހުން ވެފައި އަނެއްފަހަރު 24 ދުވަހުން ނުވަތަ 35 ދުވަހުން ވުމަކީވެސް މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ.













