އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ކާނާ ޒުވާންކަމުގައި ގިނަދުވަހު ހުރުމަށް ކެވިދާނެ ފަސް ބާވަތެއް؟

ޒުވާންކަމުގައި ގިނަދުވަހު ހުރުމަށް ކެވިދާނެ ފަސް ބާވަތެއް؟

ކަނޑުމަސް
މީގެ 30 އަހަރު ކުރިން، ރިސާރޗް ކުރައްވެވި ބޭފުޅުން، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަސްކާގެ އިންޔޫއިޓް fishމީހުންނަށް އެއްވެސް ގޮތަކަށް ހިތުގެ ބައްޔެއް ނުޖެހޭތީވެ، އެކަމާ ވަރަށް ބޮޑަށް ހައިރާންވެ ދިރާސާކުރެއްވިއެވެ. މިހާރުގެ ސައިންސްވެރިން ބުރަވެލައްވާގޮތުގައި، އޭގެ ސިއްރަކީ އެމީހުންނަކީ އާދައާއި ޚިލާފަށް ކަނޑުމަސް ކައިއެޅޭ ބަޔަކަށް ވުމެވެ. މަހުގައި ގިނަ އަދަދަކަށް އޮމެގާ3 ފެޓްސް އެކުލެވެއެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގައި ކޮލެސްޓިރޯލް ޖެހުމުން ސަލާމަތްކޮށްދޭ އަދި ހިތުގެ ރިދަމް ހިފަހައްޓައިދޭ މާއްދާއެކެވެ.

ޗޮކްލެޓް
ޕަނާމާގެ މެއިންލޭންޑް ގައި ދިރިއުޅޭ މީހުންނަށްވުރެ، ޕަނާމާގެ އައްސޭރިފަށުގައި ދިރިއުޅޭ ސޭން ބަލަސް ރަށްތަކުގެ މީހުންނަށް ހިތުގެ ބަލިތަކާއި ކުރިމަތިލާންޖެހެނީ ނުވަގުނަ މަދުންކަމަށް ދިރާސާތަކުން ދައްކައެވެ. chokoއެރަށްތަކުގައި އުޅޭ މީހުންނަކީ ކޮކޯ އެކުލެވިގެންވާ ބުއިންތައް ޢާންމުކޮށް ބޮއިއުޅޭ ބައެކެވެ. މިއީ މީގެ ސަބަބެއްކަމަށް ބުނެވެއެވެ. ފްލޭވަނޮލްސް އަކީ ކޮކޯގައި އެކުލެވިގެންވާ މާއްދާއެކެވެ. މި މާއްދާއަކީ ލޭ ހޮޅިތަކުގެ މަސައްކަތް ރަނގަޅަށް އަދާކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި މިއީ ލޭ މައްޗަށްދިއުން (ހައިޕަރޓެންޝަން)، ހަކުރުބަލީގެ ދެވަނަ ވައްތަރު، ކިޑްނީގެ ބަލިތައް، މުސްކުޅިވުމުގެ ސަބަބުން ދިމާވާ ހަނދާންނެތުމުގެ ބަލިންވެސް ސަލާމަތްކޮށްދޭ މާއްދާއެކެވެ.

ޒައިތޫނި ތެޔޮ
މީގެ 40 ވަރަކަށް އަހަރު ކުރީގެ ޢިލްމުވެރިން ވިދާޅުވިގޮތުގައިވެސް، ޒައިތޫނި ތެލަކީ އޭގައި އެކުލެވޭ މޯނޯއަންސެޓިޔުރޭޓެޑް ފެޓްސް ގެ ސަބަބުން ހިތުގެ ބަލިތަކުންނާއި ކެންސަރުގެ ބަލިތަކުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. މިހާރު ޒައިތޫނި ތެލުން ފެނިގެންދާ އަނެއްކަމަކީ އޭގައި ޕޮލީފީނޯލް އާއި ވަރުގަދަ zaitooniއެންޓިއޮކްސިޑެންޓް ފަދަ މާއްދާތައްވެސް ހުންނަކަމެވެ. އަދި ޢުމުރާއި ގުޅިގެން އަންނަ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭ ބޭހަކަށް މިއަދު މިވަނީ ޒައިތޫނި ތެޔޮ ވެފައެވެ.



ބަދަން (ނަޓްސް)
ބައެއްމީހުން ގަބޫލުކުރާގޮތުގައި އެކިވައްތަރުގެ ބަދަން ކާ މީހުންގެ ޢުމުރު ދިގެވެ. މިއީވެސް ހާސްވެ އަންތަރީސްވާވަރުގެ ކަމެއްނޫނެވެ. ބަދަނަކީވެސް އޭގައި އަންސެޓިޔުރޭޓެޑް ފެޓްސް އެކުލެވޭ އެއްޗެކެވެ. ހަމަ ކުރިން ބުނެވުނުފަދައިން ޒައިތޫނިން ލިބޭ ފައިދާތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރަށް ވިޓަމިންސް، މިނެރަލްސް، ތަފާތު ވައްތަރުގެ ޕޮލީކެމިކަލްސް އަދި ހަމައެހެންމެ، މީގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެއެވެ.

nuts

ޔޯގަރޓް
1970 ގެ އަހަރުތަކުގެ ތެރޭގައި، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސަތޭކަ އަހަރު ފުރިފައިވާ މީހުން ނުތިބޭވަރަށް، ސޯވިއެޓް ޖޯޖިއާގައި ސަތޭކައަހަރު ފުރިފައިވާ މީހުން ތިބޭ ވާހަކަ ތުންތުންމަތިން ދެކެވެއެވެ. އެދުވަސްވަރުގެ ރިޕޯޓުތައް ބުނާގޮތުން މިޤައުމުގެ މީހުންގެ ޢުމުރު ދިގުވަނީ ޔޯގަރޓް ކައިގެންނެވެ. ޢުމުރު ދިގުވުމާއި ޔޯގަރޓް އާއި ހުރި ސީދާގުޅުމެއް އެނގެން ނެތްކަމުގައިވިޔަސް، ޔޯގަރޓް އަކީ އޭގައި ކެލްސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. އޯސްޓިއޯޕޮރޯސިސް ނުވަތަ ދިވެހިން ކިޔާyogurtގޮތުންނަމަ ކަށި ފީވުމުގެބަލިން  ސަލާމަތްވުމަށް ކެލްސިއަމްއަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި ހަމައެހެންމެ، ވަރަށްގިނަ ރަނގަޅު ބެކްޓީރިއާވެސް ޔޯގަރޓްގައި ހިމެނެއެވެ. އެހެންވެ، ބަނޑުގެ ސިއްހަތު ރައްކާތެރިކޮށްދޭ އަދި ޢުމުރުން ދުވަސްވުމުގެ ގޮތުން ބަނޑާއި ގޮހޮރަށް ދިމާވާ އެކިއެކި ބަލިތަކުން ސަލާމަތްކޮށްދޭ އެއްޗަކަށް ޔޯގަރޓްވަނީ ވެފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.