ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ކާނާ ސައި ބުއިމުން ލިބިދާނެ ބައެއް ފައިދާތައް

ސައި ބުއިމުން ލިބިދާނެ ބައެއް ފައިދާތައް

sai1- ސައިގައި އެންޑި އޮކްސިޑެންޓް އެކުލެވިގެން ވެއެވެ. މިމާއްދާ އަކީ އުމުރުން ދުވަސް ވުމުން ކުރިމަތިވާ އުދަގޫތަކާއި ވައި ނުސާފުވުން ދިމާވާ ކަންތައްތަކުން ހިމާޔަތްވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

2- ކޮފީއަށްވުރެ ސައިގައި ކެފޭއިން ހުންނަ މިންވަރު މަދެވެ. 8އައުންސް ކޮފީ ބޭނުންކޮށްގެން ތައްޔާރުކުރާ ކޮފީ ޖޯޑެއްގައި 135މގ ގެ ކެފޭއިން އެކުލެވެއެވެ.

ހަމަމިވަރުގެ ސައި ތައްޓެއްގައި ކެފޭއިން ހުންނަނީ 30 ނުވަތަ 40މގ އެވެ. ކޮފީ ބުއިމުން ބޯއެބުރުން، ބޮލުގައި ރިހުން، ހަޖަމް ގޯސްވުން، ނިދިނައުން ކުރިމަތިވާ ނަމަ ކޮފީ ބުއިން ހުއްޓާލުމަށް ފަހު ސައިބޯން އާދަ ކުރެވިދާނެއެވެ.

3- ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ސައިބުއިމުން ކުޑަކޮށް ދެއެވެ. ސައިބުއިމަކީ ލޭހޮޅި ތަކުގައި ލޭގަނޑުކޮޅު އުފެދުނަނުދީ ލޭހޮޅިތައް އޮމާންކަން މަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ހޮލޭންޑް ގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުން ސައި ނުބޯމީހުންނާއި އަޅާކިޔާއިރު އާންމުކޮށް ދުވާލަކު 2 ނުވަތަ 3 ތަށި ސައިބޮއި ހަދާ އުޅޭ މީހުންނަށް ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ކަމަށް ވެއެވެ. އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގެ ބާހިޘުން ތަކެއް ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ހިތާއި ގުޅިފައިވާ ލޭހޮޅިތައް ހަލާކު ވެގެން ދާ ބަލި ހުންނަ މީހުން ކަޅު ސައި ބުއިމުން އެލޭހޮޅިތައް ކުރިން ހުރި ހާލަތަށް އިއާދަވުމަށް އެހީތެރިވެދެ އެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަޅުސައި ބުއިމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލް (އެލްޑީއެލް) މަދުކުރުމާއި ނުލައި ނުރަގަޅު ކޮލެސްޓްރޯލް(އެޗްޑީއެލް) އެކުލެވޭ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

4- ކަށިތައް ހިމާޔަތްކޮށް ދެމެހެއްޓުމުގައި ސައި އެހީތެރިވެދެއެވެ. އާންމުކޮށް ސައިބޮއި އުޅޭ މީހުންނާއި ނުބޮއި އުޅޭމީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއް ދައްކާގޮތުން ދިގުމުއްދަތަކަށް ސައިބޮއި އުޅޭމީހުންގެ ކަށިތައް ވަރުގަދަކަމަށް ވެއެވެ. އެއީ ސައިގައި ހިމެނޭ ފްލޮރައިޑް ކިޔާ މާއްދާއެއްގެ ސަބަބުން ކަމުގައި ބުނެވެއެވެ.

5- ސައިބުއިމަކީ މޫނު މައްޗަށް ޗާލު ހިނިތުންވުމަކާއި ތާޒާކަން ގެނެސްދޭ ކަމެކެވެ. ސައިބުއިމަކީ ދަތަށް ރަގަޅު ނޫންކަމެކޭ ހީވެދާނެއެވެ. ނަމަވެސް ވިސްނަންވީ ދަތްތައް ހަލާކޮށްލުމުގެ ބޮޑު ދައުރެއް އަދާ ކުރަނީ ސަޔަށް އެއްކުރެވޭ ހަކުރު ކަމެވެ. އޭގެ ބަދަލުގައި އަގައިގެ ތެރޭގައި ބެކްޓީރިއާތައް އިތުރުވުން ކުޑަކޮށް އަދި ދަތްފަނި ކެއުން ކުޑަކުރުމުގައި ސައި އެހީތެރިވެދެއެވެ.

6- ސައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި އެހީތެރި ވެދެއެވެ. ހަށިގަނޑު އިންފެކްޝަނާއި ހަގުރާމަ ކުރުމުގެ އެހީތެރިއަކަށް ސައި ވަނީ ވެފައެވެ. ދިރާސާއެއް ހެދުމަށް 21 މީހުން 4 ހަފްތާ ވަންދެން ކޮންމެ ދުވަހަކު 5 ތަށި ސައި ބޭނުންކުރިއެވެ. އެއަށްފަހު އެމީހުންގެ ދިފާއީ ނިޒާމް މަސައްކަތް ކުރާ ގޮތް ބެލިބެލުމުން އެގުނީ އެމީހުންގެ ދިފާއީ ނިޒާމްގެ މަސައްކަތް އާދަޔާޚިލާފަށް ރަގަޅުވެފައިވާ ކަމެވެ.

7- ތަފާތު ބާވަތްތަކުގެ ކެންސަރު ހަށިގަނޑު ހިމާޔަތްކުރުމަށް ވެސް ސައި އެހީތެރިވެދެއެވެ. އެއީ އޭގައިވާ އެންޓި އޮކްސިޑެންޓްތަކާއި އަދި ޕޮލީފީނޯލް ކިޔާ މާއްދާތަކެއްގެ ސަބަބުންނެވެ. ޚާއްޞަކޮށް މައިދާ އާއި ގޮހޮރު އަދި ހަޖަމުކުރާ ނިޒާމްގެ އެހެން ބައިތަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

8- ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ސައިގެ ސަބަބުން މަތިވެގެން ދެއެވެ. ޚާއްޞަ ކޮށް ފެހި ސައިފަތް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ސައި ބޭނުންކުރުމަކީ މެޓަބޮލިޒަމް އިތުރުކުރާ ކަމެއްކަމަށް ވަނީ ފާހަގަ ވެފައެވެ.

9- ސައިން އެއްވެސް މިންވަރަކަށް ހަށިގަނޑަށް ކެލޮރީއެއް ލިއްބައެއް ނުދެއެވެ. އެއީ ހަކުރު ނުވަތަ ކިރު ފަދަ އެއްޗެއް އެއްނުކުރާ ނަމައެވެ. ކެލޮރީ ނުހުންނަ ބުއިމެއް އިޚްތިޔާރު ކުރާނަމަ އެންމެ އެކަށީގެންވާ އެކައްޗަކީ ސައި އެވެ. ހަމަ މިހެން ފެޓް އަދި ލޮނު ވެސް ސައިގައި އެކުލެވިގެން ނުވެއެވެ.

10- ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކަޅުސައި އެހީތެރި ވެދެއެވެ. އަވިން ފިހުން އަދި ހަމުގެ ކެންސަރު މިންޖުވެ ހުރުމަށް ސައި އެހީތެރިވެދެއެވެ. އެމެރިކާގެ އެރިޒޯނާ ޔުނިވަސިޓީގެ ބާހިޘުން ތަކެއް ހާމަކޮށްފައިވާ ގޮތުގައި ހޫނުކޮށް ހުންނަ ކަޅުސައި ބުއިމަކީ ''ސްކްއޭމަސް ސެލް ކާސިނޯމާ''އޭ ކިޔޭ ކެންސަރުގެ ބާވަތެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ފެހިސައިގައި އެކުލެވޭ މާއްދާތައް ހަންގަނޑުގައި އުގުޅާ ލޯޝަންތަކުގައި ބޭނުންކުރުމަކީ އިރުގެ އަވިން ހަންގަޑަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމުގައި އެހީތެރިވެދޭ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.