ކުލަގަދަ ޗޮކްލެޓް: ލޭގެ ޕްރެޝަރ ދަށްކުރުމުގައި އެހީވެދޭ.
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 16 އެޕްރީލް 2004
އެމެރިކާގެ ދިރާސާކުރާ ޓީމަކުން ކަޅު ނުވަތަ ކުލަގަދަ ޗޮކްލެޓް ކެއުމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ އެއްޗެއްކަމަށް ހާމަކޮށްފިއެވެ. މިކަންތަޖުރިބާ ކުރުމުގެ ގޮތުން ލޭމައްޗަށް ދިއުން ހުންނަ ބަޔަކަށް 2ހަފްތާ ވަންދެން ކުލަގަދަ ޗޮކްލެޓްގެ 100ގްރާމް ޗޮކްލެޓް ކާންދެވުނެވެ. އެއަށްފަހު އެމީހުންގެ ލޭގެ ޕްރެޝަރ ބެލުމުން އެގުނީ އެމުއްދަތުގެ ތެރޭގައި ޕްރެޝަރ ކުރިއަށް ވުރެ ތިރިވެފައިވާކަމެވެ.
ދިރާސާކުރިމީހުން ހާމަކުރިގޮތުގައި ޗޮކްލެޓްގައި އެކުލެވޭ ''ޕޮލިފީނޯލް'' ކިޔާ މާއްދާއެއްގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްކުރުމަށް އެހީވެދެއެވެ. ނަމަވެސް މާގިނައިން ޗޮކްލެޓް ކެއުމަކީ ރަގަޅު ކަމެއް ނޫންކަމަށް އެމީހުން ބުނެފައިވެއެވެ. ސަބަބަކީ އެފަދަ އެއްޗެތީގައި ހިމެނޭ ކެފޭއިން އަކީ ހަށިގަނޑަށް ގެއްލުންދޭ މާއްދާ އަކަށް ވުމެވެ.
އޮރެންޖް ޖޫސް: ކެންސަރާ ދުރުކޮށްދޭ
އެމެރިކާގެ ޓީމަކުން އޮރެންޖް،އަދި އެހެނިހެން ހުތްމޭވާ ބޭނުންކޮށްގެން ހަދައިފައި ހުންނަ ޖޫހުގައި އެކުލެވޭ ''ފްލޭވޯނޮއިޑް'' އޭ ކިޔޭ މާއްދާ އަކީ ކެންސަރާ ދުރުކުރުމަށް އެހީވެދޭ މާއްދާއެއް ކަމަށް ހާމަކޮށްފިއެވެ.
އެންޓިއޮކްސިޑެންޓެއް ކަމުގައިވާ މިމާއްދާ ކެންސަރު ޖެހިފައިވާ ހަތާތައް ހަލާކޮށްލާކަމަށް އެމީހުންކުރި ތަޖުރިބާގައި ވަނީ ސާބިތުވެފައެވެ. ސިގިރެޓްގެ ދުމާއި އެހެނިހެން ވިހަމާއްދާތައް ކެންސަރަށް ބަދަލުވުމަށް އެހީވެދޭ އެންޒައިމްތަކަށް މިމާއްދާ ހުރަސް އަޅައެވެ. ހަމަމިހެން ވިހަމާއްދާތައް ކެންސަރު ޖައްސާ މާއްދާއަކަށް ބަދަލުވުމަށް އެހީވެދޭ ''ސައިޓޯކްރޯމް'' އެންޒައިމް އުފެދުމަށް ވެސް ''ފްލޭވޯނޮއިޑް'' ހުރަސް އަޅައެވެ.
މައުދަންތަކުން މުއްސަނދިވެފައިވާ ކާނާބޭނުންކުރުމުން ހަންގަނޑު ރީތިކޮށްދޭ.
ޖަޕާންގެ ޑޮކްޓަރުންގެ ޓީމަކުން މައުދަން ގިނައަދަދަކަށް ހިމެނޭ ކާނާބޭނުންކުރުމުން އަންހެނުންނަށް ރީތިކަން މަތީ ގިނަދުވަހު ހުރުމަށް އެހީވެދޭކަމަށް ބުނެފިއެވެ. އެމީހުން މިކަން ހާމަކޮށް ފައިވަނީ މިކަމާ ބެހޭގޮތުން ދިރާސާކޮށް ހޯދުމަށް ފަހުގައެވެ. މިގޮތުން ''ޒިންކު'' ފަދަ މައުދަންތަކަކީ އަންހެނާގެ ހަށިގަނޑާއި ހަންގަޑަށް ވަރަށް ބޭނުންތެރި މައުދަނެކެވެ. ޒިންކު އެކުލެވޭ ކާނާގެ ތެރޭގައި އެއްގަމުމަހާއި،ކަނޑުމަސް ހިމެނެއެވެ.
މިޓީމުން ހާމަކޮށްފައިވާ ގޮތުގައި ''ސިލެނިއަމް'' އެކުލެވޭ ކާނާ ބޭނުންކުރުމަކީ އަވަހަށް މުސްކުޅިވުން ކުޑަކޮށްދޭ ކަމެކެވެ. ސިލެނިއަމް އެކުލެވޭ ކާނާގެ ތެރޭގައި މޭ،ބިސް،ލޮނުމެދު ފަދަ ތަކެތި ހިމެނެއެވެ. ހަމަމިހެން އައޮޑިން ހިމެނޭ ކާނާ ބޭނުންކުރުމުން ހަންގަޑު ކުރަކިވުމާއި ފަޅައިގެން ދިއުމުން ދުރުކޮށްދެއެވެ. އައޮޑިން ހިމެނޭ ކާނާގެ ތެރޭގައި މުގާއި،ފިޔައާއި، ކަނޑުމަސް ހިމެނެއެވެ.