ހޯމަ20201019

އާކުރެވުނީ: 08:43:52

ކުދިއޮރެންޖު

kudhi-orange-1ކުދި އޮރެންޖަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. މިއީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، އަދި ކުދި ލުނބޯ ހިމެނެއެވެ.

ދިވެހި ނަން : ކުދި އޮރެންޖު
އިގިރޭސި ނަން : Kumquat
ޢިލްމީ ނަން : Fortunella Margarita / Fortunella Japonica

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
10 މިލިގްރާމް ސޯޑިއަމް 71 ކިލޯކެލަރީ ހަކަތަ
186 މިލިގްރާމް ޕޮޓޭސިއަމް 15.90 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.88 ގްރާމް ޕްރޮޓީން
62 މިލިގްރާމް ކެލްސިއަމް 0.86 ގްރާމް ފެޓް
0.095 މައިކްރޯ ގްރާމް ކޮޕަރ 6.5 ގްރާމް ފައިބަރު
0.86 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
20 މިލިގްރާމް މެގްނީޒިއަމް 17 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.135 މިލިގްރާމް މެންގަނީޒް 0.429 މިލިގްރާމް ނިއެސިން
- ފޮސްފަރަސް 0.208 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.036 މިލިގްރާމް ޕައިރިޑޮކްސިން
0.17 މިލިގްރާމް ޒިންކް 0.090 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.037 މިލިގްރާމް ތިއެމިން
155 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 290 އައިޔޫ ވިޓަމިން އޭ
0 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 43.9 މިލިގްރާމް ވިޓަމިން ސީ
193 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.15 މިލިގްރާމް ވިޓަމިން އީ
129 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު،އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.

ކުދި އޮރެންޖުން ލިބޭ ޞިއްޙީ ފައިދާތައް

• ކުދި އޮރެންޖަކީ ހަކަތަ މަދުން ލިބޭ މޭވާ އެކެވެ. މީގެ 100 ގްރާމް ގައި ހިމެނެނީ 71 ކިލޯ ކެލޮރީ އެވެ. ހަށިގަނޑަށް ފައިދާހުރި މައުދަންތަކާއި، ވިޓަމިންތައް، ޑައެޓްރީ ފައިބަރު އަދި އެންޓި އޮކްސިޑެންޓް ތައް ކުދި އޮރެންޖުގައި ހުރެއެވެ. މިހުރިހާ މާއްދާއެއް ކުދި އޮރެންޖުގައި ހުރުމަކީ ޞިއްޙީ އެތައް ފައިދާތަކެއް މިމޭވާއިން ލިއްބައިދޭނެ ކަމެކެވެ.

kudhi-orange-2• ކުދި އޮރެންޖު އާންމުކޮށް ކައިއުޅެނީ ތޮށްޓާއެކުގައެވެ. މީގެ ތޮށީގައި ޞިއްޙަތަށް ފައިދާހުރި ތެލުގެ ބާވަތްތަކާއި، ޑައެޓްރީ ފައިބަރު، އަދި އެންޓި އޮކްސިޑެންޓްތައް ވެސް ހުރެއެވެ. 100 ގްރާމްގެ ކުދިން އޮރެންޖުގައި 6.5 ގްރާމްގެ ޑައެޓްރީ ފައިބަރު ހުރެއެވެ. މިއީ ދުވާލަކަށް ބޭނުންވާ ފައިބަރުގެ 17 އިންސައްތަ އެވެ. ޑައެޓްރީ ފައިބަރުގެ ތެރެއިން ކުދި އޮރެންޖުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި، "ޓެނިން"(Tannin)، "ޕެކްޓިން"(Pectin)، "ހެމި-ސެލިއުލޯސް"(Hemi-cellulose) އަދި ވެސް އެހެން މާއްދާތައް ހިމެނެއެވެ.

• ތާޒާ ކުދި އޮރެންޖުގައި ވަރަށް ގިނަ ފީނޯލިކް ފްލޭވޮނޮއިޑް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އޭގެ ތެރޭގައި، "ކެރޮޓީން"(Carotenes)، "ލޫޓީން"(Lutein)، "ޒިއެޒެންތިން"(Zeaxanthin)، އަދި "ޓެނިން"(Tannin) އާއި މިނޫން މާއްދާތައް ވެސް ހިމެނެއެވެ. ކުދި އޮރެންޖުގެ ތޮށީގައި ވަރަށް މުހިއްމު އަސާސީ ތެލުގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި، "ލިމޯނީން"(Limonene)، "ޕައިނީން"(Pinene)، "އަލްފާ ބާރގެމޯޓީން"(Alpha Bergamotene)، "ކެރިޔޯފައިލީން"(Caryophyllene)، "އަލްފާ ހިޔުމުލީން"(Alpha Humulene)، އަދި "އަލްފާ މިޔޫރޮލީން"(Alpha Muurolene) ހިމެނެއެވެ. ކުދި އޮރެންޖަށް ހުތްވަހާއި، ރަހަ ގެނެސްދެނީ މިމާއްދާތައް ގުޅި ލާމެހިގެންނެވެ.

• ކުދި އޮރެންޖުގައި އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން އީ ހުރެއެވެ. މިއެންޓި އޮކްސިޑެންޓްތައް ގުޅިގެން ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، އުމުރުން ދުވަސްވުން ލަސްކޮށްދީ، ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދީ، ހަކުރު ބަލިން ރައްކާތެރިކޮށްދީ، ތަފާތު ޖަރާސީމީ ވަބާތަކުން މިންޖުކޮށްދީ، އަދި އުމުރުން ދުވަސްވުމުން ކުރިމަތިވާ ބަލިތައް މެދުވެރިވުން ލަސްކޮށް ދުރުކޮށް ދެއެވެ.

• ކުދި އޮރެންޖު ގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
• ކުދި އޮރެންޖުގައި ވިޓަމިން ބީގެ ވައްތަރު ތައް އެކަށޭނަ މިންވަރަކަށް ހުރެއެވެ. އެގޮތުން ހުންނަ ބާވަތްތަކުގެ ތެރޭގައި ތިއެމިން، ނިއެސިން، ޕައިރިޑޮކްސިން، ފޮލިކް އެސިޑް، އަދި ޕެންތޮނިކް އެސިޑް ހިމެނެއެވެ. މިއީ ހަށިގަނޑުގައި ހިނގާ ތަފާތު ބާވަތްތަކާ ގުޅޭ މެޓަބޮލިޒަމްގެ މަސައްކަތަށް ބޭނުންތެރި މާއްދާ ތަކެކެވެ.

• ކުދި އޮރެންޖުގެ ފައިދާތައް ކުރުކުރުކޮށް:
o ފާރު ފަސޭހަވުން އަވަސްކުރުން
o ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިވުން
o ހިރުގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުން
o ދަތުގެ ދުޅަހެޔޮކަން ދެމެހެއްޓުން
o ދިފާޢީ ބާރު ވަރުގަދަކުރުން
o ފްރީ ރެޑިކަލް ތަކުން ރައްކާތެރިކުރުން
o މުސްކުޅިވުން ލަސްކުރުވުން
o ބައެއް ކަހަލަ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުން
o ހަށިގަނޑަށް ދަގަނޑު ނެގުން ފަސޭހަކުރުން
o ފުއްޕާމޭގެ ދުޅަހެޔޮކަން ދެމެހެއްޓުން
o އަރިދަފުސް ރޯގާ ޖެހޭ މިންވަރު މަދުވުން
o ދުޅަތައް ކުރިމަތިވުން މަދުވުން
o ލޭގަނޑުވުމުން ރައްކާތެރިކޮށްދިނުން
o ސަރުބީ އަދި ތެލުގެ މިންވަރު ދަށްކުރުން
o ލޭހޮޅިތައް ހަރުވެ ބެދުމުގެ ފުރުޞަތު ދަށްކުރުން
o ފަލަބަލި ޖެހުމުގެ ފުރުޞަތު ދަށްކުރުން
o ކެންސަރުގެ ސެލްތައް ބޮޑުވާ މިންވަރު ކުޑަކުރުން
o މާޔޫސްކަން ފިލުވުން
o ހިތާއި ލޭހޮޅިތަކުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން
o ވަރުބަލިވެ ވާޅުވުމުން ދުރުކުރުން
o ހަކުރުގެ ބަލިން ރައްކާތެރިކޮށްދިނުން
o ހަންގަނޑު ހިކި ކުރަކިވެ، ހިރުވައި ކެހުމުން ދުރުކޮށްދިނުން
o އިސްތަށިގަނޑު ވަރުގަދަކުރުން
o ނިޔަފަތިތައް ވަރުގަދަކުރުން
o ހުޅުގައި ރިހުން ކުޑަކުރުން

މައުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.