ބުރާސްފަތި20201022

އާކުރެވުނީ: 08:43:52

ކިވީ ފުރުޓް

kiwiކިވީ ފުރުޓް އަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ކާނާގެ ބާވަތްތަކުން މުއްސަދި ހަށިގަނޑަށް އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ކިވީ ގުނާލެވެއެވެ. ކިވީ ގައި ވެސް ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ.

ދިވެހި ނަން : ކިވީފުރުޓް
އިގިރޭސި ނަން : Kiwifruit
ޢިލްމީ ނަން : Actinidia Deliciosa

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
3 މިލިގްރާމް ސޯޑިއަމް 61 ކިލޯކެލަރީ ހަކަތަ
312 މިލިގްރާމް ޕޮޓޭސިއަމް 14.66 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1 ގްރާމް ޕްރޮޓީން
34 މިލިގްރާމް ކެލްސިއަމް 0.52 ގްރާމް ފެޓް
0.130 މައިކްރޯ ގްރާމް ކޮޕަރ 3 ގްރާމް ފައިބަރު
0.31 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
17 މިލިގްރާމް މެގްނީޒިއަމް 25 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.09 މިލިގްރާމް މެންގަނީޒް 0.341 މިލިގްރާމް ނިއެސިން
- ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް - ޕައިރިޑޮކްސިން
0.14 މިލިގްރާމް ޒިންކް 0.025 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.027 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 87 އައިޔޫ ވިޓަމިން އޭ
52 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 92.7 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ 1.46 މިލިގްރާމް ވިޓަމިން އީ
122 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 40.3 މައިކްރޯ ގްރާމް ވިޓަމިން ކޭ
- ލައިކޯޕީން

ކިވީ ފުރުޓް އިން ލިބޭ ޞިއްޙީ ފައިދާތައް

• ކެންސަރު : ފާހަގަކުރެވިފައިވާ ގޮތުން ވިރާސީ ބަހާއަށް ބަދަލުގެނުވަނިވި ބައެއް ކިވީގައި ހިމެނެއެވެ. ވިރާސީ ބަހާ އަށް ބަދަލުއައުމަކީ ކެންސަރެއްގެ ފެށުން ކަމުގައި ވެދާނެ އެވެ. ކިވީގައި "ގުލުޓަތިއޯން"(Glutathione) ކިޔާ މާއްދާއެއް ހުރުމަކީ ވެސް ކެންސަރުން ދުރުކޮށްދީފާނެ ކަމެއްކަމަށް ބެލެވެއެވެ.

- ކާތަކެތި ދުންޖެއްސުމާއި، މަސް ފަދަ ތަކެތި ފިހުމުގެ ތެރޭގައި ކެންސަރު ޖެހުމަށް މަގުފަހިކުރާ "ނައިޓްރޭޓް"(Nitrate) އުފެދެއެވެ. ނައިޓްރޭޓް ކާތަކެތީގެ ތެރެއިން ހަށިގަނޑަށް ވަނުމުން "ނައިޓްރޯޒޭޝަން"(Nitrosation) ކިޔާ މަސައްކަތެއް ހިނގައެވެ. މިމަސައްކަތުގެ ތެރެއިން " ނައިޓްރޯސް އަމައިން"(Nitroseamines) ކިޔާ ފްރީ ރެޑިކަލްއެއް އުފެދެއެވެ. މިއީ ބަނޑާއި، އެހެން ބައެއް ހިސާބުތަކުގެ ކެންސަރު އުފެދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ކިވީ ބޭނުންކުރާނަމަ، ކުރިން ބަޔާންކުރެވުނު " ނައިޓްރޯޒޭޝަން" ގެ މަސައްކަތަށް ހުރަސްއަޅައެވެ.

- ކިވީގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން"(Arginine) އަކީ "އެންޖިއޯޕްލާސްޓީ"(Angioplasty) ހެދުމަށްފަހު، ލޭދައުރުވުން ރަގަޅުކޮށްދީ، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ގަނޑު އުފެދުން ނުވަތަ ތަތްލުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.

- ތަބީޢީ އެންޓި އޮކްސިޑެންޓް ތައް 4 ވަނަ އަށް އެންމެ ގިނައިންް ހުންނަނީ ކިވީ ގައި ކަމަށްވަނީ ފާހަގަކުރެވިފައެވެ.

- ކިވީގައި މުހިއްމު ފައިޓޯކެމިކަލް އެއް ކަމުގައިވާ "ލޫޓީން"(Lutein) ހުރެއެވެ. މިއީ ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމާއި ގުޅުމެއްވާ މާއްދާއެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

- ކިވީގައި ޑައެޓްރީ ފައިބަރު ހުރެއެވެ. ޑައެޓްރީ ފައިބަރު ފަދައިން އެކަމަކު އެއަށްވުރެ އަވަހަށް އަދި ރަގަޅަށް ބަނޑު ފަސޭހަކޮށްދޭ މާއްދާއެއް (ކޮން މާއްދާއެއްކަން އަދި ނުހޯދޭ) ކިވީގައި ހުންނަކަންވަނީ ޝައްކުކުރެވިފައެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖައްސަނިވި މާއްދާތައް ގޮހޮރުގެ ފާރުތަކުގައި ތަތްލުމުން ހިމާޔަތްކުރުމުގައި އެހީއަކަށް ވެދެއެވެ.

- ކިވީ އަކީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަ މަދު މޭވާތަކުގެ ތެރެއިން މޭވާ އެކެވެ. ކިވީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަނީ އޭގައި ހިމެނޭ "ކްލޯރޯފައިލް"(Chlorophyl) ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ވަރަށް ގިނަ ދިރާސާތައް ދައްކާގޮތުގައި ކްލޯރޯފައިލް އިން އުފެދިގެން އަންނަ "ކްލޯރޯފައިލިން"(Chlorophyllin) އަކީ ފުރަމޭގެ ކެންސަރު އުފެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާ އެކެވެ.

• މާޔޫސްވުން : ކިވީގައި "އައިނޯސިޓޯލް"(Inositol) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގެ ދެމެދުގައި މެސެޖްތައް ބަދަލުކޮށްދޭ މަސައްކަތުގައި "ޕްރިކޯސަރ"(Precusor)އެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މާއްދާ އެކެވެ. ނުވަތަ "ސެލް ސިގްނަލިންގ ޕްރޮސެސް"(Cell signaling process) ގައި ދެވަނަ މެސެންޖަރ އެއްގެ ދައުރު އަދާކުރާ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މާޔޫސްވުން ފަދަ މައްސަލަތަކަށް މިމާއްދާގެ ސަބަބުން މަންފާއެއް ކޮށްފާނެއެވެ.

• ހަކުރު ބަލި : ކިވީގައި "އައިނޯސިޓޯލް" ހުރުމަކީ ހަކުރު ބަލި ކޮންޓްރޯ ކުރުމުގައި އީޖާބީ ދައުރެއް އަދާކޮށްފާނެ ކަމެކެވެ. ހަކުރު ބަލީގެ ސަބަބުން އަތްފައިގެ ނާރުތައް ހަލާކުވެފައިވާ މީހުންނަށް، އައިނޯސިޓޯލް ހިމެނޭ ސަޕްލިމެންޓް ދިނުމުން، ނާރުތަކުގެ މަސައްކަތް ރަގަޅުވެދާނެ ކަމަށް ބެލެވެއެވެ. ހޯރމޯންތަކާއި، ނިއުރޯޓްރާންސްމިޓަރު ތަކުގެ މަސައްކަތްތަކަށް ސެލްތައް އިޖާބަ ދިނުމުގައި އައިނޯސިޓޯލް ގެ ދައުރެއް ވެއެވެ. މިއީ "ސެލް ސިގްނަލިންގ ޕްރޮސެސް" ގައި ދެވަނަ މެސެންޖަރ އެއްގެ ދައުރު އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ފައިބަރަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.

• ލޭމައްޗަށްދިއުމާއި ހިތުގެ ދުޅަހެޔޮކަން : ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވާގޮތުގައި، ހަށިގަނޑުގައި ސޯޑިއަމް-ޕޮޓޭސިއަމް އެކުލެވޭ ނިސްބަތަކީ ހިތުގެ ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ. އެގޮތުން ހިތުގެ މަސައްކަތްތައް ފުރިހަމަވެ، ރަގަޅުވާނީ، ކެއުމުގައި ހިމެނޭ ސޯޑިއަމް މަދުވެފައި، ޕޮޓޭސިއަމް ގިނަވާނަމަ އެވެ. ކިވީ އަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ ކާނާގެ ބާވަތެކެވެ. އަދި ޕޮޓޭސިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ ކަމެކެވެ.

- ކިވީގައި މައިގަނޑު 2 އެމިނޯއެސިޑް އެއް ތަންކޮޅެއް ގިނައިން ހުރެއެވެ. އެއީ "އާރޖިނިން"(Arginine) އަދި "ގުލުޓަމޭޓް" (Glutamate)އެވެ. އާރޖިނިން އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާއަކަށްވުމުން، މިމަސައްކަތް ފުރިހަމަކޮށްގެން، ހިތަށް ބަރާބަރަށް ލޭފޯރުކޮށް ދިނުމުގައި އާރޖިނިން އެހީތެރިވެދެއެވެ.

- ކިވީގައި މެގްނީޒިއަމް ވެސް ހުރެއެވެ. މެގްނީޒިއަމް މަދުވުމަކީ ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

- ކިވީގައި "ޕެކްޓިން"(Pectin) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ސަރުބީގެ މިންވަރު ދަށްވާނަމަ، ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ލޭހޮޅިތައް ބެދި، ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވާނެ އެވެ.

- ކިވީގައި ޑައެޓްރީ ފައިބަރު ވެސް ހުރެއެވެ. ފައިބަރަކީ ވެސް ހަށިގަނޑުގެ ސަރުބީ ދަށްކޮށްދޭ މާއްދާ އެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.

- ކިވީގައި ގިނަ އަދަދަކަށް ކެރޮޓިނޮއިޑްތައް (ބީޓާ ކެރޮޓީން، ލޫޓީން، ޒެންތޯފައިލިން)، ފީނޯލިކް ކަމްޕައުންޑްތައް ( ފްލޭވޮނޮއިޑް، އެންތޯސިއެނިން)، އަދި އެންޓި އޮކްސިޑެންޓްތައް (ވިޓަމިން ސީ ، ވިޓަމިން އީ) ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހަށިގަނޑުގައި ހުންނަ ރަގަޅު ކޮލެސްޓްރޯލްތައް "އޮކްސިޑައިޒް" ވުމަށް ހުރަސްއަޅާ ކަމެއްކަމަށްވަނީ ބެލެވިފައެވެ. އަދި މިދެންނެވި އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ލޭހޮޅީގެ ފާރަށް ލިބޭ ގެއްލުން ހިމާޔަތްކޮށްދީ، ލޭހޮޅިތައް ރައްކާތެރިކޮށްދެއެވެ.

- ކިވީ އަކީ އޮމެގާ-3-ފެޓީ އެސިޑް އިން މުއްސަދި މޭވާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ، ހިތުގެ ބަލިތަކާއި، ސްޓްރޯކްޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ އޯޓިޒަމް އާއި، ތުއްތުކުދިން ކަންކަމަށް ސަމާލުކަންދިނުން ކުޑަވުމުން މިންޖުކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ.

• ޖިންސީ ނުކުޅެދުންތެރިކަން : ކިވީގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން" އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާ އެކެވެ. މިއީ ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންނަށް

ފަރުވާކުރުމަށް ކިވީ ބޭނުން ކުރެވިދާނެ ސަބަބެކެވެ.

• ސްޓްރެސް ކުޑަކުރުން : ކިވީ ގައި "ސިރޮޓޮނިން"(Serotonin) ހުރެއެވެ. މިއީ ގިނަ މީހުންނަށް މަޑުމައިތިރިކަމާ، ހަމަޖެހުން ގެނެސްދޭ މާއްދާ އެކެވެ. އެހެންކަމުން ކިވީ އާންމުކޮށް ބޭނުންކުރާނަމަ، ދިރިއުޅުމުގެ ފިއްތުންތަކާ ދުރުކޮށްދީ، މީހާ ހިތްހަމަޖެހުމުގައި އުޅެލުމުގެ މަގުފަހިވާނެ އެވެ.

• މެކިޔުލަރ ޑިޖެނެރޭޝަން އަދި ލޮލުގެ ދުޅަހެޔޮކަން : މެކިޔުލަރ ޑިޖެނެރޭޝަން އަކީ އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ބަދަލުގެނުވާ ބައްޔެކެވެ. ކިވީ އަކީ ލޫޓީން އިން މުއްސަދި މޭވާ އެކެވެ. ލޫޓީން އަކީ ލޮލުގެ އަލި ދުލީގައި ޖަމާވާ މާއްދާ އެކެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ އަކީ މެކިޔުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިކޮށްދީފާނެ މާއްދާ އެކެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ކެއުމުގައި މޭވާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުމުގެ ފުރުޞަތު 36 އިންސައްތަ ދަށްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން އޭ ކިވީގައި ހުރުމަކީ ވެސް މިބުނިކަމަށް ބާރުއަޅައިދޭ ކަމެކެވެ.

• ނޭވާހިއްލުން : ކިވީގައި ވިޓަމިން ސީ ގިނައިން ހުރުމަކީ ވެސް ނޭވާލުމުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. އިޓަލީ ވިލާތުގައި ހަދާފައިވާ ދިރާސާއެއްގައި 7-5 އަހަރާއި ދެމެދުގެ ކުދިންނަށް، ހަފްތާއަކު 7-5 ފަހަރު ހުތްމޭވާ ނުވަތަ ކިވީ ކާންދެވުނެވެ. ނަތީޖާ ދައްކާފައިވާ ގޮތުން ހަފްތާއަކު 1 ފަހަރު މޭވާ ބޭނުންކުރާ ކުދިންނަށްވުރެ ދިރާސާގައި ބައިވެރިވިކުދިންގެ ނޭވާލާއިރު އަޑު ހުރުމުގެ ފުރުޞަތު، 44 އިންސައްތަ ދަށްވެފައި ވެއެވެ. ނޭވާކުރުވާ މިންވަރު 32 އިންސައްތަ ދަށްވެފައިވާއިރު، ރޭގަނޑުގައި ކެއްސާ ނިސްބަތް 27 އިންސައްތަ ދަށަށް ގޮސްފައި ވެއެވެ. އަދި ނޭފަތުން ފެންއަންނަ މިންވަރު 28 އިންސައްތަ ދަށްވެފައި ވެއެވެ.

• ފައިބަރު ގިނަވުން : ކިވީގައި ފައިބަރު ގިނައިން ހުރުމަކީ އަންނަނިވި ކަންކަމުގައި އެހީތެރިވެދޭނެ ކަމެކެވެ.

o ހަކުރު ބަލި : ފައިބަރަކީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.

o ގޮހޮރުގެ ކެންސަރު : ފައިބަރު ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާ ތަތްވެ، ހަށިގަނޑުން އެވިހަތައް ބޭރުކޮށް ހުސްކުރެއެވެ.

o ހިތުގެ ބަލިތައް : ފައިބަރަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އަކަށްވުމުން، ހިތުގެ ބަލިތަކާއި، ހާރޓް އެޓޭކް ޖެހުން ފަދަ ކަންކަމާ ދުރުކޮށްދެއެވެ.

o ބަނޑުހިކުން : ފައިބަރަކީ ގޮހޮރުގެ ހަރަކާތް ހަލުވިކޮށްދީ، ބަނޑު ސާފުކޮށްދޭ މާއްދާ އެކެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.