ހުކުރު20181109

އާކުރެވުނީ: 08:43:52

ޖަނބުރޯލު

jaburoaluޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ދިވެހި ނަން : ޖަނބުރޯލު
އިގިރޭސި ނަން : Wax Apple / Java Apple / Wax Jambu
ޢިލްމީ ނަން : Syzygium Aqueum / Syzygium Samarangense

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
0 މިލިގްރާމް ސޯޑިއަމް 25 ކިލޯކެލޮރީ ހަކަތަ
123 މިލިގްރާމް ޕޮޓޭސިއަމް 5.7 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 0.6 ގްރާމް ޕްރޮޓީން
29 މިލިގްރާމް ކެލްސިއަމް 0.3 ގްރާމް ފެޓް
0016 މިލިގްރާމް ކޮޕަރ 1 ގްރާމް ފައިބަރު
0.07 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
5 މިލިގްރާމް މެގްނީޒިއަމް - ފޮލިކް އެސިޑް
0029 މިލިގްރާމް މެންގަނީޒް 0.8 މިލިގްރާމް ނިއެސިން
8 މިލިގްރާމް ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް - ޕައިރިޑޮކްސިން
12.6 މިލިގްރާމް ޒިންކް 0.03 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.02 މިލިގްރާމް ތިއެމިން
- ކެރޮޓީން އަލްފާ 339 އައިޔޫ ވިޓަމިން އޭ
- ކެރޮޓީން ބީޓާ 23.3 މިލިގްރާމް ވިޓަމިން ސީ
- ކްރިޕްޓޯޒެންތިންބީ - ވިޓަމިން އީ
- ލޫޓީންޒިއެޒެންތިން - ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ޖަނބުރޯލުން ލިބޭ ޞިއްޙީ ފައިދާތައް

• ފެން ގިނައިން ހުރުން : ޖަނބުރޯލުގައި ފެން ވަރަށް ގިނައިން ހުރެއެވެ. ކޮންމެ 100 ގުރާމް ޖަނބުރޯލްގައި 93 ގްރާމަކީ ފެނުގެ ބައެވެ. އެހެންކަމުން ޖަނބުރޯލް ކެއުމުން ހަށިގަނޑަށް ފިނިކަމެއް އިހްސާސް ކުރެވޭނެ އެވެ. އެހެންކަމުން، ގުރުދާގެ މައްސަލަތައް ހުންނަ މީހުން ވެސް ބޭނުންކުރަން މިއީ ރަގަޅު މޭވާއެއް ކަމަށް ބެލެވެއެވެ.

• ވިޓަމިން އޭ ހުރުން : ޖަނބުރޯލްގައި ވިޓަމިން އޭ ވެސް އެކަށޭނަ ވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ދިފާޢީ ނިޒާމްގެ މަސައްކަތްތައް ފުރިހަމަކޮށްދޭ ލޭގެ ހުދު ސެލްތައް އުފެއްދުމުގަޔާއި، ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.

• ވިޓަމިން ސީ ގިނައިން ހުރުން : ޖަނބުރޯލްގައި ޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް      ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.

• ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުގެ ބާރު : އެޖަނބުރޯލު މަލަކީ "އެސްޓްރިންޖެންޓް" އެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. އެހެންކަމުން ޓައިވާނުގައި ބޭރަށްހިންގުން ހުއްޓުވުމަށާއި، ހުން ތިރިކުރުމަށް ޖަނބުރޯލު މަލުގެ ބޭނުން ހިފައެވެ. ދިރާސާކުރާ ފަރާތްތަކުގައި ހޯދާފައިވާ ގޮތުގައި ޖަނބުރޯލު މަލުގައި ހުންނަ އަސާސީ މާއްދާ އަކީ "ޓެނިން" އެވެ. މީގެ އިތުރުން އެކުލެވޭ މާއްދާތަކުގެ ތެރޭގައި "ޑެސްމެތޮކްސީމެޓެޔުސިނޯލް"(Desmethoxymatteucinol)، "5-0-މީތައިލް-4- ޑެސްމެތޮކްސީމެޓެޔުސިނޯލް"(5-0-methyl-4-Desmethoxymatteucinol)، "އޮލިއެނިކް އެސިޑް" އަދި "ބީ-ސައިޓޯސްޓީރޯލް"(B-sitosterol) ހިމެނެއެވެ. މިބަޔާންކުރި މާއްދާތަކުގައި ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. އެގޮތުން "ސްޓެފައިލޯކޯކަސް ޔޫރިއަސް"(Staph.Aureus)، "މައިކޯބެކްޓީރިއަމް ސްމެގްމޭޓިސް"(Mycobacterium smegmatis)، އަދި "ކެންޑިޑާ އެލްބިކަންސް" ކިޔާ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނެވެއެވެ.

• ކަރުތެރެ ހަލާކުވުމާއި، އަނގަފާރު : އަނގައިގެ ތެރޭގަޔާއި، ތުންފަތުގައި އަދި ދުލުގައި އުފެދޭ ފާރު ޖަނބުރޯލު ކެއުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ. މިހެން ދިމާވަނީ އޭގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުންނާއި، އަދި ފެން ގިނައިން އެކުލެވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ކަރުތެރެ ހަލާކުވުން، ކަރުތެރެ ރަތްވެ ފާރުވުން ފަދަ ހާލަތްތަކުގައި ޖަނބުރޯލު އަދި އޭގެ ފަނި ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅުވެއެވެ.

• ހަކުރު ބަލި : ޖަނބުރޯލަކީ ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. މިއީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ނޯޓް:- ޖަނބުރޯލް އަދި ޖަންބަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެމޭވާ އެވެ. އެހެންކަމުން މިދެމޭވާގެ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ގާތްކަމެކެވެ. ވީމާ ކޮންމެ މޭވާއެއްގެ ޞިއްޙީ ފައިދާ ވެސް މިތަނުގައި ބަލާލުން މުހިއްމެވެ.

މައުލޫމާތު :

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.