ހުކުރު20181109

އާކުރެވުނީ: 08:43:52

އެނބޫ

eboo-1އެނބޫ އަކީ ކުޑަވަރެއްގެ ހުތް މޭވާ އެކެވެ. ދޮންވީމާ ރީނދޫ ކުލައިގައި ހުންނަ މިމޭވާގެ އޮށް ވަރަށް ބޮޑުވާނެ އެވެ. މީގައި އާންމުކޮށް ކައިއުޅެނީ، އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ނަން : އެނބޫ
އިގިރޭސި ނަން : Yellow Plum / Wild Apricot
ޢިލްމީ ނަން : Ximenia Americana

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
14 މިލިގްރާމް ސޯޑިއަމް 34.4 ކިލޯކެލަރީ ހަކަތަ
570 މިލިގްރާމް ޕޮޓޭސިއަމް 0 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 2.7 ގްރާމް ޕްރޮޓީން
4 މިލިގްރާމް ކެލްސިއަމް 0.9 ގްރާމް ފެޓް
0.4 މައިކްރޯގްރާމް ކޮޕަރ 8.1 ގްރާމް ފައިބަރު
0.7 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
16 މިލިގްރާމް މެގްނީޒިއަމް - ފޮލިކް އެސިޑް
- މެންގަނީޒް 0.5 މިލިގްރާމް ނިއެސިން
- ފޮސްފަރަސް - ޕެންތޮނިކްއެސިޑް
- ސިލެނިއަމް - ޕައިރިޑޮކްސިން
0.3 މިލިގްރާމް ޒިންކް - ރައިބޯފްލެވިން

އެނބޫ އިން ލިބޭ ބައެއް ޞިއްޙީ ފައިދާތައް

• އެނބޫ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-

o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

• ކެލްސިއަމް ގިނަވުން : އެނބޫ އަކީ ކެލްސިއަމް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ކެލްސިއަމް ގިނަވުމަކި ކަށިތައް ވަރުގަދަވެ، ކަށިތަކުގެ މަސައްކަތް ހަލުވިކޮށްދޭ ކަމެކެވެ. އަދި މިއީ އުމުރުން ދުވަސްވުމުން އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ދިމާވާ ކަށިފީވުމުގެ މައްސަލައިން މިންޖުކޮށްދިނުމަށް އެހީވެދޭ މާއްދާއެއް ވެސް މެއެވެ.

• ޓްރައިޕެނަސޯމާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ނައިޖީރިޔާގައި މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި އެނބޫގަހުގެ މުލުގެ ތޮށި މުގުރައި ޗިސްކޮށްގެން އެއިން އުފެދޭ "އެކްސްޓްރެކްޓް" ބޭނުންކޮށްގެން ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ "ޓްރައިޕެނެސޯމޯސިސް"(Trypanosomosis) ކިޔާ ބައްޔަކަށް ފަރުވާ ކުރެވެއެވެ. އަދި އެދިރާސާގައި ބުނެފައިވަނީ މިބުނި އެކްސްޓްރެކްޓްގައި ޓްރައިޕެނަސޯމާ ޕެރަސައިޓް މަރާލުމުގެ ގާބިލިއްޔަތު އެކުލެވޭ ކަމަށެވެ. މިދެންނެވި ބާރު އެއެކްސްޓްރެކްޓްގައި ހުންނަނީ އޭގައި އެކުލެވޭ ފްލޭވޮނޮއިޑްގެ ސަބަބަބުންނެވެ.

eboo-2• ހަމުގެ ބައެއް މައްސަލަތައް : ނެމީބިއާ ގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަނގައިގައި ހުދުމާއެޅުން ނުވަތަ އަނގައިގައި ފަންގަސް އިންފެކްޝަން އަށަގަތުން، ހާރޕީޒް ޒޯސްޓަރ، ހާރޕީޒް ސިމްޕްލެކްސް ފަދަ ހަމުގެ މައްސަލަތަކަށް، ފަރުވާކުރުމަށް އެނބޫގަހުގެ ބައިތައް (ފަތް، މޫ، ތޮށި، މޭވާ) ބޭނުންކުރެވިދާނެ ކަމަށެވެ. އަދި މީގެ އިތުރުން ހަންގަނޑު ގައި ނަގާ ބިއްސާއި، ދަތުގައި ރިހުން ފަދަ ކަންކަމަށް ވެސް އެނބޫގަހުގެ ބައިތަށް ބޭނުންކޮށްގެން ފަރުވާކޮށް ފައި ވެއެވެ.

• އެހެނިހެން ބައެއް ފައިދާތައް :

o ބަނޑުގައި ރިހުން، ދަތްހެލުން، އަދި އަނގަފާރު ފަދަ ކަންތައްތަކަށް އެނބޫގަހުގެ މޫ ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ.

o ބަނޑުހިކުމުގެ މައްސަލައިން ދުރުވެ ހުރުމަށާއި، ބަނޑު ސާފުކޮށް ދިނުމަށް ވެސް ބޭނުން ކުރެވެއެވެ.

o މިއީ ޓޮނިކެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން އެސްޓްރިންޖެންޓެއްގެ ގޮތުގައި ބޭނުންކުރާ މޭވާ އެކެވެ.

o ބޭރަށްހިންގުމާއި، ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން، އަދި ކެއްސުން ބައްޔަށް ފަރުވާކުރުމަށް ބޭނުންކޮށްފައި ވެއެވެ.

މައުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.