އަންގާރަ20181113

އާކުރެވުނީ: 08:43:52

ދަނޑިގަޑު އަތަ

dhadigadu-atha-1ދަނޑިގަޑު އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދަނޑިގަޑު އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ނުވަތަ ރަތްކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ދަނޑިގަޑު އަތަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : ދަނޑިގަޑު އަތަ
އިގިރޭސި ނަން : Sugar Apple
ޢިލްމީ ނަން : Annona Squamosa

ކޮންމެ 100 ގްރާމް ގައި ލޮނުގެ ބާވަތްތައް ކޮންމެ 100 ގްރާމް ގައި އަސާސީ މާއްދާތައް
7 މިލިގްރާމް ސޯޑިއަމް 75 ކިލޯކެލަރީ ހަކަތަ
287 މިލިގްރާމް ޕޮޓޭސިއަމް 17.71 ގްރާމް ކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައި މަޢުދަންތައް 1.57 ގްރާމް ޕްރޮޓީން
10 މިލިގްރާމް ކެލްސިއަމް 0.68 ގްރާމް ފެޓް
0.069 މައިކްރޯ ގްރާމް ކޮޕަރ 3 ގްރާމް ފައިބަރު
0.27 މިލިގްރާމް ދަނގަޑު ކޮންމެ 100 ގްރާމް ގައި ވިޓަމިންތައް
17 މިލިގްރާމް މެގްނީޒިއަމް 23 މައިކްރޯ ގްރާމް ފޮލިކް އެސިޑް
0.093 މިލިގްރާމް މެންގަނީޒް 0.644 މިލިގްރާމް ނިއެސިން
26 މިލިގްރާމް ފޮސްފަރަސް 0.345 މިލިގްރާމް ޕެންތޮނިކްއެސިޑް
- ސިލެނިއަމް 0.257 މިލިގްރާމް ޕައިރިޑޮކްސިން
0.16 މިލިގްރާމް ޒިންކް 0.131 މިލިގްރާމް ރައިބޯފްލެވިން
ކޮންމެ 100 ގްރާމް ގައި ފައިޓޯނިއުޓްރިއެންޓްތައް 0.101 މިލިގްރާމް ތިއެމިން
0 މައިކްރޯ ގްރާމް ކެރޮޓީން އަލްފާ 51 އައިޔޫ ވިޓަމިން އޭ
2 މައިކްރޯ ގްރާމް ކެރޮޓީން ބީޓާ 12.6 މިލިގްރާމް ވިޓަމިން ސީ
1 މައިކްރޯ ގްރާމް ކްރިޕްޓޯޒެންތިންބީ 0.27 މިލިގްރާމް ވިޓަމިން އީ
6 މައިކްރޯ ގްރާމް ލޫޓީންޒިއެޒެންތިން 0 މައިކްރޯ ގްރާމް ވިޓަމިން ކޭ
0 މައިކްރޯ ގްރާމް ލައިކޯޕީން

ނޯޓް: ދަނޑިގަޑު އަތަ، ދިވެހި އަތަ، އަނޯނާ ނިސްބަތްވަނީ އެއްއާއިލާ އަކަށެވެ. އެހެންކަމުން މިއިން ކޮންމެ މޭވާއަކުން ކާނާގެ ބައިތައް ފޯރުކޮށްދެނީ ދާދި އެއްވަރަކަށެވެ.

ދަނޑިގަޑު އަތަ އިން ލިބޭ ޞިއްޙީ ފައިދާތައް

• ނޭވާހިއްލުމުން ރައްކާތެރިކޮށްދިނުން : ނޭވާހިއްލުމުގެ އުދަނގޫވަނަމަ ދަނޑިގަޑު އަތަ ބޭނުންކުރުން ރަގަޅުކަމަކަށް ވެދާނެ އެވެ. އެއީ ދަނޑިގަޑު އަތައިގައި ބާރުގަދަ އެންޓި އޮކްސިޑެންޓެއް ކަމަށްވާ ވިޓަމިން ސީ ހުންނާތީ އެވެ. ވިޓަމިން ސީ އަކީ ނޭވާހިއްލުމުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

• ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން : ދެ ދަނޑިގަޑު އަތައިން ދުވާލަކަށް ބޭނުންވާ ފައިބަރުގެ ½ ލިބެއެވެ. ޑައެޓްރީ ފައިބަރަކީ ހަކުރުގެ ހަށިގަނޑަށް ނެގުން މަދުކޮށް، ހަކުރު ބަލީގެ ދެވަނަ ވައްތަރު ކުރިމަތިވުމުގެ ފުރުޞަތު ކުޑަކުރާ މާއްދާ އެކެވެ.

• ހިތުގެ ދުޅަހެޔޮކަން : ހިތުގެ މަސައްކަތް ރަގަޅުކޮށް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ދަނޑިގަޑު އަތަ އެހީތެރިވަނީ އޭގައި ހިމެނޭ ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ގެ ސަބަބުންނެވެ. ޕައިރިޑޮކްސިން އަކީ އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ލޭގައި ދަށްކުރާ މާއްދާ އެކެވެ. އެމިނޯއެސިޑްގެ މިންވަރު ލޭގައި މަތިވުމަކީ ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި، ސްޓްރޯކްެ ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

• ލޭގެ ޕްރެޝަރު ދަށްކުރުން : ދަނޑިގަޑު އަތަ އަކީ ޕޮޓޭސިއަމް އިން މުއްސަދި މޭވާ އެކެވެ. ޕޮޓޭސިއަމް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަނީ ހަށިގަނޑުގައި ހިމެނޭ ސޯޑިއަމްގެ މިންވަރު ކޮންޓްރޯލްކޮށްގެންނެވެ.

• ތައިރޮއިޑް ގްލޭންޑް ގެ ދުޅަހެޔޮކަން : ދަނޑިގަޑު އަތައިގައި ކޮޕަރ ހުރެއެވެ. މިއީ ތައިރޮއިޑް ގްލޭންޑް އިން "ތައިރޮއިޑް ހޯރމޯން" އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ.

• ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް އެހީތެރިވުން : ވަރުބަލިކަން އިހްސާސް ވާނަމަ ދަނޑިގަޑު އަތައެއް ބޭނުންކުރާށެވެ. "އެއިރޯބިކް އެނާރޖީ ޕްރޮޑަކްޝަން"(Aerobic Energy Production) އަށް ބޭނުންވާ ތިއެމިން ދަނޑިގަޑު އަތައިގައި ހުރެއެވެ. މިއީ ހަކުރު ހަކަތައަށް ބަދަލުކުރުމަށް، އެހީތެރިވާ މާއްދާ އެކެވެ.

• ކަށިތައް ވަރުގަދަކުރުން : އަނޯނާ އެކޭ އެއްފަދައިން ދަނޑިގަޑު އަތައިގައި ވެސް، ކެލްސިއަމް، ފޮސްފަރަސް، ކޮޕަރ، މެގްނީޒިއަމް، މެންގަނީޒް، އަދި ޒިންކް ހުރެއެވެ. މިހުރިހާ މާއްދާތަކަކީ ވެސް ކަށި ވަރުގަދަކޮށް، ރަގަޅަށް ބެހެއްޓުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. ޒިންކް އަދި ކޮޕަރ އަކީ ކެލްސިއަމް ހަށިގަނޑަށް ނެގުމަށް ވާގިވެރިވާ، ވިޓަމިން ޑީ ގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާ ތަކެކެވެ. އެހެންކަމުން އަނޯނާ ނުވަތަ ދަނޑިގަޑު އަތަ ބޭނުންކުރާނަމަ އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުގެ މައްސަލަ މެދުވެރިވުން ކުޑަވާނެއެވެ.

• ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކުރުން : ހަށިގަނޑުގެ ސަރުބީގެ މިންވަރާއި މެދު ހިތްހަމަ ނުޖެހޭނަމަ، އަނޯނާއެއް ނުވަތަ ދަނޑިގަޑު އަތައެއް ފަދަ މޭވާއެއް ކާށެވެ. ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ މޭވާތަކުގައި ހިމެނޭ ނިއެސިން އަކީ ރަގަޅު ކޮލެސްޓްރޯލް ގެ މިންވަރު ހަށިގަނޑުގައި އިތުރުކޮށްދޭ މާއްދާ އެކެވެ.

• މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް ކުޑަކުރުން : އަނޯނާ ފަދައިން ދަނޑިގަޑު އަތައިގައި ވެސް ފޮލިކް އެސިޑް ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ މާބަނޑު ދުވަސްވަރު މާބަނޑު އަންހެނާއަށް ދިމާވާ ތަފާތު ނުރައްކާތައް ކުޑަކޮށްދޭ ކަމެކެވެ. ފޮލިކް އެސިޑް މަދުވުމަކީ ބައިގެންދިއުން މެދުވެރިކޮށް، ލިބޭ ތުއްތު ދަރިފުޅުގެ ހަށިގަނޑު ޢައިބު އުފެދެން ދިމާވާ ކަމެކެވެ.

• އެހެނިހެން ކަންތައްތައް :-

o ދަނޑިގަޑު އަތަގަހުގެ ތޮށި ޗިސްކޮށްގެން، ބޭރަށްހިންގުމަށް ފަރުވާ ކުރެއެވެ.

o ދަނޑިގަޑު އަތަގަހުގެ ފަތް ޗިސްކޮށްގެން ޑިސެންޓްރީ އަށް ފަރުވާ ކުރެއެވެ.

o ދަނޑިގަޑު އަތަގަހުގެ ފަތް ޗިސްކޮށްގެން އޭގެ ޕޭސްޓް ބޭނުންކޮށްގެން :-

§ ހަކުރު ބައްޔަށް ފަރުވާކުރުން

§ ހަޖަމުކުރުމުގެ މައްސަލަތަކަށް ފަރުވާކުރުން

§ އަރިދަފުސް ރޯގާއަށް ފަރުވާކުރުން

§ ރާއްޖެބަލީގެ ސަބަބުން ހުންނަ ތަދު ކެނޑުވުން

§ ކުޑަކަމުދާ ތަކެތި ސާފުކުރުން

o ދަނޑިގަޑު އަތަގަހުގެ ފަތް މުލިހި، އަދި ފާރުގަނޑުގައި އަޅައެވެ. އަދި ހަމުގައި ހިރުވާ ތަންތާގައި އުގުޅައެވެ

o ކާށި ތެލުގައި ދަނޑިގަޑު އަތައިގެ އޮށް ޗިސްކޮށް، އެއްކޮށްގެން، ބޮލުގައި އުކުނު އެޅުމުން ބޭނުން ކުރެއެވެ.

o ނިލި އަތަ، އޮށް، އަދި ފަތުގައި ، ފަންޏާއި، ފަނި ފަކުސަ މަރާލުމުގެ ބާރު ހުރެއެވެ.

o މައްސަރު ކަންތައް ގަވާޢިދުން ޖެހޭނެގޮތް ހެދުމަށް ދަނޑިގަޑު އަތަ، އަދި އޭގެ ފަތުން ސައި ހަދައިގެން ބޭނުންކުރެވިދާނެ އެވެ.

o ރާއްޖެ ބަލީގެ ތަދުތަކަށް ފަރުވާކުރުމަށް މިމޭވާ ކެއުމުގައި ހިމެނިދާނެ އެވެ.

ނޯޓް : ދިވެހި އަތަ އާއި، ދަނޑިގަޑު އަތަ، އަދި އަނޯނާ އަކީ ވެސް އަނޯނާ އާއިލާއަށް ނިސްބަތްވާ މޭވާތަކަށް ވުމުން އެމޭވާ ތަކުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ. އަދި މި3 ބާވަތުގެ މޭވާ އަކީ ވެސް ޞިއްޙީ ގޮތުން ދާދި އެއްފައިދާ ތަކެއް ގެނެސްދޭ މޭވާތަކެއް ކަން ހަދާން ބެހެއްޓުން މުހިއްމެވެ.

މަޢުލޫމާތު:-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.