އާދީއްތަ20180909

އާކުރެވުނީ: 08:43:52

ކެބެޖް / ބޮޑި ކޮޕީ

bcopy_1

bcopy_2

- ތަފާތު ވައްތަރުގެ ސަލަޑްތައް ހެދުމުގައި ބޭނުންކުރެވޭ ބޮޑި ކޮޕީ އަކީ ހިތަށް ފައިދާހުރި، ލޭ ސާފުކުރުމުގައި އެހީތެރިވެދޭ ބާވަތެކެވެ. ކެއްސުމާއި، ހަންގަޑު ހުދުވުން ފަދަ ކަންތައްތަކަށް އިސްތިއުމާލުކުރުމަށް ބޭނުންތެރި ބާވަތެކެވެ. ކޮންމެ ވެސް ވަރަކަށް ވައި އުފެދުމަކީ ބޮޑި ކޮޕީ ކެއުމުން ވެދާނެ ގޮތެކެވެ. ބޮޑި ކޮޕީ ބޭނުން ކުރުމުގައި އެންމެ ފައިދާ ހުރި ގޮތަކީ ޖޫހުގެ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެވެއެވެ.

 

- ވިޓަމިންސީ ގިނައަދަދަކަށް ކެބެޖް ގައި ހިމެނެއެވެ. މައިދާއާއި ގޮހޮރުގައި އުފެދޭ ފާރު ފަސޭހަ ކުރުމަށް ބޮޑި ކޮޕީ އިން ތައްޔާރު ކުރެވިފައިވާ ޖޫހަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމުގައި ބުނެވެއެވެ. ދިރާސާއެއް ހެދުމަށް ޑޮކްޓަރ ޗެއިނޭ ކިޔާ މީހަކު ގޮހޮރުގެ ފާރު އުފެދިފައިވާ ބަލިމީހުންނަށް 450މލ ގެ ބޮޑިކޮޕީ ޖޫސް ދުވާލުގެ އެކިގަޑިތަކުގައި ދެވުނެވެ. 5 ދުވަސް ފަހުން އެމީހުންގެ ބަނޑުގައި ފާރުގެ ސަބަބުން އުފެދުނު ރިހުން ފިލައި ގޮސް، އަދި 14ދުވަސް ފަހުން ފާރުގަނޑު އެއްކޮށް ފަސޭހަވެ، ރަގަޅުވިކަން ފާހަގަ ކުރެވުނެވެ.

- ބޮޑި ކޮޕީ ގެ ބޭރުގައި ހުންނަ ފަތްތަކުގައި ވިޓަމިން އޭ އެކުލެވޭ މިންވަރު އެތެރޭގައި ހުންނަ ފަތްތަކަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި ދަނގަޑު އެކުލެވޭ ނިސްބަތް ވެސް ބޭރަށް ހުންނަ ފަތްތަކުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން ލޭދަށްވުން ފަދަ ހާލަތްތަކުގައި ބޮޑި ކޮޕީ ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.

- ހުޅުތައް ދުޅަވުން، ހަޖަމު ގޯސްވުން، ލޮލުގެ ފެނުން ފުސްވުން، ފަލަވުން، އަދި ލޭދަށްވުން ފަދަ ހާލަތްތަކުގައި ކެއުމަށް ވަރަށް އެކަށޭނަ ބާވަތެއް ކަމަށް ބޮޑި ކޮޕީ ވަނީ ވެފައެވެ. ބޮޑި ކޮޕީ ކައްކައިގެން ބޭނުން ކުރާނަމަ އެދެވިގެންވަނީ ގިނިމަޑުކޮށް މަދުވަގުތުކޮޅެއްވަންދެން ކައްކައިގެން ބޭނުންކުރުމެވެ. އެއީ މާގިނައިން ކެއްކުމުން އޭގައި ހިމެނޭ ވިޓަމިންސީ އަދި ވިޓަމިންބީ ގެ ބައި އުނިވެގެންދާތީ އެވެ. ކެއްކި ފެންކޮޅު އުކާނުލާ ބޭނުން ކުރެވިދާނެ އެވެ. އެއީ ބޮޑިކޮޕީ ކައްކަން ބޭނުންކުރި ފެނުގައި ވިޓަމިންސީ، ދަނގަޑު، ފޮސްފަރަސް، ކެލްސިއަމް، އަދި މެގްނީޒިއަމް އެކުލެވިގެންވާތީ އެވެ.

bcopy_3

* ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް (މައި ޞަފްޙާ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.