ހޯމަ20181112

އާކުރެވުނީ: 08:43:52

ބަށި

bashi_1

bashi_2

- ބަށީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ހުދު، ކަޅު، އަދި ރަތް ކުލައިގައި ވެސް ބަށިހުރެއެވެ. ކަޅު ކުލައިގެ ބަށީގައި ޕްރޮޓީން މަތީ އަދަދަކަށް އެކުލެވޭ އިރު، ހުދު ކުލައިގެ ބަށީގައި މަތީ އަދަދަކަށް ހުންނަނީ ކާބޯ ހައިޑްރޭޓް އެވެ. ކަޅު ބަށީގެ ބޭރުގައިވާ ތޮށި ފަށަލައިގައި ވިޓަމިން އޭ، ވިޓަމިން ބީ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އެހެން ކަމުން ބަށި ކައްކާއިރު ބޮޑަށް ރަގަޅުވާނީ ތޮށި ނުމަށައި ކައްކާނަމަ އެވެ.

- ބަށީގައި ''ސެލިއުލޯޒް'' އޭ ކިޔޭ ފައިބަރު ގެ ބާވަތެއް ވެއެވެ. މީގެ ސަބަބުން ގޮހޮރު ގައި ހުންނަ ނަޖިސް ބޭރުވެގެން ދިއުމަށް ފަސޭހަ ވެއެވެ. އެހެން ކަމުން ބަނޑުހިކުން ކުރިމަތިވެފައި ވާނަމަ ބަށި ބޭނުންކުރުން ރަގަޅު ވާނެއެވެ. ބަށީގައި ހަށިގަނޑަށް ބޭނުންވާ މިނޫނަސް ތަފާތު މައުދަންތަކާއި ވިޓަމިންތައް އެކުލެވިގެން ވެއެވެ.

- ހުޅުތަކުގެ ރިހުން އަދި ހިތުގެ ބަލި، އަދި މާބޮޑަށް ފަލަ މީހުން ބަށި ބޭނުންކުރުމަކީ ރަގަޅު ކަމެއް ކަމުގައި ބުނެވެއެވެ. މައިދާގެ ފާރު ކުޑަކޮށްދީ، އެކިއެކި ރިހުންތައް ލުއިކޮށްދެއެވެ. ހަށިގަނޑުގެ ކޮލެސްޓީރޯލް މިންވަރު ދަށްކޮށް ހަޖަމު ރަގަޅު ކުރުމުގައި އެހީތެރި ވެދެއެވެ.

bashi_3

* ފައިދާހުރި ކާނާގެ ބައެއް ބާވަތްތައް (މައި ޞަފްޙާ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.