އަންގާރަ20180911

އާކުރެވުނީ: 08:43:52

މަސާނާ

masaanaa-1މަސާނާ (Bladder) އަކީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިއީ މަޑު މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އެތެރެ ހުސްކޮށް އޮންނަ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން އެޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.

މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށު(Mucosa) ގެ ބޭރު ފަށަލަ ނުވަތަ ''އެޕިތީލިއަމް'' (Epithelium)ގެ ވައްތަރަކީ ''ޓްރާންސިޝަނަލް އެޕިތީލިއަމް ''(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ނުވަތަ ޖަރާސީމުން އެއްކިބާކުރެވިފައިވާ ''ސްޓެރައިލް'' ގުނަވަނެކެވެ.

kudakamudha-holhi-2މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ''ސްފިންކްޓާރސް''(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.

މަސާނާގެ ބައިތައް

• ޓްރައިގޯން: މިއީ މަސާނާގެ ފާރުގައި ފަހަތުން ތިރީބައިގައި ތިނެސްކަން ބައްޓަމަން އިންނަ ތަނެކެވެ. ގުރުތާ މަސާނާ އަށް ވަދެފައި އިންނަނީ މިތަނުންނެވެ.

• އޭޕެކްސް: މީޑިއަން އަމްބަލައިކަލް ލިގަމެންޓް މަސާނާ ގުޅެނީ މަސާނާގެ އޭޕެކްސް އިންނެވެ.

• ކަރު: މަސާނާގެ ކަރާއި ޅިނދު ކަށިގަނޑު ގުޅުވާދެނީ އަންހެނުންގެ ހަށިގަނޑުގައި ''ޕިއުބޯ ވެސައިކަލް ލިގަމެންޓް''(pubovesical ligament)ގެ ޒަރީޢާއިންނެވެ. ފިރިހެނާގެ ހަށިގަނޑުގައި ނަމަ ޕިއުބޯ ޕްރޮސްޓެޓިކް ލިގަމެންޓް(puboprostatic ligament)ގެ ޒަރީޢާއިންނެވެ.

މައިކްރޮސްކޯޕަކުން ބެލުމުން މަސާނާ ފެންނާނެގޮތް

masaanaa-3• ތެތް ދުލިފަށަލަ: މިތާގެ ބޭރު ފަށަލަ އެޕިތީލިއަމްގެ ވައްތަރަކީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ. މީގެ އިތުރުން ލެމިނާ ޕްރޮޕްރިއާ ވެއެވެ.

• މަސް ފަށަލަ: މެދުން ވަށްކޮށް އެތުރިފައި ހުންނަ [މަޑު މަސް] ގެ ފަށަލައެއް ވާއިރު އެތެރޭއާއި ބޭރުގައި ހުންނަނީ ދިގަށް އެތުރިފައި ހުންނަ ދެމަސް ފަށަލައެވެ.

• އެޑްވަންޓިޝާ އަދި ގުނަވަންތަކުގެ ވަށައިގެންވާ ޕެރިޓޯނިއަމް އަކީ އެންމެ ބޭރުގައިވާ ފަށަލަތަކެވެ.

މަސާނާގެ މަސް ފަށަލަ

މަސާނާގެ މަސް ފަށަލަ(Detrusor muscle) އަކީ މަސާނާގެ ފާރުގައިވާ މަޑުމަހުގެ ނުވަތަ ހޮޅިމަހުގެ ފަށަލަ އެކެވެ. މަސާނާ ދެމި ވާންވުމުން ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް، މިމަސް ފަށަލަ އަށް ފިތި، ވާންވެ، ކުރުގެޅުމަށް ނުވަތަ ކޮންޓްރެކްޓުވުމަށް ސިގްނަލް ދެއެވެ. މިއީ މަސާނާ އިން ކުޑަކަމުދާ ހޮޅި ހުރަސްކޮށް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައިދޭ ކަމެކެވެ.

ކުޑަކަމުދާ ތަކެތި މަސާނާގައި ހަރުލައި ހުރުމަށް މަސާނާގެ ކައިރީގައިވާ ދެމަސްގަނޑު ކަމަށްވާ އަމިއްލަ ޒާތުގައި މަސައްކަތް ކުރާ އެތެރެއިން ލެވިފައިވާ ''އިންޓާނަލް ސްފިންކްޓަރ''(Internal sphincter) އަދި އަހަރެމެންގެ ބާރު އޭގެ މައްޗަށް ފޯރުވޭ ބޭރުން ލެވިފައިވާ ''އެކްސްޓާނަލް ސްފިންކްޓަރ''(External sphincter) ހުޅުވިފައި ހުންނަން ޖެހެއެވެ. މިދެންނެވި ދެމަސްގަނޑަށް މައްސަލަ ކުރިމަތިވެއްޖެނަމަ ފަހަރުވާ ނުހިފެހެއްޓުން ނުވަތަ އިޚްތިޔާރަކާއި ނުލައި ގަޔަށް ކުޑަކަމުދެވުން ފަދަ މައްސަލައެއް ކުރިމަތިވުމަކީ ގާތް ކަމެކެވެ.

އާންމު ގޮތެއްގައި 620-400 އާއި ދެމެދުގެ މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި މަސާނާގައި ބަހައްޓައިދެއެވެ. އެކަމަކު ކުޑަކަމުދާ ތަކެތި ބޭރުވާ މަގު ބަންދުވެފައިވާނަމަ އޭގެ ދެގުނަ މަސާނާގައި މަސާނާ ފެޅުމެއްނެތި ހިފަހައްޓައިދެއެވެ. ކުޑަކަމުދާ ޢާންމުކޮށް ޖެހެނީ މިދެންނެވި މިންވަރުގެ 75 އިންސައްތަ މަސާނާ އަށް ޖަމާވުމުންނެވެ.

މަސާނާގެ ވަޒީފާ

މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން އެޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ. ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ނުވަތަ ޖަރާސީމުން އެއްކިބާކުރެވިފައިވާ ''ސްޓެރައިލް'' ގުނަވަނެކެވެ.

މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ''ސްފިންކްޓާރސް''(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.

ކޮންމެ ގުރުތާ އެއްވެސް އިންނަނީ މަސާނާގެ ދަށުގައި ކަމަށްވުމުން، ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާއިން ގުރުތާ އަށް ފިއްތާނެވެ. މިހެންވުމުން ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާގެ އެތެރޭ ޕްރެޝަރު މަތިވެގެން، ކުޑަކަމުދާ ތަކެތި އަނބުރާ ގުރުތާ އަށް ދިއުމުން މިންޖުކޮށްދޭނެ އެވެ. މިގޮތަށް މަސާނާއިން ގުރުތާ އަށް ފިއްތައިގެން، ކުޑަކަމުދާ ތަކެތި އަނބުރާ ގުރުތާގެ ތެރެއަށް ދިޔަނުދީ ހިފެހެއްޓުމަކީ ކުޑަކަމުދާ ނިޒާމްގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.