ހުކުރު20201127

އާކުރެވުނީ: 08:43:52

ކާތަކެތި ހިނގާހޮޅި

kaa-holhi-2ކާތަކެތި ހިނގާހޮޅި (Esophagus) އަކީ އަރުތެރެއިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެވެ. ކާތަކެތިހިނގާހޮޅި ފެށިފައި އިންނަނީ''ލަގޮނޑިޔާގުޅޭ އަރުތެރެ''(Laryngopharynx) ނިމޭ ހިސާބުންނެވެ. ނުވަތަ އަރުތެރޭގެ މިބުނިބައިން ދެމިފައިވާ ހޮޅިއެއްގެ ސިފައިގައެވެ. ކާތަކެތި ހިނގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ނަމްބަރު ކަށިކޮޅާ ނުވަތަ ބަދަޔާ ހިސާބުންނެވެ. ކާތަކެތި ހިގާ ހޮޅިިން ފެށިގެން މައިދާ،ނުވަތަ ބަނޑާއި ހަމައަށް ކާތަކެތި ފޯރަނީ ''ޕެރިސްޓަލްސިސް''(Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ.

ކާތަކެތި ހިނގާ ހޮޅީގެ ދިގުމިނަކީ 25 ސމ ނުވަތަ 10 އިންޗި އެވެ. މިއީ ފުޅާ، އަދި ފަތިކޮށް އިންނަ ފުޅާވެ، ފުފުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ހޮޅިއެކެވެ. ކާތަކެތި ހިގާ ހޮޅީގެ 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކަރުތެރޭގައި އިންނަ ބައި (Cervical part) މޭގެތެރޭގައި އިންނަ ބައި (Thoracic part)އަދި ބަނޑުގެ ތެރޭގައި އިންނަ ބައި (Abdominal part) މިއެވެ. ކާތަކެތި ހިގާ ހޮޅި ނިމިފައި އިންނަނީ ކާތަކެތި ހިގާ ހޮޅި އާއި މައިދާ އާއި، ގުޅޭތަން ނުވަތަ ކާޑިއެކް އޮރިފިސް(Cardiac orifice)، އިންނެވެ. މިއީ މޭއޮންނަ ހިސާބުގައި ހުންނަ މައިބަދައިގެ 11 ވަނަ ކަށިކޮޅު ހުންނަ ހިސާބެވެ. ކާޑިއެކް އޮރިފިސް އިންނަނީ 1 އިންޗި ވަރު ހަށިގަނޑުގެ ވާތް ފަރާތަށް ޖެހިފައެވެ.

ކާތަކެތި ހިނގާ ހޮޅީގެ ވަޒީފާ

ކާތަކެތި ހިނގާ ހޮޅި އިން ފެށިގެން މައިދާ އާއި، ހަމައަށް ކާތަކެތި ފޯރަނީ ނުވަތަ ވާޞިލްވަނީ ޕެރީސްޓަލްސިސް(Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅި އަކީ ކާތަކެތި ދިރުވުމުގެ ފަހު މަރުޙަލާ ހިގާ ތަނެވެ.

ކާތަކެތި ހިގާ ހޮޅީގެ އެތެރޭގެ ތެތް ދުލިފަށުން ދަވަ ދޫކުރެއެވެ. މިދަވައިގެ ސަބަބުން ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮކޮށްދީ، މައިދާ އިން މައްޗަށް ކާތަކެތި ހިގާ ހޮޅިއަށް އަންނަ މައިދާ ޖޫސް އިން ނުވަތަ އެސިޑް އިން ލިބިދާނެ ގެއްލުމަކުން ކާތަކެތި ހިގާ ހޮޅި ހިމާޔަތްކޮށް ރައްކާކޮށްދެއެވެ. ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮވުމަކީ ކާތަކެތި ދިރުވުމަށް ނުވަތަ މައިދާ އާއި ހަމައަށް ވާޞިލްވުމަށް މަގުފަހިކޮށްދީ، ފަސޭހަކޮށްދޭ ކަމެކެވެ.

ކާތަކެތި ހިނގާ ހޮޅި އަކީ މަޑު މަހުން ނުވަތަ ހޮޅި މަހުން އުފެދިފައިވާ ހޮޅިއަކަށް ވުމާއެކު މަހުގެ ތަބީޢަތަށް ބަލައި ކާތަކެތި ހިގާ ހޮޅި 3 ބަޔަަކަށް ބަހާލެވިދާނެއެވެ. އެގޮތުން މަތީ 3/1 ގައި ހުންނަނީ ސްޓްރިއޭޓެޑް މަސް އެވެ. އަދި ތިރީ 3/1 ގައި ހުންނަނީ މަޑު މަސް އެވެ .އަދި މެދު 3/1 ގައި ހުންނަނީ ބަޔާންކުރެވުނު ދެވައްތަރު މަސް އެކުގައެވެ.

ކާތަކެތި ދިރުވުމުގައި ކާތަކެތި ހިގާ ހޮޅީގައި ކަޑަތުކުރާ މަރުޙަލާ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި ހިގާ މަރުހަލާއެކެވެ. އެހެންކަމުން ކުރިންބުނި ޕެރީސްޓަލްސިސް އޭ ކިޔޭ ހަރަކާތުގެ އެހީގައި ކާތަކެތި މައިދާއަށް ފޯރުކޮށްދެއެވެ.

ޕެރީސްޓަލްސިސް

ޕެރީސްޓަލްސިސް: މިއީ ހަޖަމުކުރާ ނިޒާމްގެ ހޮޅި ތަކުގެ ތެރޭގައި އޭގެ ޒާތުގައި ކާތަކެތި މަތިން ފެށިގެން ތިރިއަށް (ވަކި ހަރަކާތްތަކެއްގެ ކުރިމަތިކުރުވައިގެން) ފޮނުވަމުން ގެންދިއުމެވެ.

ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިންގާ ޕެރީސްޓަލްސިސް ގެ ހަރަކާތް ހިންގަނީ ސިކުންތަކު 3 ސމ އަށް ދުރުމިނަކަށް، ކާތަކެތި ދައުރުވާ (ތިރިއަށްދާ/ކުރިއަށްޖެހޭ) ރޭޓުންނެވެ. މާނައަކީ ކޮންމެ ސިކުންތަކު 3 ސމ ގެ މިނެއް ކުރިއަށް ކާތަކެތި ފޮނުވާލައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 10-8 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ. އަދި ސީދަލަށްހުރެ ކާއިރު މިއަށްވުރެ އަވަހަށް ވެސް ކާތަކެތި، ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ބިމަށް ދަމާބާރުގެ ސަބަބުން ދައުރުވެއެވެ. އެގޮތުން ސިކުންތެއްގެ ތެރޭގައި 4 ސމ މިނެއް ކަޑަތުކުރެއެވެ. މާނައަކީ މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 8-5 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ.

ކާތަކެތި ހިނގާހޮޅިއަށް ލޭފޯރުކޮށްދިނުން

ކާތަކެތި ހިގާ ހޮޅިއަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅިތަކުންނެވެ.

§ އިންފިރީއާ ތައިރޮއިޑް އާޓަރީ (Inferior thyroid Artery): މިއީ ސަބްކްލޭވިއަން އާޓަރީ( Subclavian artery) އިން އުފެދިފައިވާ ތައިރޯސާވިކަލް ޓްރަންކް އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.

§ އެއޯޓާގެ ތިރިއަށްފައިބައިފައިވާ ބައިން މޭމަތީގައި އޮންނަ ބައި، އަދި އޭގެ ބްރަންކިއަލް ގޮފިތައް

§ ވާތު އިންފިރީއާ ފްރެނިކް އާޓަރީ (Left Inferior phrenic Artery): މިއީ އެބްޑަމިނަލް އެއޯޓާ އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.

§ ވާތު ގެސްޓްރިކް އާޓަރީ (Left Gastric Artery): އީ އެބްޑަމިނަލް އެއޯޓާ އިން ނިކުމެފައިވާ ސީލީއެކް އާޓަރީ އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.

ކާތަކެތި ހިނގާ ހޮޅީގެ ހަރަކާތް ކޮންޓްރޯލްކުރާ ނާރުތައް

ކާތަކެތި ހިގާ ހޮޅީގެ ހަރަކާތް ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމް ގައި ހިމެނޭ އަންނަނިވި ނާރުތަކުންނެވެ.

§ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ ވޭގަސް ނާރު އިން ނިކުމެފައިވާ ރިކަރަންޓް ލެރިންޖިއަލް ނާރު އަކީ ކާތަކެތި ހިގާ ހޮޅީގެ ކަރު ހިމެނޭ ހިސާބުގައިވާ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރާ ނާރެވެ. އަދި ހަމަ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ އީސަފަޖީއަލް ނާރު ފުނިން ކާތަކެތި ހިގާ ހޮޅީގެ މޭއޮންނަ ހިސާބުގައިވާ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރެއެވެ. އަދި ހަމަ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ އެންޓިރީއާ ގެސްޓްރިކް ނާރު އަދި ޕޯސްޓިރީއާ ގެސްޓްރިކް ނާރު އިން ބަނޑުހިމެނޭ ހިސާބުގައިވާ ކާތަކެތި ހިގާ ހޮޅީގެ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރެއެވެ.

§ ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ ސިމްޕަތެޓިކް ޓްރަންކް އަދި ގްރޭޓަރ ސްޕްލެންކްނިކް ނާރު އިން ވެސް ކާތަކެތި ހިގާ ހޮޅީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ބައިވެރިވެއެވެ.

ކާތަކެތި ހިނގާހޮޅީގެ ބަލިތައް

މޭމަތީގައި ދިލަ ތަދެއް އުފެދިފައި ހުރުމަކީ ވަރަށް ގިނަބަޔަކު ތަޖުރިބާކުރާ ކަމެކެވެ. މިއީ ހަގީގަތުގައި މޭ އެންދުން މޭއެންދުން ކުރިމަތިވަނީ މައިދާގައި ހުރި އެސިޑް، މައްޗަށް ގޮސް ކާތަކެތި ހިގާ ހޮޅި އަށް ވާޞިލްވުމުންނެވެ. ބައެއް މީހުންނަށް ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވެފައި ހުންނަ ކަހަލަ އިހްސާސެއް ވާގޮތް މެދުވެރި ވެއެވެ. ކާތަކެތި ހިގާ ހޮޅި އަށް ކުރިމަތިވާ ބަލީގެ ބައެއް ޙާލަތްތައް ތިރީގައި މިވަނީ އެވެ.

§ މޭ އެންދުން

§ ކާތަކެތި ހިގާ ހޮޅި ދުޅަވުން

§ ކާތަކެތި ހިގާ ހޮޅީގެ ކެންސަރު

§ ކާތަކެތި ހިގާ ހޮޅި ބެދުން

§ ގެސްޓްރޯ އީސަފަޖީއަލް ރިފްލެކްސް ބަލި

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.