ބުދަ20180912

އާކުރެވުނީ: 08:43:52

އަރުތެރެ

aru-there-1އަރުތެރެ (Pharynx) އަކީ އަނގަ، އަދި ނޭފަތުގެ ހޮއިގެ ނުވަތަ ހިނދުރީގެ ފަހަތުން ކާތަކެތި ހިގާ ހޮޅިއާއި، އަޑު ފޮށި ނުވަތަ ލަގޮނޑި، އަދި ވައި ނޮޅީގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

ތަފްޞީލު...



އަނގަ

aga-1އަނގަ (Mouth) އަކީ އިންސާނާ ކެއިން ބުއިމާއި، އެކަކު އަނެކަކާއި މުޚާތަބުކޮށް އުޅުމުގައި އަބަދުމެ ބޭނުން ހިފަންޖެހޭ ގުނަވަނެކެވެ. އަނގަ ލެއްޕިފައި އިންނަނީ ދެތުންފަތުގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތަކެތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށަލައިގައި ކުޅުބޭރުކުރާ ގޮށް (Salivary glands)ވެއެވެ. މީގެ އިތުރުން ދޫ، ކުޑަދޫ، އަދި ދަތްތަކާއި ހިރުގަނޑު ވެސް ހުންނަނީ އަނގައިގެ ތެރޭގައެވެ.

ތަފްޞީލު...



މޭގަނޑު

furamay-mainމޭގަނޑު (Liver)ނުވަތަ މެޔަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(Glycogen)ރައްކާކުރުން، ''ޕްލާޒްމާ ޕްރޮޓީން''(Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

ތަފްޞީލު...



ޗިސްމޭ

chiss-mey-1(Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.

ތަފްޞީލު...



ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް

biliary-system-1ބިލިއަރީ ނިޒާމް(Biliary system) ނުވަތަ ބައިލް އުފައްދައި، ރައްކާކޮށް، ދޫކުރާ ނިޒާމް އަކީ އިންސާނާގެ ހަށިގަނޑުގައި މޭގަނޑުން ބައިލް އުފައްދައި، ފިތުގައި ރައްކާކޮށް، ހިމަގޮހޮރަށް ދޫކޮށް، އަދި މޭގަނޑާއި ހިމަ ގޮހޮރާއި ދެމެދު ބައިލް ދައުރުކުރުން ދަމަހައްޓައިދޭ ނިޒާމެވެ. މިނިޒާމް ބިނާވެގެންވަނީ ގުޅި ލާމެހިފައިވާ ތަފާތު އެތަކެއް ކުދި ހޮޅިތަކެއްގެ މައްޗަށެވެ. މިނިޒާމްގައި ޝާމިލްވާ މައިގަނޑު ގުނަވަންތަކަކީ، މޭގަނޑު، ފިތް، ހިމަ ގޮހޮރު އަދި ޗިސްމޭ އެވެ.

ތަފްޞީލު...



ހަޖަމުކުރާ ނިޒާމް

hajamukuraa-nizaam-1ހަޖަމުކުރާ ނިޒާމް (Gastrointestinal tract) އަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކެއުމުގައި ބޭނުންކުރާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެ. ހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ. އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.