Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް މަސްތުވާތަކެތީގެ ވަބާ.. ބައެއް ސަބަބު

މަސްތުވާތަކެތީގެ ވަބާ.. ބައެއް ސަބަބު

masthuvaa-thakethi-vabaa-sababu* އީމާން ތެރިކަން ބަލިވުމާއި، ދީނާއި ދުރަށް ދިއުން އަދި ޙަޔާތުގައި ދަތި އުދަނގޫތައް ދިމާވުމުން ﷲ އާއި ކުއްތަން ނުވުން.

* ނަމާދު ނުކުރުން، އެހެނީ ނަމާދަކީ ހުރިހާ ނުބައި ކަންތަކުން މީހާ 24 ގަޑި އިރު ސަލާމަތްވެފައި ހުރުމަށް އެހީވެދޭ ކަމެއް.

* އިސްރާފު ގޮތުގައި ބޭނުން ކުރަން ފައިސާ ލިބުން އަދި އެވަރަށް ހުރުން.

* ގޯސް ކަންތައް ރަނގަޅު ކަމުގައި ދައްކައިދޭ، ނުބައި އެކުވެރިންނާއެކު އުޅުން.

* ކުރާނެ ކަމެއް ނެތިފައި ހުންނަންޖެހޭ ހުސްވަގުތު ގިނަވުން.

* ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރަކާއި ޢަޒުމެއް ނެތުން

* ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ނުކެރި އެކަން ކަމުން ރެކުން އެއީ އެންމެ މޮޅު ގޮތްކަމަށް ވިސްނުން.

* ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ހިތްވަރަކާއި ޢަޒުމެއް ނެތުން

* ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ނުކެރި އެކަން ކަމުން ރެކުން އެއީ އެންމެ މޮޅު ގޮތްކަމަށް ވިސްނުން .

* ރަލާއި މަސްތުވާތަކެތި ބޭނުން ކުރާ ފިލްމުތައް ޢާއްމުވުން . މިފަދަ ގިނަ ފިލްމުތަކުގައި ދައްކައިދެނީ ބަޠަލު ނުވަތަ ބަޠަލާ މައްސަލަތަކުން ސަލާމަތްވާން ރާ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރާތަން . ނުވަތަ އެއީ '' ގަދަ '' ކަމެއްގެ ގޮތުގައިވެސް ދައްކުވައިދޭ .

* ޑޮކްޓަރުންގެ ލަފާއާ ނުލާ އަމިއްލައަށް ފާޑުފާޑުގެ ބޭސް ބޭނުން ކުރަން ފެށުން، މިސާލަކަށް ނިދި މަދުވުމުން ނުވަތަ ހާސްވުމުން ބޭހާ ދިމާއަށް އެނބުރުން . ނަތީޖާއަކީ ނޭގި ހުއްޓާ މިފަދަ ބޭހަށް ދެވިހިފުން އަދި ފަހުން އެއަށްވުރެ ބާރުގަދަ ބޭސް ހޯދަން ޖެހި، އެންމެ ފަހުން މަސްތުވާތަކެއްޗަށް މިސްރާބު ޖެހުން.

* މީހުން ކުރާ ކޮންމެ ކަމެއް އެއްފަހަރު ނަމަވެސް ތަޖުރިބާ ކޮށްލަން ބޭނުންވުން.

* ރާ ބޮއެގެން ޖިންސީ ގުޅުން ހިންގުމުން، ފިރިހެނާގެ ބާރު ގަދަވާނެ ކަމުގެ ކުށް ހީ، ހީކުރުން. ޙަޤީޤަތަކީ މަސްތުވާތަކެތި ބޭނުން ކުރުމުން ގައިގެ ހުރިހާ ގުނަވަނަކާ، މަސައްކަތެއްގެ ބާރު ދެރަވާ ފަދައިން ޖިންސީ ބާރުވެސް ދެރަވާކަން.

* ގައިގައި ނެތްފެންވަރަށް މަސައްކަތް ކުރަން އުޅުން. މިސާލަކަށް ނެތް ފެންވަރަށް ބާރަށް ދުވަން ވެގެން ފާޑުފާޑުގެ ބޭސް ބޭނުން ކުރުން އަދި މަސްތުވާތަކެތިވެސް ބޭނުން ކުރުން.

* '' ރާ އެއީ ޙަރާމް އެއްޗެއް .. އެކަމަކު މަސްތުވާ ތަކެއްޗޭ މިކިޔޭ ހިކި އެއްޗެއްސަކީ ޙަރާމް އެއްޗެއް ނޫން '' މި ނުބައި ފިކުރު ބޮލަށް ވަނުން. ޙަޤީޤަތަކީ ދީނުގައި ޙަރާމް ކުރެވިފައިވަނީ ރާ އެކައްޏެއް ނޫން. މީހާ މަސްތު ކުރުވާ ކޮންމެ އެއްޗަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއް. ކަމުގެ ޙަރާމް ކަމަށް ބަލާއިރު ރާ ބުއިމެކޭ ހިރޮއިން ބޭނުން ކުރުމެކޭ ތަފާތެއް ނެތް.

* މަސްތުވާތަކެތީ ބޭނުން ކުރާ، ކުޅިވަރުކިޅޭ ނުވަތަ ލަވަ ކިޔާ ނުވަތަ ފިލްމު ކުޅޭ މަޝްހޫރު މީހުން ކޮޕީކޮށް އެއީ ނަމޫނާ ބައެއް ކަމުގައި ދެކުން.

* މައިންބަފައިން ރަނގަޅަށް ދަރިން ތަރުބިއްޔަތު ނުކުރުން.

* ޢާއްމުންގެ މެދުގައި މަސްތުވާތަކެތި ފަތުރައި، އެ ވަބާގައި ޒުވާނުން ޖައްސައިގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރަން ބޭނުންވާ މީހުން ނުވަތަ ގޭންގުތައް، މުޖްތަމަޢުގައި ޙަރަކާތްތެރިވުން .

Comments