ދުންފަތް އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/sihhat/dhunfai/ Thu, 15 Nov 2018 10:26:12 +0200 Joomla! - Open Source Content Management en-gb ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް http://www.kavaasaa.com/sihhat/dhunfai/dhunfai-control-raajje.html http://www.kavaasaa.com/sihhat/dhunfai/dhunfai-control-raajje.html

dhunfai control raajjeދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް

• 1979: ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %30 އިތުރުކުރެވުނު!
• 1982: ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށާއި، ދުންފަތުގެ ބޭނުން ނުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ގޮވާލެއްވި! މިގޮވާލެއްވުމާއި ގުޅިގެން ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތަކާމެދު ޢާންމުން ހޭލުންތެރިކުރުވުން ހަރުދަނާ ކުރެވުނު!
• 1984 : ގައުމީ ޓީވީ އަދި ގައުމީ ރޭޑިޔޯ އިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނު!
• 1991 : ދުންފަތުގެ ބާވަތްތައް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނީ ކުށެއްކަން ކަނޑައެޅުން!

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުންފަތް Fri, 11 Dec 2015 14:50:32 +0200
ދުންފަތުގެ ދުމުން ލިބޭ ގެއްލުންތައް http://www.kavaasaa.com/sihhat/dhunfai/dhunmun-libey-gellun.html http://www.kavaasaa.com/sihhat/dhunfai/dhunmun-libey-gellun.html

negetive smoking

ނުސީދާގޮތެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވެގެންދާ ދުން އެކަން ނުކުރާ މީހެއްގެ ހަށިގަނޑަށް ވާޞިލްވުމެވެ. މައިމީހާ އަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށްވެފައި ބަފައި މީހާއަކީ ދުންފަތު އިސްތިއުމާލު ކުރާ މީހެއްނަމަ، ބަފައި މީހާ މައިމީހާގެ ކައިރީގައި ހުރެގެން ދުންފަތުގެ އިސްތިއުމާލު ކުރާ ހިނދު، މައިމީހާގެ ހަށިގަނޑަށް ދުންފަތުގެ ދުން ވިހަ މާއްދާތަކާއެކު ވާޞިލްވެގެން ދެއެވެ. ނަތީޖާ އަކީ ބަނޑުގައިވާ ތުއްތު ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުންފަތް Fri, 11 Dec 2015 03:34:58 +0200
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން http://www.kavaasaa.com/sihhat/dhunfai/dhunafathuge-isthumaal-kurun-huttaalun.html http://www.kavaasaa.com/sihhat/dhunfai/dhunafathuge-isthumaal-kurun-huttaalun.html

stop smokingދުންފަތުގެ އިސްތިއުމާލުކުރަން ހުއްޓާލަން ނިންމުމަކީ ދުންފަތާއި ނުލައި ދިރިއުޅުން ހޭދަކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެކަމަށް ވަގުތު ބޭނުންވާނެ ކަމެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިއީ ގިނަ ފަހަރަށް ކާމިޔާބުވާ ކަމެކެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުންފަތް Fri, 11 Dec 2015 02:42:55 +0200
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ ދިހަ ކަމެއް ! http://www.kavaasaa.com/sihhat/dhunfai/dhunfai-huttun-10kamei.html http://www.kavaasaa.com/sihhat/dhunfai/dhunfai-huttun-10kamei.html

dhunfai-huttun-10kameiދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި ވަރުގަދައަށް އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުންފަތް Wed, 01 Jun 2005 05:24:26 +0300
ދުންފަތުގެ އިސްތިޢުމާލުކުރުން http://www.kavaasaa.com/sihhat/dhunfai/dhunfathuge-isthiumaalu-kurun.html http://www.kavaasaa.com/sihhat/dhunfai/dhunfathuge-isthiumaalu-kurun.html

dhunfathuge-isthiumaalu-kurunމިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކަމަށް ވުމާއި އެކު އަޅުގަނޑުމެންގެ ތެރެއިން ދުންފަތު ގެ އިސްތިއުމާލު ކުރާ މީހުން މިއަދުން ފެށިގެން އެކަން ނުކުރުމަށް އަޒުމް ކަނޑައެޅުމަކީ ތިމާގެ އަމިއްލަ ޞިއްހަތަށް ލިބިދޭ މަންފާއެއް ކަމުގައި މެނުވީ ނުވާނެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލުގެ ސަބަބުން ހަށިގަނޑަށް ލިބިދޭ ގެއްލުންތައް ބޮޑުވެފައި ނުރައްކާތެރި ވާތީ އެވެ.

]]>
azee@kavaasaa.com (ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު) ދުންފަތް Tue, 31 May 2005 05:24:26 +0300
ދުންފަތުން ... ހައްތާވެސް ގެއްލުން http://www.kavaasaa.com/sihhat/dhunfai/dhunfathun-hattaves-gellun.html http://www.kavaasaa.com/sihhat/dhunfai/dhunfathun-hattaves-gellun.html

dhunfathun-hattaves-gellun 2005ވަނަ އަހަރު ޖެހޭއިރު، އަހަރަކު މަރުވާ މީހުންގެ ޢަދަދު 10 މިލިއަނަށް އަރާނެއެވެ. މިވަގުތު ދުންފަތުގެ އިސްތިޢުމާލު ކުރާ 650 މިލިއަން މީހުންނަކީ، ޞިއްޙި ގޮތުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާން ތައްޔާރުވެފައި ތިބިބައެކެވެ. ބަލިތައް ޖެއްސުމުގެ ހުރިހާ ސަބަބުތަކުގެ، ލިސްޓުގެ ހަތަރުވަނާގައި ވަނީވެސް ދުންފަތްކަން ހަނދާންކޮށްލަން ޖެހެއެވެ. މި ނުރައްކާތެރި ވަބާގެ ސަބަބުން ދުނިޔެއާއި ކުރިމަތިވެފައި ވަނީ ހަމައެކަނި ޞިއްޙީ ނުރެއްކަލެއް ނޫނެވެ.

]]>
info@kavaasaa.com (ކަވާސާ.ކޮމް) ދުންފަތް Tue, 03 May 2005 05:24:26 +0300
ރާފަދައިން، މަސްތުވާތަކެތިވެސް ޙަރާމް http://www.kavaasaa.com/sihhat/dhunfai/raafadhain-masthuvaathakethhi-ves-haraam.html http://www.kavaasaa.com/sihhat/dhunfai/raafadhain-masthuvaathakethhi-ves-haraam.html

masthuvaathekethiކީރިތި ޤުރުއާނާއި ޙަދީޘްފުޅުތަކުގައި، ރަލަކީ ޙަރާމް އެއްޗެއް ކަން ބަޔާން ކުރެވިފައި އޮންނަކަން ވަރަށް ގިނަމީހުން ދަނެއެވެ. ނަމަވެސް މި ދޭތިން ކުރެ އެކައްޗެއްގައިވެސް ''މަސްތުވާ ހިކި އެއްޗެހި'' ގެ ވަހަކައެއް ނޯންނަ ކަމަށާއި އެހެން ވީމާ އެއަށް ރަލުގެ ޙުކުން ނާންނާނެ ކަމަށް މީހަކު ހީކޮށްފާނެއެވެ. އެއްފަހަރަކު ކުއްޖަކު މިހެން ބުނިއަޑުވެސް އިވުނެވެ.

ހިކިކޮށް އަދި ދިޔާކޮށް ހުންނަ ޙަޝީޝް، ހިރޮއިން، ކޮކެއިން އަފިހުން އަދި މިނުންވެސް މިފަދަ ''މަސްތުވާތަކެއްޗަކީ'' ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ތަކެއްޗެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުންފަތް Sat, 03 Jul 2004 07:00:00 +0300
އަލްކޮހޯލް http://www.kavaasaa.com/sihhat/dhunfai/alchohol.html http://www.kavaasaa.com/sihhat/dhunfai/alchohol.html

alchiholއަލްކޮހޯލްއަކީ މޭބިސްކަދުރު، ގޮދަން، އުއްދަނޑި ފަދަ ގަސްގަހުގައި އަޅާ ބާވަތްތަކުން ނެގޭ ، ހިމޭން ކުރުވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަލްކޮހޯލަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށްވެސް އޭގެ ނުބައި އަސަރު ކުރުވާ ވަރަށް ވަރުގަ މާއްދާއެކެވެ. ހަށިގަނޑު ތެރެއަށް އަލްކޮހޯލް ދިއުމުން އޭގެ ތާސީރު ލޭގެ ޒަރީޢާއިން ސިކުނޑި ، ގޮހޮރު މޭގަނޑު ކިޑްނީ ފަދަ ގުނަވަންތަކަށް ކުރެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުންފަތް Sat, 26 Jun 2004 05:24:26 +0300
މަސްތުވާތަކެތި : ހުސް ގެއްލުމާއި ހަލާކު http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-hus-gellun.html http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-hus-gellun.html

masthuvaa-thakethi-hus-gellunދުނިޔޭގައި މަސްތުވާތަކެތީގެ އަވައިގައި ގާތްގަނޑަކަށް 180 މިލިއަން މީހުން ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ސަބަބުން ގެއްލުން ލިބެމުންދަނީކީ ހަމައެކަނި އެކަމުގެ ބޭނުންކުރާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ދީނީ ގޮތުން ބޮޑު ފާފައެއް ކޮށް، ހެއްދެވި ފަރާތަށް ނުކިޔަމަންތެރި ވުމުގެ އިތުރުން، މިކަމުގެ ގެއްލުންތައް، އެމީހުން އުޅޭ މުޖްތަމަޢުތަކާށާއި، ޤައުމުތަކަށްވެސްދަނީ ލިބެމުންނެވެ.

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު) ދުންފަތް Sat, 26 Jun 2004 05:24:26 +0300
މަސްތުވާތަކެތީގެ ވަބާ.. ބައެއް ސަބަބު http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-vabaa-sababu.html http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-vabaa-sababu.html

masthuvaa-thakethi-vabaa-sababuޑޮކްޓަރުންގެ ލަފާއާ ނުލާ އަމިއްލައަށް ފާޑުފާޑުގެ ބޭސް ބޭނުން ކުރަން ފެށުން ، މިސާލަކަށް ނިދި މަދުވުމުން ނުވަތަ ހާސްވުމުން ބޭހާ ދިމާއަށް އެނބުރުން . ނަތީޖާއަކީ ނޭގި ހުއްޓާ މިފަދަ ބޭހަށް ދެވިހިފުން އަދި ފަހުން އެއަށްވުރެ ބާރުގަދަ ބޭސް ހޯދަން ޖެހި ، އެންމެ ފަހުން މަސްތުވާތަކެއްޗަށް މިސްރާބު ޖެހުން ...

]]>
info@kavaasaa.com (ކަވާސާ.ކޮމް) ދުންފަތް Mon, 03 May 2004 05:24:26 +0300
މަސްތުވާ ތަކެތީގެ ތާރީޚް http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-thaarekh.html http://www.kavaasaa.com/sihhat/dhunfai/masthuvaa-thakethi-thaarekh.html

masthuvaa-thakethi-thaarekhމަސްތުވާ ތަކެތި އެއީ ހުންނަ އެއްޗެއްކަން އިންސާނުންނަށް އެގިގެން މިއުޅެނީ، މިއަދަކު އިއްޔެއަކު ނޫނެވެ. މާ ކުރީ އެވޭލާ ޒަމާނުއްސުރެވެސް އިންސާނުންނަށް، މަސްތުވާތަކެތި އެގިފައިވެއެވެ. ކުރީ ޒަމާނުގެ މީހުން އެމީހުންގެ ފައްޅި، ހިލަ، ފާރުފަދަ ތަންތާގައި ކަނޑާނަގާފައި ނުވަތަ ކުރަހާފައިވާ ކުރެހުން ތަކުން މަސްތަވާ ތަކެއްޗަކީ އެމީހުން ދަންނަ އެއްޗެހި ތަކެއްކަން ދޭހަކޮށްދެއެވެ. ކުރީގެ ހިންދީން ޤަބޫލު ކުރި ގޮތުގައި އެމީހުން އިލާހެއް ކަމަށް ބަލާ ''ޝިވާ'' ކަނޑު ހުރަސްކޮށް ކެނަބިސް ގަސް ގެނެސް އެއިން އެހެން އިލަހުންތައް ހަދައެވެ. ކުރީގެ ގުރީކު މީހުންވެސް އެމީހުންގެ މަޤްބަރާތަކާއި ފައްޅިތަކުގައި ކެނަބިސް ގަސް ކުރަހާފައިވެއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ދުންފަތް Mon, 03 May 2004 05:24:26 +0300
ސިގިރެޓާއި ބެހޭ، ސުވާލު ޖަވާބު http://www.kavaasaa.com/sihhat/dhunfai/suval-javaab.html http://www.kavaasaa.com/sihhat/dhunfai/suval-javaab.html

suval-javaabނުސީދާ ގޮތަށް ސިގިރެޓް ބުއިމޭ ބުނަނީ، އެހެން މީހެއް ސިގިރެޓި ބޮއެފައި ދޫކޮށްލާ ދުން ނުވަތަ ސިގިރެޓި އަދައިގެންދާ އިރު އެއިން އެ އަރާ ދުން، އެ މީހާގެ ގަސްތަކާއި ނުލައި ބޮއެވުމެވެ. މިސާލަކަށް މީހަކު ކޮޓަރިތެރޭ ސިގިރެޓި ބޯނަމަ، ކައިރީ ހުރި އަނެކާއަށް ސިގިރެޓި އެ ބޮވެނީ ނުސީދާ ގޮތެއްގައެވެ. ބައެއް މީހުން ހީކުރަނީ ގެއްލުން ވަނީ ހަމައެކަނި ސީދާގޮތެއްގައި ސިގިރެޓި ބޯ މީހުންނަށެވެ. ނަމަވެސް މިއީ މުޅިން ކުށް ހީއެކެވެ. ބައްޕަ ސިގިރެޓި ބޯ ނަމަ ، ކޮޓަރީގައި އެ އޮންނަ ޅަ ދަރިފުޅަށްވެސް ގެއްލުން ލިބެއެވެ.

]]>
info@kavaasaa.com (ކަވާސާ.ކޮމް) ދުންފަތް Mon, 26 Apr 2004 05:24:26 +0200
ސިގިރެޓާއި ބެހޭގޮތުން އެގެން މުހިންމު ކަންތައްތައް http://www.kavaasaa.com/sihhat/dhunfai/cigiret-muhummu-mauloomath.html http://www.kavaasaa.com/sihhat/dhunfai/cigiret-muhummu-mauloomath.html

cigiret-muhummu-mauloomath* ދުންފަތުން އުފެއްދިފައިވާ ކޮންމެ އެއްޗެއް : ބިޑި، ސުއްޓާ، ސިގިރެޓު، ކަށިގަޑު، ގުޑުގުޑާފަދަ ކޮންމެ އެއްޗެއްގައިވެސް ނިކޮޓިން ހުރޭ . * ނިކޮޓިން އަކީ، ކޮކެއިންއާއި ހިރޮއިންފަދައިން ދެވިހިފުވުމުގެ ބާރު ހުންނަ އެއްޗެއް .* ސިގިރެޓަށް ދެވިހިފުވާ އެއްޗަކީ ނިކޮޓިން، ހަށިގަޑުތެރެއަށް ނިކޮޓިން ދާތާ 7 މިނިޓު ފަހުން ސިކުޑިއަށް އަސަރު ކުރުވަން ފައްޓާ .

]]>
info@kavaasaa.com (ކަވާސާ.ކޮމް) ދުންފަތް Mon, 26 Apr 2004 05:24:26 +0200