އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ ދިހަ ކަމެއް !

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވިދާނެ ދިހަ ކަމެއް !

1dhunfai-huttun-10kamei- ތާރީޚެއް ކަނޑައެޅުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބަލާފައި ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި އެދުވަހުން ފެށިގެން އެކަން ނުކުރުމަށް ހިތުގައި ވަރުގަދައަށް އަޒުމް ކަނޑައަޅާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ގިނަމީހުން އެކަން ހުއްޓާލަނީ މަޑުމަޑުން އެކަން ކުރުން ހުއްޓާލުމުގެ ބަދަލުގައި މިގޮތަށް ތާރީޚެއް ކަނޑައެޅުމަށްފަހު އެދުވަހަކުން ފެށިގެން ހުއްޓާލާ އުސޫލުންނެވެ.

2- މަގުފަހިކުރާ އާލަތްތައް ނައްތާލުން: މިގޮތުން އަޅިކެނޑި، ނުކަޑައި އޮތް ސިގިރޭޓް ފޮށި، ލައިޓަރު އަދި އަލިފާން ފޮށި ފަދަ ތަކެތި އުކާލެވިދާނެއެވެ.

3- ގިނަގިނައިން ފެންބުއިން: މިގޮތުން ފެނާއި އެކު އޮރެންޖް ފޮއްޗެއް ނުވަތަ ލިބޯ ފަޅިއެއް ފެން ބޯ އިރު ބޭނުންކުރެވިދާނެއެވެ.

4- ހަރަކާތްތެރިވެ އުޅުން: މިކަމުން ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. އުސްއިމާރާތެއް ފަދަ ތަނަކަށް އިރު ލިފްޓްގެ ބަދަލުގައި ސިޑި އިޚްތިޔާރު ކުރާށެވެ. ފެތުން އަދި ހިގާލުން ފަދަ ކަންކަމަކީ ވެސް ހަށިގަނޑު ހަމައަކަށް އެޅުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

5- ޕޮޒިޓިވް ކޮށް ވިސްނުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި ގުޅިގެން ކުރީކޮޅު ބޮލުގައި ރިހުން ކަރުތެރެ ފާރުވުން، އަދި އެހެނިހެން ބައެއް އުދަގޫތަކާއި ކުރިމަތިވެއެވެ. ނަމަވެސް މިކަންކަމަކީ ދެހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މުޅިން ފިލައިގޮސް ރަގަޅުވާނެ ކަންކަމެވެ.

6- ބައެއް ކަންކަމަށް ބަދަލު ގެނައުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ފަހު ދުވަސްކޮޅެއް ވަންދެން އާންމުކޮށް ސިގިރޭޓް ގަނެހަދާ ފިހާރައަށް ނުވަތަ އެފަދަ ތަނަކަށް ދިއުން ހުއްޓާލާށެވެ. ހަމަމިހެން އާންމުކޮށް ސިގިރޭޓް ބޮނީ ރޭގަނޑު ބޭރަށް ނިކުމެއުޅޭ ވަގުތުތަކުގައި ކަމުގައި ވަނީ ނަމަ ރޭގަނޑު ބޭރަށް ނިކުމެ އުޅުން ދުވަސްކޮޅެއް ވަންދެން މަޑުޖައްސާލާށެވެ.

7- އުޒުރު ނުދެއްކުން: ތަނަކަށް ދާންވެފައި އޮތުން ނުވަތަ ޕާޓީއެއް ފަދަ ތަނަކަށް ގޭގެ އެންމެން ދާއިރު އެތަނަށް ނުގޮސް ގޭގައި ހުރެ އެހެން މީހުންނަށް ސިއްރުން ދުންފަތު ގެ އިސްތިއުމާލުކުރުމަށް ނިޔަތްގަނެ އެފަދަ ތަންތަނަށް ދިއުމަށް އުޒުރު ނުދައްކާށެވެ. އެހެނީ މިގޮތަށް ސިއްރުން އެކަން ފަށައިފިނަމަ އަލުން އިއާދަ ވާގޮތް ވެއެވެ.

8- ނަފްސަށް ފަރުވާކުރުން: ސިގިރޭޓް ގަތުމަށް ކުރިން ހޭދަ ކުރި ފައިސާގެބަދަލުގައި މިހާރު އެފައިސާއިން މީރު ކެއުމެއް، ރީތި ހެދުމެއް ފަދަ އެއްޗެއް ގަނެލާށެވެ.

9- ކެއުމަށް ފަރުވާތެރިވުން: އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ރަގަޅު ކާނާ ކެއުމުގައި ބޭނުންކުރުމަށް އާދަ ކުރާށެވެ. ތަރުކާރީ އާއި މޭވާ ކެއުމަށް ޚާއްޞަ އަހައްމިއްޔަތެއް ދޭށެވެ. ޗުއިންގަމް ފަދަ އެއްޗެއް ބޭނުންކުރާ އިރު ރަގަޅީ ހަކުރު އެކުނުލެވޭ ވައްތަރެއްގެ ޗުއިންގަމް އިޚްތިޔާރު ކުރުމެވެ.

10- ސިގިރޭޓްއާއި ނުލައި ހޭދަވާ އެންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެއް ކަމުގައި ދެކޭށެވެ. އެހެން ކަމުން އެއްދުވަހު ނުބޮއި ހުރެފިނަމަ މާދަމާއަކީ މިއަދު ފަދައިން ސިގިރޭޓާއި ނުލައި ހޭދަކުރާނެ ދުވަހެއް ކަމަށް އަޒުމް ކަނޑައަޅައި އެގޮތަށް މަސައްކަތް ކުރާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.