ބުދަ20170816

އާކުރެވުނީ: 09:46:14

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ދުންފަތް ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް

ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް

dhunfai control raajjeދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް

• 1979: ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %30 އިތުރުކުރެވުނު!
• 1982: ދުންފަތުގެ އިސްތިޢުމާލު ނުކުރުމަށާއި، ދުންފަތުގެ ބޭނުން ނުކުރުމަށް ރައީސުލް ޖުމުހޫރިއްޔާ ގޮވާލެއްވި! މިގޮވާލެއްވުމާއި ގުޅިގެން ދުންފަތުން ލިބޭ ޞިއްޙީ ގެއްލުންތަކާމެދު ޢާންމުން ހޭލުންތެރިކުރުވުން ހަރުދަނާ ކުރެވުނު!
• 1984 : ގައުމީ ޓީވީ އަދި ގައުމީ ރޭޑިޔޯ އިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނު!
• 1991 : ދުންފަތުގެ ބާވަތްތައް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ވިއްކުމަކީ ގާނޫނީ ކުށެއްކަން ކަނޑައެޅުން!


• 1991 : ދުންފަތުގެ ހުރިހާ ބާވަތަކުން ނަގާ އިމްޕޯޓް ޑިއުޓީ %50 އިތުރުކުރެވުނު!
• 1993 : ޞިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
• 1993 : މ. އަތޮޅު މަޑިފުއްޓަކީ(1) ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު! 1994 ދުންފަތުގެ ޙާލަތު ދެނެގަތުމަށް ސާރވޭ އެއް ކުރެވުނު!
• 1994 : ދުންފަތުގެ އިޝްތިހާރު އެއްވެސް ސިފައެއްގައި ކުރުން މަނާކުރެވުނު!
• 1994 : ތައުލީމީ މުއައްސަސާ ތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
• 1994 : ހއ. ބެރިންމަދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި އިޢުލާން ކުރެވުނު!
• 1995: ކުޅިވަރު ކުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
• 1996 : ހައިލެވެލްގެ އިންޓަރސެކްޓޯރަލް އެންޓި ޓޮބޭކޯ ކޮމިޓީ އުފެއްދެވުން
• 1997: ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ސާރވޭއެއް ހިންގުނު!
• 1997: އޭރުގެ ހެލްތު މިނިސްޓަރަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ޓޮބޭކޯ ހެލްތު އެވޯޑް" ލިބުނު!
• 1997 : އެއާކޯންކޮށްފައިވާ ރެސްޓޯރަންޓް ތަކާއި، އެއްގަމު އުޅަނދު ފަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު
• 1997 : ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކޮށް، އެބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ، ޖަމާއަތް ނުވަތަ ފަރުދަކަށް 25000 ރުފިޔާގެ އިނާމު ދޭ އަހަރީ އެވޯޑެއް އޭޑީކޭ ހޮސްޕިޓަލުން ތަޢާރަފުކުރި!
• 1998 : ފެރީތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނު!
• 1998 – 1999: ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދެކޮޅަށް ސުކޫލް ތަކުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް ހަރުދަނާކުރެވުނު!
• 1999: ސަރުކާރު މުއައްޒަފުންގެ މެދުގައި ދުންފަތް ބޭނުންކުރުން އޮތް މިންވަރު ދެނެގަތުމަށް ދެވަނަ ސާރވޭއެއް ކުރެވުނު
• 2000 : ތަފާތު 4 ރަށެއްގެ އަންހެންވެރިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލިކަން އިޢުލާންކުރި!
• 2000 : ދުންފަތުގެ އިސްތިޢުމާލުނުކުރާ ގޭބިސީ ތަކަށް އެކަމުގެ ހަދާނީ ލިޔުން ހެލްތު މިނިސްޓްރީން ދޭންފެށި!
• 2000 : ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ 3 ގުނަ އިތުރުކުރެވުނު!
• 2000 : މުޅި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް އަމާޒުކޮށްގެން އެންޓި ޓޮބޭކޯ ސުކޫލް ޕްރޮގްރާމް ފެށުނު!
• 2000 : ތައުލީމީ މުއައްސަސާތަކުގެ 100 މީޓަރާއި ކައިރި ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވުނު!
• 2000 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް ހިންގުނު!
• 2000 : މ. މަޑިފުއްޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން "ޓޮބޭކޯ ފްރީ ވޯލްޑް 2000 އެވޯޑް" ދެވުނު!
• 2000 : ދުންފަތުގެ އިގުތިޞާދު ގެ މައްޗަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސާރވޭއެއް ކުރެވުނު!
• 2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އޭޝިޔާ ސަރަހައްދީ އޮފީހުން ހިންގި "އެންޓި ޓޮބޭކޯ ކެމްޕޭން"ގެ ހަރަކާތްތައް ރާއްޖޭގައި ހިންގުނު!
• 2000 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅާފައިވާ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ "ގުޑްވިލް އެމްބެސެޑަރ" ހޮލީވުޑްގެ ފިލްމީ ތަރި "އެލެން ލެންޑަރސް" ރާއްޖެއަށް ޒިޔާރަތްކުރި!
• 2001 : ދުންފަތުގެ ހާލަތާއި، ދުންފަތާއި މެދު ހޭލުންތެރިކުރުވުމަށް ދެވަނަ ސާރވޭއެއް ހިންގުނު!
• 2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރެވުނު! ބޮޑަށް އަމާޒުކުރެވުނީ ދުންފަތާއި މެދު އާންމުން ހޭލުންތެރިކުރުވުމުގެ މައްޗަށް! އެގޮތުން އެފަދަ ޕްރޮގްރާމް ރޭޑިޔޯ، ޓީވީ އިން ފޮނުވައި، ނޫސްތަކުގައި ލިޔެ، އަދި ސުކޫލް ކުދިންނަށް މައުލޫމާތު ދެވުނު!
• 2001 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހަކީ "ދުންފަތުގެ ވިޔަފާރި ނުކުރާ ދުވަހެއް" ގެ ގޮތުގައި ކަނޑައެޅި!
• 2001 : ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ "ނޯ ޓޮބޭކޯ ހެލްތު އެވޯޑް" އޭރު އެޑިޔުކޭޝަނަށް މިނިސްޓަރަށް ލިބުނު!
• 2002 : އޭރު މިނިސްޓަރ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ އިބްރާހިމް ހުސައިން މަނިކަށް "ވޯލްޑް ޓޮބޭކޯ ފްރީ ހެލްތު އެވޯޑް" ދެވުނު!
• 2002 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ބ. އޭދަފުށީގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު! 2002
• ހއ. ހަތިފުއްޓަކީ(2) ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައަޅައި ރައީސުލް ޖުމުހޫރިއްޔާ އެކަމުގެ އެވޯޑް އެރަށަށް ދެއްވި!
• 2002 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް ދެވަނަ ފަހަރަށް ހިންގުނު!
• 2002 : ނޮވެމްބަރު ގައި ގދ.ތިނަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
• 2003 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ދ.ކުޑަހުވަދޫގައި ފާހަގަކުރެވުނު!
• 2003 : ދުންފަތާއި ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ވޯރކްޝޮޕެއް ދ.ކުޑަހުވަދޫގައި ބޭއްވުނު! 2003
• ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ދ.ކުޑަހުވަދޫގައި އެންޓި ޓޮބޭކޯ ބިލްބޯޑް ބެހެއްޓުނު!
• 2003 : ހދ. ނޮޅިވަރަންފަރު އަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްކަމަށް ކަނޑައެޅުނު!
• 2004 : ފިންލޭންޑް ގެ ކޭޓީއެލް އާއި ގުޅިގެން "ހުއްޓައިގެން ހޯދާ" މިނަމުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ޕްރޮގްރާމެއް 3 ވަނަ ފަހަރަށް ހިންގުނު!
• 2004 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ށ.ފުނަދޫގައި ފާހަގަކުރެވުނު!
• 2004: ހއ.ކެލާ، ހއ.ތަކަންދޫ، އަދި ގދ. ވާދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުން ނޫޅޭ ރަށްތައް ކަމުގައި ކަނޑައެޅުނު!
• 2004 : 17 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ގައި ދިވެހިރާއްޖެއިން ސޮއިކުރި!
• 2004 : 20 މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާ "ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" ދިވެހިރާއްޖެއިން ތަޞްދީޤުކުރި!
• 2004 : ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އޭޑީކޭ ހޮސްޕިޓަލަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ލިބުނު!
• 2005 : ފެބުރުއަރީ މަހުގެ ތެރޭގައި ބައިނަލް އަގްވާމީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ އުފެއްދުންތަކުގެ ބޭރުގައި އިންޒާރުގެ ޞިއްޙީ މެސެޖުތައް ލިޔުން މަޖުބޫރުކުރި!
• 2006 : ދުންފަތް ކޮންޓްރޯލް ކުރުމަށް މައުލޫމާތު ހިމެނޭ ޕެކޭޖެއް ތައްޔާރުކޮށް ސުކޫލްތަކަށް ބެހުނު!
• 2006 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލްގެ ޑްރާފްޓް ފައިނަލްކުރެވުނު!
• 2009 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް މަޖުލީހަށް ހުށަހެޅުނު!
• 2010 : ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހު ގދ. ތިނަދޫ އަށް "ވޯލްޑް ނޯޓޮބޭކޯ އެވޯޑް" ދެވުނު!
• 2010 : އޮގަސްޓް 2 ގައި ރައްޔިތުންގެ މަޖުލީހުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލް ފާސްކުރި!
• 2010 : އޮގަސްޓް 18 ގައި ދުންފަތުގެ ގާނޫނު ތަޞްދީގުކޮށް ގެޒެޓްކުރެވުނު!
• 2010 : ސެޕްޓެމްބަރު މަހުގެ ތެރޭގައި ދުންފަތުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޓޮބޭކޯ ކޮންޓްރޯލް ބޯޑު އެކުލަވާލެވުނު!
• 2011 : މޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހެލްތު މިނިސްޓަރ ޑރ އާމިނަތު ޖަމީލަށް "ވޯލްޑް ނޯޓޮބޭކޯޑޭ ހެލްތު އެވޯޑް" ދެވުނު!
• 2011: އޮގަސްޓް 17 ގައި ދުންފަތް ކޮންޓްރޯލް ބޯޑުން އެކުލަވާލި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާޢިދުތައް ރައީސް އޮފީހަށް ފޮނުވުނު!
• 2011 : ނޮވެމްބަރު 21 ގައި ރައްޔިތުން މަޖުލީހުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މަތިކުރުމަށް ނިންމި! އެގޮތުން ސިގިރޭޓުން 200 އިންސައްތަ އަދި ދުންފަތުގެ އެހެން ބާވަތްތަކުން 150 އިންސައްތަ އިތުރުކުރެވުނު!

• 2012 : ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖުލީހުން ފާސްކޮށް ރައީސުލް ޖުމުހޫރިއްޔާ ތަޞްދީޤުކުރެއްވުން
• 2013: ޢާންމު ތަންތަނާއި، ސުކޫލް މަދަރުސާ، ސައި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވަކި ޚާއްޞަ ހުއްދައެއްގެ ދަށުން މެނުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ ގަވާޢިދު ތަންފީޒުކުރަން ފެށުން ނޯޓް: މިއީ ސީސީއެޗްޑީސީގެ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.