ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް މިލީނާ ނުވަތަ ހީމަޓޯޗީޒިއާ

މިލީނާ ނުވަތަ ހީމަޓޯޗީޒިއާ

melenaމިލީނާ ނުވަތަ ހީމަޓޯޗީޒިއާ އަކީ ކޮބާ؟

މިލީނާގެ މާނައަކީ ބޮޑުކަމުދާތަކެތި ކަޅުކުލައިގައި ހުރުމާއި އެކު ނުބައި ވަސްދުވުމެވެ. ހީމަޓޯޗީޒިއާގެ މާނައަކީ ބޮޑުކަމުދާ ތަކެތި މެރޫން ކުލައިގައި ހުރުމެވެ. ބަޔާންކުރެވުނު ދެކުލައިގައި ބޮޑުކަމުދާތަކެތި ހުރުމަކީ ބޮޑުކަމުދާތަކެތީގެ ތެރޭގައި ލޭ އެކުލެވިގެންވާ ކަމުގެ ނިޝާނެކެވެ.

އަގައިން ފެށިގެން ފުރަގަސްފަރާތު ދޮރާއި ދޭތެރޭގައިވާ ހަޖަމުކުރާ ނިޒާމުގެ ކޮންމެ ހިސާބަކުން ބޭރުވާ ލެޔެއްވެސް ބޮޑުކަމުދާތަކެތީގެ ތެރޭގައި ހުރެދާނެއެވެ. މިގޮތުން ބައެއް ފަހަރު ފާހަގަ ނުވާވަރަށް މަދުންވެސް ލޭ ހުރެދާނެއެވެ. ނަމަވެސް ''ފީކަލް އޮކަލްޓް ބްލަޑް ޓެސްޓް'' އޭ ކިޔޭ ކެމިކަލް ޓެސްޓެއްގެ އެހީގައި ލޭހުރިތޯ ބެލިދާނެއެވެ. ބޮޑުކަމުދާތަކެތީގެ ކުލަ ބަދަލުކޮށްލާ ވަރަށް ގިނަ އަދަދަކަށް ލޭ ހުރިނަމަ އޭގެ ކުލަ ދެނެގަތުމަށްޓަކައި ޓެސްޓް ކުރެވެއެވެ. މިގޮތަށް ކުލަ ދެނެގަތުމުގެ ބޭނުމަކީ ލޭބޭރުވަނީ ހަޖަމުކުރާ ނިޒާމުގެ ކޮންތަނަކުންކަން ހޯދައި ޔަގީންކުރުމެވެ. މިލީނާގެ އަސްލު ދެނެގަތުމަށްޓަކައި ''އިންޑޯސްކޮޕީ''އާއި ''އެކްސް ރޭ'' ބޭނުންކުރެވެއެވެ.

ބޮޑުކަމުދާތަކެތި ކަޅުކުލައިގެ ހުރިނަމަ އޭގެ މާނައަކީ ހަޖަމުކުރާ ނިޒާމުގެ ފެށޭކޮޅު ނުވަތަ ކުރީކޮޅުގައިވާ ބައިތަކުން ކުރެ ބަޔަކުން ލޭބޭރުވުމެވެ. މީގެ ތެރޭގައި ހިމެނެނީ ކާތަކެތިހިގާހޮޅިއާއި، މައިދާއާއި، އަދި ކުޑަގޮހޮރުގެ ކުރީކޮޅު ފަދަބައިތެކެވެ. އިބުޕްރޯފެން، އެސްޕިރިން އަދި ނެޕްރޮކްޒެން ފަދަ ބޭސްތައް ބޭނުން ކުރުމާއި ގުޅިގެން މައިދާގައި އުފެދޭ ފާރުތަކުގެ ސަބަބުން ކުރިން މިބުނި ބައިތަކުން (ކާތަކެތި ހިގާ ހޮޅި ނުވަތަ އީސޯފޭޖަސް، މައިދާ) ލޭބޭރުވާގޮތް މެދުވެރި ވެއެވެ.

ބޮޑުކަމުދާތަކެތި މެރޫންކުލައިގައި ނުވަތަ މަޑުރަތްކުލައިގައި ހުރި ނަމަ އޭގެ މާނައަކީ ހަޖަމުކުރާ ނިޒާމުގެ ފަހުކޮޅު ނުވަތަ ނިމޭކޮޅުގައިވާ ބައިތަކުން ކުރެ ބަޔަކުން ލޭބޭރުވުމެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑުގޮހޮރާއި، ރެކްޓަމް ފަދަ ބައިތަކެވެ. އެހެން ނަމަވެސް ކުއްލިއަކަށް ނުވަތަ ގިނައަދަދަކަށް މައިދާއިން ލޭބޭރުވެއްޖެނަމަ ބޮޑުކަމުދާ ތަކެތީގެ ކުލަ މަޑުރަތްކުލައިގައި ހުރެދާނެއެވެ. ހަޖަމުކުރާ ނިޒާމުގެ ނިމޭކޮޅުގައިވާ ބައިތަކުން (ބޮޑު ގޮހޮރު، ރެކްޓަމް) ލޭބޭރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ފުރަގަސްފަރާތު ބައްޔާއި، ޑައިވާޓިކިއުލަމްގައި އިންފްލެމޭޝަން އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބްލެކް ލިކޯރައިސް، ދަނބު، ތިމަރަ، ދަނގަޑުގެބައި ހިމެނޭ ބޭސް، އަދި ޕެޕްޓޯ-ބިޒްމޯލް ފަދަ ބޭސްތައް ބޭނުންކުރުމަކީ ވެސް ބޮޑުކަމުދާ ތަކެތި ކަޅުކުލައިގައި ހުރުމަށް މެދުވެރިކުރުވާ ކަންތައްތަކެވެ. ޓޮމާޓޯއާއި ރަންގު ފަދަ ތަކެތި ބޭނުންކުރުމުން ބޮޑުކަމުދާ ތަކެތީގެ ކުލަ ރަތްކުލައިގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ލޭ ހުރިތޯ ބެލުމަށް ކުރިން ބުނި ކެމިކަލް ޓެސްޓް ހެދެއެވެ.

މިލީނާ ނުވަތަ ހީމަޓޯޗީޒިއާ ކުރިމަތިވުމަށް މެދުވެރިވާ އާންމު ސަބަބުތަކަކީ ކޮބާ؟

(ހ) ހަޖަމުކުރާ ނިޒާމުގެ ފެށޭހިސާބު ނުވަތަ ކުރީކޮޅު (ބޮޑުކަމުދާތަކެތި ކަޅުކުލައިގައި )

1- މައިދާއިން ލޭބޭރުވުން

2- ކުޑަގޮހޮރުގައި ފާރު އުފެދުން

3- މައިދާގައި އިންފްލެމޭޝަންއެއް ހުރުން

4- އީސޯފޭޖިއަލް ވެރައިސް

5- ކަރުތެރެ ނުވަތަ ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވުން

6- ކުޑަގޮހުރުގައި ލޭހިގުން ދަށްވުން

(ށ) ހަޖަމުކުރާ ނިޒާމުގެ ނިމޭހިސާބު ނުވަތަ ފަހުކޮޅު ( ބޮޑުކަމުދާތަކެތި މެރޫން ނުވަތަ މަޑުރަތްކުލައިގައި )

1- ފުރަގަސްފަރާތު ބަލި

2- އޭނަލް ފިޝަރ

3- ޑައިވާޓިކިއުލަމް އިން ލޭ ބޭރުވުން

4- ކުޑަގޮހޮރުގައި އިންފެކްޝަން އުފެދުން

5- ބޮޑުގޮހޮރުގެ އިންފްލެމޭޝަންއާއި ވިދިގެން އުފެދޭ ބައްޔެއް

6- ބޮޑުގޮހޮރު އަދި ރެކްޓަމް ފަދަ ބަޔެއްގައި ޓިއުމަރ އުފެދުން

7- ބޮޑުގޮހޮރުގެ ކެންސަރު

8- ގޮހޮރުގައި ލޭހިގުން ދަށްވުން

ފަރުވާ އަކީ ކޮބާ ؟

މިކަމުގެ ފަރުވާ ބިނާވެފައި އޮންނަނީ ލޭބޭރުވާން ދިމާވާ ސަބަބާއި، ލޭބޭރުވާ މިންވަރެއްގެ މައްޗަށެވެ. އެކަށޭނަ ވަރަކަށް ލޭބޭރުވާކަމުގައިވާނަމަ ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލުގައި އެދުމަތި ކުރަންޖެހެއެވެ. މާގިނައަދަދަކަށް ލޭބޭރުވެ ނުރައްކާތެރި ހާލަތަކަށް މީހާ ގެންގޮސްފިނަމަ ލޭއަޅަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިލީނާ ނުވަތަ ހީމަޓޯޗީޒިއާ އިން ރައްކާތެރިވެ ހުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ ؟

1- ފައިބަރުން މުއްސަދިވެފައިވާ ކާނާއާއި ތަރުކާރީ ބޭނުންކުރުން : މިފަދަ ކާނާގެސަބަބުން ބަނޑުހިކުމާއި، ފުރަގަސްފަރާތު ބައްޔާއި، ގޮހޮރުގެ ކެންސަރު ފަދަ ބަލިތައް ކުރިމަތިވުން ކުޑަކޮށްދެއެވެ.

2- އިބުޕްރޯފެން،އެސްޕިރިން،ނެޕްރޮކްޒެން ފަދަ ބޭސްތައް މާގިނައިން ބޭނުންނުކުރުން: މިފަދަ ބޭސްތަކުގެ އަސަރު މައިދާއަށް ކުރުމުން ފާރުއުފެދޭގޮތް މެދުވެރިވެއެވެ.

3- ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުރުހެލިވުން: ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހަޖަމުކުރާ ނިޒާމުގެ ބައިތަކުގައި ކެންސަރު އުފެދި، ގޮހޮރާއި މައިދާގައި ފާރު އުފެދުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

4- އަހަރަކު އެއްފަހަރު މިލީނާ ނުވަތަ ހީމަޓޯޗީޒިއާ ހުރިތޯބެލުމަށް ''ފީކަލް އޮކަލްޓް ބްލަޑް ޓެސްޓު'' ހެދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.