ބުދަ20200701

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ގްރެނިއުލޯމާ އިންގްއައިނޭލް (Granuloma inguina)

ގްރެނިއުލޯމާ އިންގްއައިނޭލް (Granuloma inguina)

std-ingunaleމިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފިރިހެނުންނަށެވެ. ޚާއްޞަކޮށް އުމުރުން 20-45 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ.

''ކްލެބްސިއެއްލާ ގްރެނިއުލޯމެޓިސް''(Klebsiella granulomatis)އޭ ކިޔޭ އޯގަނިޒަމް އަކުން ޖެހޭ މިބަލި އަންހެނުންނަށް ވެސް ކުރިމަތި ވެދާނެއެވެ. މިބައްޔަށް ''ގްރެނިއުލޯމާ ވިނީރިއަމް'' އަދި ''ޑޮނޮވަނޯސިސް'' އޭ ވެސް ކިޔައެވެ.

މިބަލި ޖެހެނީ ބަލިޖެހިފައިވާ މީހަކާއި އެކު ފުރަގަސްފަރާތް ނުވަތަ އަނގަ ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުމުންނެވެ. މީގެ އިތުރުން ބަލި ޖައްސާ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ފެނާއި ކާނާގެ ޒަރީއާއިން ވެސް މިބަލި ފެތުރެއެވެ.

މިބަލި ޖެހުމުން ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފެންފޮޅު ހެން ހުންނަ ބިހި ނުވަތަ ފޮޅުތަކެއް ނަގައެވެ. އެއަށްފަހުން މަޑުމަޑުން އެފޮޅުތައް ފެޅި ފާރުގަނޑަކަށް ބަދަލުވެއެވެ. ޝެންކްރޮއިޑް، ސިފިލިސް އަދި ހާރޕީޒްއާއި ގުޅިގެން އުފެދޭ ފާރުކޮޅުތަކާއި މިބަލިން ޖެހުމުން އުފެދޭ ފާރުކޮޅު ވަރަށް އެއްގޮތް ވާނެއެވެ. މިފާރުކޮޅުތައް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ހުންނަ ތެތްދުލިފަށް އަދި ހަންގަނޑުގައި ވެސް ހުރެދާނެ އެވެ. އެއަށްފަހު އުކުޅުވަޅާއި ފުރަގަސްފަރާތް ހިމެނޭ ހިސާބަށް ފެތުރި ގެންދެއެވެ.

ފިރިހެނުންނަށް މިފޮޅުތައް ފުރަތަމަ ފާޅުވަނީ ފިރިހެންހަށީގެ ބޯކޮޅުގައެވެ. އެއަށްފަހު ''ދަނޑީ'' ގައެވެ. އަންހެނުންނަށް ފުރަތަމަ ފާޅުވަނީ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާގައެވެ. އެއަށް ފަހު ޖިންސީ ގުނަވަނުގެ ވަށައިގެންލެވިފައިވާ ދެތުންފަތުގެ އެތެރޭ ކައިރީގައެވެ. ގޮށްލުމަކީ ވެސް ވެދާނެގޮތެކެވެ. ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ އިތުރު އެހެނިހެން އުދަގޫތައް ކުރިމަތި ކުރުވައެވެ.

ނިންމުން

ކުރިން ވެސް ބަޔާންކުރިހެން ޖިންސީ ގުޅުމުން އަރާބަލިތައް ދިވެހި މުޖުތަމައުގައި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމުގައި ޞިއްހީ ދާއިރާތަކުން ހާމަކުރެއެވެ. މުޖުތަމައުގެ ކޮންމެ މީހަކީ ވެސް އަމިއްލަ ފަރުދެއް ކަމުން އެމީހެއްގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގައި އެންމެ ފުރިހަމަ ދައުރެއް އަދާކުރެވޭނެ ފަރާތަކީ އެމީހާގެ އަމިއްލަ ނަފުސުކަން ޔަގީނެވެ. އެހެން ކަމުން މިފަދަ ބަލިތަކުން ތިމާގެ ހަށިގަނޑު މިންޖުކޮށް ރައްކާތެރިވުމަށް އޮތް އެންމެ މޮޅު ފަރުވާ އަކީ ބަލިތައް ފެތުރިގެން ދިއުމަށް ވާގިދޭ ކަންކަމާއި ދުރުހެލިވުން ކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. ހުން އަންނާނެ ކަމަށް ރަޖާލުމަށް ވުރެ މޮޅު ގޮތެއް ނޯންނާނެ އޭ ބުނާ އުސޫލުންނެވެ.

ޖިންސީ ގުޅުމުން އަރާބަލިތަކުން ރައްކާތެރިވެ، ހުރުމަށް ޖުމްލަގޮތެއްގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އިސްލާމީދީނުގެ ހަމަތަކާއި އުސޫލްތަކުގެ މަތީން ތިމާގެ އަމަލުތައް ބެހެއްޓުމާއި، ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރު ކުރުމާއި، އަދި ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުމާއި، މިފަދަ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި އެބައްޔަކަށް ފަރުވާ ލިބިގަތުމާއި އަދި މިނޫނަސް ތަފާތު އެތައް ކަންތައްތަކެއް ހިމެނެއެވެ.

މާތްﷲ އަޅުގަނޑުމެންގެ ދިވެހި މުޖުތައު މިފަދަ ނުރައްކާތެރި ބަލިތަކާއި އާފަތްތަކުން މިންޖުކުރައްވައި ދުޅަހެޔޮ ޞިއްޙަތެއްގެ ބަޔަކު ދިރިއުޅެމުންދާ މުޖުތައުއެއް ކަމުގައި ލައްވާށި! އާމީން.

* މަޒުމޫނުގައި ބޭނުންކުރެވިފައިވާ ބައެއްބަސްތަކާއި އޭގެ އިގިރޭސި ލަފުޒުތައް

ބަލި ޖައްސާ ޖަރާސީމް  ބަސް

އިގިރޭސި ބަސް

 ބަސް
Vagina

އަންހެނާގެ ޖިންސީ ގުނަވަން

Penis

ފިރިހެނާގެ ޖިންސީ ގުނަވަން

Ovary

ބިސް އުފައްދާތަން

Seminal
Vesicle
ދަރިފަނި ރައްކާކުރާ ތަން
Clitoris

ކުޅަނދިލި

Prostate
Gland

ޕްރޮސްޓޭޓް ގްލޭންޑް

Fallopion
Tube

ބިސް ދަތުރުކުރާ ހޮޅި

Vas
Deferens

ދަރިފަނި ދަތުރުކުރާ ހޮޅި

Uterus

ރަހިމް

Testis

އޮށް

Cervix

ރަހިމުގެ ދޮރު

Scrotom

އުރަވަޅި

Urethra

ކުޑަކަމުދާ ހޮޅި

Rectum

ފުރަގަސް ފަރާތް

Urinary
Bladder

މަސާނާ

Anus

ފުރަގަސް ފަރާތު ދޮރު

Groin

އުކުޅުވަޅު

Epididymis

ދަރިފަނި ދަތުރުކުރާހޮޅީގެ ފެށޭ ބައި(އޮށާއި ތަތްވެފައި އޮންނަ)

Kidney

ގުރުދާ

Mucus
Membrane

ތެތްދުލިފަށް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.