ހުކުރު20181102

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ފުއްޕާމޭގެ ކެންސަރު : ދުންފަތުގެ މިތުރު

ފުއްޕާމޭގެ ކެންސަރު : ދުންފަތުގެ މިތުރު

lung cancerއެންމެ ޢާއްމުކޮށްޖެހޭ ކެންސަރުތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ލިސްޓުކުރެވެނީ ދެވަނައަށެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް، ފުއްޕާމޭގެ ކެންސަރު ޖެހެމުން އަންނަކަމަށް ފާހަގަކުރެވިފައިވެއެވެ. 1940 ވަނަ އަހަރުގައި، ފުއްޕާމޭގެ ކެންސަރުޖެހިފައި ތިބި އަންހެނުންގެ ރޭޓު އުޅުނީ ކޮންމެ 100،000 އަކުން 7 ގައެވެ. ނަމަވެސް މިހާރު މިރޭޓު އުޅެނީ ކޮންމެ 100،000 އަކުން 42 ގައެވެ. މިކެންސަރު ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ދުންފަތުގެ އިސްތިޢުމާލުކުރުންކަމަށް، ހުރިހާ ދިރާސާއަކުންހެން ވަނީ ފާހަގަކުރެވިފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން، ނުވަތަ މަދުކުރުން، މިބަލިޖެހުމަށް އޮންނަ ފުރުޞަތު މަދުވާކަމަށްވެސް ވަނީ ހާމަވެފައެވެ.

ފުއްޕާމޭގެ ކެންސަރުގެ ދެބާވަތެއްވެއެވެ. އެއީ ކުދިސެލްތަކުގެ ކެންސަރާއި،(ސްމޯލް ސެލް ލަންގުކެންސަރ ) ކުދިނޫން ސެލްތަކުގެ( ނަންސްމޯލް ސެލް ލަންގުކެންސަރ ) ކެންސަރެވެ.

ބަލިޖެހިފައިވާ މިންވަރެއްގެ ބޮޑުކަމާއި، ފަރުވާކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް ބެލެނީ، ކޮންމެ ވައްތަރެއްގައިވެސް، ކެންސަރުޖެހުމުން ހުންނަ ޓިއުމަރ ގެ ވައްތަރުތައް ދިރާސާކުރުމަށްފަހުގައެވެ. ފުއްޕާމޭގެ ކެންސަރުގެ ގިނަ ޙާލަތްތަކުގައި، ކެންސަރު ވަރަށް އަވަހަށް ފެތުރިގެންދެއެވެ. މިއީ ވަރަށް މުހިއްމު ގުނަވަނަކަށް ވުމާއިއެކު، ފުއްޕާމޭގެ ކެންސަރުއޭގެ ކުރީކޮޅުގައިދެނެގަނެ، އެކަމަށް ފަރުވާކުރުމަކީ މުހިއްމުކަމެކެވެ.

ބަލިޖެހުމުގެ ފުރުޞަތު އެންމެބޮޑީ ކޮންބަޔަކަށް؟

ޢުމުރުގެ ފުރާއަށް ބަލާއިރު، މިބަލިޖެހުމުގެ ނުރައްކާ އެންމެބޮޑަށް އުޅެނީ، 60 އާއި 65 ދޭތެރޭގައެވެ. އަންހެނުންނަށް ބަލާއިރު ވަކިން ޚާއްޞަކޮށް 70 އަހަރުގެ މީހުން ފާހަގަކުރެވެއެވެ. ދުންފަތުގެ ބޭނުންކުރާ މީހުންނަށް ، ފުއްޕާމޭގެ ކެންސަރުޖެހުމަށް އޮންނަ ފުރުޞަތު، އޭގެ ބޭނުންނުކުރާ މީހުންނަށް އޮންނަ ވަރަށް ވުރެ، 10-17 ގުނައާއި ދެމެދު މިންވަރަކަށް އިތުރެވެ. އަދި މިކަމުގެ ނުރައްކާތެރިކަން، ދުވާލެއްގެ މައްޗަށް ދުންފަތުގެ ބޭނުންކުރާ މިންވަރު އިތުރުވާވަރަކަށާއި، އެކަން ކުރަމުން އަންނަ މުއްދަތު އިތުރުވާ މިންވަރަކަށް ބޮޑުވެއެވެ. ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި، އެފްރިކާ-އެމެރިކާ ނަސްލުގެ މީހުންގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ޖެހޭމިންވަރު އެނޫން މީހުންނަށްވުރެ އިތުރެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ ތަންތަނުގައި، އޭގެ ދުމުގެ އަސަރުކުރާ ފަށުގައި ތިބޭމީހުންނަށް، ކެންސަރުޖެހޭކަމަށް ބެލެވޭ މިންވަރު އުޅެނީ، އެނޫން މީހުންނަށްވުރެ، 30 އިންސައްތަ މަތީގައެވެ. އަދި ސިގެރެޓްބޮއިފައި އަނގައިން ދޫކޮށްލާ ދުމަށް ހުށަހެޅުމަށްވުރެ، ސީދާ ސިގެރެޓުން އަރަމުންދާ ދުމުން އަސަރުކުރާ ފަށުގައި ތިބޭމީހުންނަށް އެކަމުން ލިބޭ ގެއްލުން ބޮޑުކަމަށް ބެލެވެއެވެ.

ޖައްވުނުސާފުވުމާއި، ގޭސްތަކުން ކުރާ އަސަރުން، ކެންސަރުޖެހޭ ނިސްބަތް އެހާ ބޮޑުނޫންކަމުގައިވިޔަސް އެއީވެސް ކެންސަރުޖެހުމަށް މެދުވެރިވެދާނެ ސަބަބެކެވެ. މިސާލަކަށް އަލިފާންނުހިފާ ވައްތަރުއެއްޗެހި ހެދުމަށް ބޭނުންކުރާ މާއްދާއެއްކަމުގައިވާ، އެސްބެސްޓޯސްބޭނުންކޮށްގެން ތަކެތިއުފައްދާ ކާރުޚާނާއެއްގައި، މަސައްކަތްކުރާ މީހަކަށް، ފުއްޕާމޭގެ ކެންސަރު ޖެހިދާނެކަމަށް ބެލެވޭ މިންވަރު އާދައިގެ ތަންތާގައި މަސައްކަތްކުރާ މީހުންނަށްވުރެ 5 ގުނަ އިތުރެވެ.

ޢަލާމާތްތައް

ގިނަ ޙާލަތްތަކުގައި، ކެންސަރުގެ ޢަލާމާތްތައް ފެންނަން ފަށަނީ، ބަލިޖެހޭތާ، ނުވަތަ ކެންސަރު ފެތުރެންފެށޭތާ ގިނަދުވަސްތަކެއް ފަހުންނެވެ. ކެންސަރުގެ ސަބަބުން، ފުއްޕާމެއަށް ބަދަލުތައް ގެންނަން ފެށުމުން ފެންނާނެ ކަންކަން ތިރީގައި އެވަނީއެވެ.

- މާއަވަހަށް ވަރުބަލިވުން

- މޫނު ނުވަތަ ކަނދުރާ ދުޅަވުން

- ކުއްލިކުއްލިއަށް ބޮލުގައިރިއްސުން

- ކަރުތެރެހަރުވުން

- ކަށީގައި ރިއްސުން

- މާބޮޑަށް ލުއިވުން

- ކާހިތްނުވުން

- މެޔާއި، ކޮނޑާއި، އަތުގައި ރިއްސުން

- ނިއުމޯނިޔާޖެހުން ތަކުރާރުވުން، ނުވަތަ ވައިނޮޅީގެ ދެކަފި ( ބްރޮންކައި) ދުޅަވުން

- ކެއްސުން، އަދި ކެއްސާއިރު އަންނަ އަރިދަފުހުގައި ލޭހުރުން

- ނޭވާލުމަށް އުނދަގޫވުން ( ނޭވާލާއިރު، ތުމުން ފުމޭ ކަހަލަ އަޑެއްހުރުން)، ނޭވާކުރުވުން،

ފުރަތަމަކޮޅުގައި ބަލިދެނެގަތުން

ފުއްޕާމޭގެ ކެންސަރު ދެނެގަތުމަށް ވަކި ޤަވާޢިދަކުން ކުރެވޭ ޓެސްޓުތަކެއް ނުހުރެއެވެ. ނަމަވެސް، އެކްސް-ރޭ އިންނާއި، އަރިދަފުސް ޓެސްޓުކޮށްގެން، ކެންސަރު ޖެހިފައިހުރިކަން ތަންކޮޅެއް ކުރީބައިގައި ހޯދިދާނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރާކަމަށްވާނަމަ، މިޓެސްޓުތައް ކުރުމަށް ޑޮކްޓަރުން އިރުޝާދުދެއެވެ. ފުއްޕާމޭގެ ކެންސަރަށް ޝައްކުކުރެވޭނަމަ، އެކަން ބެލުމަށް އެންމެފުރަތަމަވެސް، ކުރެވޭ ކަމަކީ އެކްސްރޭ ނެގުމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.