އަންގާރަ20180925

އާކުރެވުނީ: 08:43:52

ކްލަމީޑިއާ (Chlamydiae)

std-chlamydiaކްލަމީޑިއާ އަކީ ކޮބާ ؟

މިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamydiae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. މިބައްޔާއި މެދު ބެލެވިފައިވަނީ ''ހިމޭން'' ނުވަތަ ''މައިތިރި'' ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ 4ބައިކުޅަ 3ބައި އަދި ފިރިހެނުންގެ ދެބައިކުޅައެއްބައި މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ދާތީއެވެ. އަލާމާތްތައް ފެންނަ ނަމަ 1-3ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.

ކްލަމީޑިއާ ޖެހެނީ ކިހިނެއް؟

މިބަލި ޖެހެނީ އެއްވެސް ސިފައެއްގައި (ފުރަގަސްފަރާތް / ކުރިމަތި ފަރާތް / އަނގަ ބޭނުންކޮށްގެން) ބަލިޖެހިފައިވާ މީހަކާއި ޖިންސީ ގުޅުން ހިންގުމުންނެވެ. ވިހެއުމުގެ ތެރޭގައި ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ވެސް މިބަލި ޖެހިދާނެއެވެ. މިބަލީގެ އޯގަނިޒަމް ހަށިގަނޑަށް ވަންނަނީ ހަންގަޑާއި އަދި ތެތް ދުލިފަށްތައް ހުރަސްކޮށެވެ.

ކްލަމީޑިއާ ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

ފިރިހެނުންނަށް މިބަލި ޖެހުމުން ކުޑަކަމުދާހޮޅީގެ ކުރީބައި ހަލާކުވެ، އެހޮޅި ފިތޭގޮތް މެދުވެރިވެއެވެ. އަދި ކުރިމަތި ފަރާތުން ދޮސް އެކުލެވޭ ފެން ނުވަތަ ކިރުކުލައިގެ ދިޔަ އަންނަގޮތް ވެއެވެ. ކުޑަކަމުދާއިރު ރިއްސުން، އަދި ކުޑަކަމުދާ ދޮރުގެ ވަށައިގެންވާ ހިސާބުގައި ހިރުވައި ދިލަނެގުން ވެސް ކުރިމަތި ކުރުވައެވެ. އުރަވަޅި ދުޅަވެ، ތަދު އިހްސާސްވުން މަދުން ނަމަވެސް ކުރިމަތިވެއެވެ.

އަންހެނުންނަށް މިބަލިޖެހުމުން ރަހިމުގެ ކަރުގައި ނުވަތަ ދޮރު ހަލާކުވުން، ބިސްދަތުރުކުރާހޮޅި ހަލާކުވުން، އަދި ކުޑަކަމުދާހޮޅި ހަލާކުވުން، ކުޑަކަމުދާއިރު ދިލަނެގުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާހޮޅި އަށް އިންފެކްޝަން ވާސިލްވުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުވަތަ ނިޝާނެއް ނުފެނި ހިގައިދާނެ އެވެ. އަނެއް ބައި މީހުންނަށް ދަށްބަނޑުގައި ރިހުން، އުނަގަނޑާއި ހިސާބުން ބުރަކަށީގައި ރިހުން، ހުންއައުން، މޭނުބައިކުރުން، އަދި ޖިންސީގުޅުން ހިންގާއިރު ތަދުވުން، ފަދަ ކަންތައް ކުރިމަތި ވެއެވެ.

ކްލަމީޑިއާ އާއި ގުޅިގެން ކުރިމަތިވެދާނެ އެހެނިހެން ބައެއް އުދަގޫތައް

ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އަންހެނުންނަށް ''ޕެލްވިކް އިންފްލެމޭޓަރީ ބަލި'' ކިޔާ ބައެއްޔެއް މެދުވެރި ކުރުވައެވެ. މިބަލި ޖެހެނީ އިންފެކްޝަން ރަހިމް އަދި ބިސްދަތުރުކުރާ ހޮޅިއަށް ވާސިލްވުމުންނެވެ. ނަތީޖާއެއްގެ މިބުނި ބައިތަކާއި އޭގެ ވަށައިގެންވާ ޓިޝޫތަކަށް ގެއްލުންދީ ހަލާކުކޮށް ލައެވެ. މިކަމުގެ ސަބަބުން ދިގުމުއްދަތަކަށް އުނަގަނޑު ހިމެނޭ ހިސާބުގައި ރިއްސުން، ރަހިމުން ބޭރުގައި ކުއްޖާ އަށަގަތުން، އަދި ދަރިން ނުލިބޭގޮތް މެދުވެރި ކުރުވައެވެ.

ފިރިހެނުންނަށް މިފަދަ އިތުރު އުދަގޫތައް ކުރިމަތިވާލެއް މަދެވެ. ޕްރޮސްޓޭޓް ދުޅަވުމުގެ އިތުރުން ބައެއްފަހަރު އެޕިޑިޑައިމިސް އަށް ބަލީގެ އަސަރު ފޯރުމުން ހުންއައުން ފަދަ ކަންތައް މެދުވެރިވެއެވެ. މަދުން ނަމަވެސް އެކަމުގެ ސަބަބުން ދަރިން ނުލިބޭގޮތް މެދުވެރި ވެއެވެ.

ކްލަމީޑިއާ އިން ރައްކާތެރިވާނީ ކިހެނެއް؟

އަންނަނިވި ކަންތަކަކީ ކްލަމީޑިއާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- މަދުވެގެން އަހަރަކު އެއްފަހަރު ކްލަމީޑިއާ ހުރިތޯ ބެލުމަށް ސްކްރީންކުރުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.