ހުކުރު20201127

އާކުރެވުނީ: 08:43:52

ޝެންކްރޮއިޑް (Chancroid)

std-chanchroޝެންކްރޮއިޑް އަކީ ކޮބާ؟

މިއީ ''ހީމޯފިލަސް ޑުކްރެއި''(Haemophilus ducreyi)އޭ ކިޔޭ ބެކްޓީރިއާ އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބަލިޖެހޭތާ 4-14ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ.

ޝެންކްރޮއިޑް ޖެހެނީ ކިހިނެއް؟

ބަލިޖެހެނީ ބަލިޖެހިފައިވާ މީހަކާއި އެކު ޖިންސީ ގުޅުން ހިންގުމުން ނުވަތަ ބައްޔާއި ގުޅިގެން ޖިންސީ ގުނަވަނުގައި އުފެދޭ ފާރުކޮޅުގައި ބީހުމުންނެވެ. އަންހެނުންނަށް މިބަލީގެ އަލާމާތްތައް ނުފެންނާތީ ފަހަރެއްގައި ބަލިޖެހިފައި ހުރިކަން ނޭގިދިއުމަކީ ވެސް ވެދާނެގޮތެކެވެ.

ޝެންކްރޮއިޑް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟

މިބަލި ޖެހުމުން ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅުތަކެއް އުފެދެއެވެ. ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަ ގޮތްވެއެވެ. އުކުޅުވަޅު ގައި ގޮށްލުން އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާގޮތް ވެއެވެ. އާންމުގޮތެއްގައި ގޮށްލަނީ ކޮންމެ ވެސް އެއްފަރާތެއްގެ އުކުޅު ވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅު ގައިވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ.

ޝެންކްރޮއިޑް އިން ރައްކާތެރިވާނީ ކިހެނެއް؟

އަންނަނިވި ކަންތައްތަކަކީ ޝެންކްރޮއިޑް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.

- އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން

- ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން

- ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން

- އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.