ހޯމަ20180924

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް ކެންސަރާއި، އިންސާނުންނާއި ހުރީ ކޮންގުޅުމެއް؟

ކެންސަރާއި، އިންސާނުންނާއި ހުރީ ކޮންގުޅުމެއް؟

cancer-insaanunna-huree-kon-gulhumeiސ: ކެންސަރު ޖެހެނީ ކޮން އުމުރެއްގެ މީހުންނަކަށް ހެއްޔެވެ؟

ޖ: ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް 50ން މަތީގެ މީހުންނަށް ކެންސަރު ޖެހޭ މިންވަރު އިތުރުކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.

ސ: ކެންސަރު ޖެހެނީ އަންހެނުންތަ؟ ނުވަތަ ފިރިހެނުންނަށް ހެއްޔެވެ؟

ޖ: ދެޖިންސުގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް ބައެއް ވައްތަރުގެ ކެންސަރު އަންހެނުންނަށް ގިނައިން ޖެހޭއިރު އަނެއްބައި ވައްތަރުގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ. މިސާލަކަށް ބުނާނަމަ ފުއްޕާމޭގެ ކެންސަރާއި، އަގައިގެ ކެންސަރު ފިރިހެނުންނަށް ޖެހޭ ނިސްބަތް އިތުރެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރާބުއިން ފަދަ އަމަލު ތަކަކީ އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުންގެ ތެރޭގައި ފެތުރިފައިވާ ކަންކަމަށް ވާތީއެވެ. އުރަމަތީގެ ކެންސަރު ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޖެހޭ ނިސްބަތް އިތުރެވެ. ހަމަމިހެން ތައިރޮއިޑް ގްލޭންޑްގެ ކެންސަރު ވެސް އަންހެނުންގެ ތެރޭގައި މަތިކަމަށް ފާހަގަކުރެވެއެވެ.

ސ: ކެންސަރު ޖެހެނީ ވަކި ނަސްލެއްގެ މީހަކަށް ހެއްޔެވެ؟ ނުވަތަ ވަކި ކުލައެއްގެ މީހަކަށް ހެއްޔެވެ؟

ޖ: ހުރިހާ ނަސްލެއްގެ އަދި ހުރިހާ ކުލައެއްގެ މީހުންނަށް ވެސް ކެންސަރު ޖެހެއެވެ. ނަމަވެސް ބައެއް ބާވަތުގެ ކެންސަރު ވަކި ނަސްލެއްގެ މީހުންގެ މެދުގައި ގިނަވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ހަމުގެ ކެންސަރު ހަންގަޑުން ދޮން ނުވަތަ ކުލައަލި މީހުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ''ރަހިމުގެ ކަރު''ގައި ކެންސަރު އުފެދޭ ނިސްބަތް ދޮންމީހުންނަށް ވުރެ ކަޅު މީހުންގެ މެދުގައި ގިނަކަން ފާހަގަ ކުރެވިފައި ވެއެވެ.

ސ: ޒަވާޖީ ހަޔާތެއް ފެށުމާއި، ޒަވާޖީ ހަޔާތެއް ނުފަށައި ހުރުމާއި، ކެންސަރާއި ހުރީ ކޮންގުޅުމެއް؟

ޖ: ޒަވާޖީ ހަޔާތެއް ފަށައި ދަރިން ހޯދައިގެން ތިބޭ އަންހެނުންނަށް ވުރެ، މީހަކާއި ނީދެ ތިބޭ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ތަޖުރިބާކާރުން ބުނެއެވެ. ހަމަމިހެން ތިމާގެ ދަރިފުޅަށް ގާތުންކިރުދޭ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ސ: ކެންސަރަކީ ވާރުތަ ކޮށްފާނެ ކަމެއްތަ؟

ޖ: ބައެއް ވައްތަރުގެ ކެންސަރާއި، ކްރޯމޮސޯމްއަށް ލިބިފައި ހުރި ގެއްލުމަކާއި ގުޅުން ހުރެދާނެ ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

ސ: ދިރިއުޅުމުގެ ހާލަތާއި ކެންސަރާއި ހުރީ ކޮންގުޅުމެއް؟

ޖ: ބައެއް ބާވަތުގެ ކެންސަރަކީ މެދުފަންތީގެ ނުވަތަ އާދައިގެ މިންވަރެއްގައި ދިރިއުޅުމުގެ ހާލަތު ހުންނަ މީހުންނަށް ޖެހޭ ކެންސަރެކެވެ. ބައެއް އެހެނިހެން ވައްތަރުގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންނަށް ޖެހޭކަން ފާހަގަކުރެވެއެވެ. މިސާލަކަށް ހަމުގެ ކެންސަރު، އަދި ބަނޑުގެ ކެންސަރު ޖެހޭ މިންވަރު މެދުފަންތީގެ ނުވަތަ އެއަށްވުރެ ދިރިއުޅުމުގެ ފެންވަރު ދަށް އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަން ފާހަގަ ކުރެވެއެވެ. އުރަމަތީގެ ކެންސަރު މުއްސަދި ނުވަތަ ދިރިއުޅުމުގެ ފެންވަރު މަތި އާއިލާތަކުގެ މީހުންގެ މެދުގައި ގިނަކަމަށް ފާހަގަ ކުރެވެއެވެ.

ސ: އަހަރެމެން ކުރާ މަސައްކަތާއި، ކެންސަރާއި ހުރީ ކޮންގުޅުމެއް؟

ޖ: ދަނޑުވެރިންނާއި، ގިނައިން އަބަދު ކަނޑުމަތީގައި އުޅޭމީހުންނަށް ( ގިނަ ވަގުތު އަވީގެ ތެރޭގައި ހޭދަކުރާ ) ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. ނޭފަތާއި، ކާތަކެތި ހިގާހޮޅީގެ މަތީބަޔަށް ކެންސަރު ޖެހުމުގެ ފުރުސަތު ކާޕެންޓްރީ ފަދަ ތަންތަނުގައި މަސައްކަތްކުރާ މީހުންނަށް ބޮޑެވެ.

ސ: ބައެއް އާދަތަކާއި، ކެންސަރާއި ގުޅުން ހުރީ ކިހިނެއް؟

1- ދުންފަތުގެ އިސްތިއުމާލު ކުރުން: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

2- ރާބުއިން: ރަލާއި، ރާއެކުލެވޭ ބުއިންތައް ބޭނުންކުރުމަކީ އަގައިގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށް ދޭ ކަމެކެވެ.

3- ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ: މާގިނައިން ކުޅި ނުވަތަ ހަވާދު އެކުލެވޭ ކާނާ ބޭނުންކުރުމަކީ އަގަޔާއި، ބަނޑާއި، އަދި ކާތަކެތި ހިގާހޮޅިއަށް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

4- ގާތުން ދިނުން: ގާތުން ދިނުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

5- ޚިތާނު ކުރުން: ޚިތާނުކުރުމަކީ ފިރިހެންހަށީގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

ސ: ބައެއް ކަހަލަ ކެމިކަލް މާއްދާތަކާއި، ކެންސަރާއި ގުޅުމެއްވޭތަ؟

1- ސިގިރެޓްގައި ހުންނަ ''ޓޮބާކޯ''އޭ ކިޔޭ މާއްދާއަކީ ފުައްޕާމެޔާއި، އަގަޔާއި، ފުރަމޭ އަދި ކުޑަކަމުދާ ނިޒާމުގެ ބައިތަކަށް ކެންސަރު ޖެހުމުގެ ސަބަބެއް ކަމުގައި ބެލެވެއެވެ.

2- ''ފަންގަސް'' އިން އުފެދޭ ކެމިކަލް ބާވަތެއް ކަމުގައިވާ ''އަފްލަޓޮކްސިން'' އަކީ ފުރަމޭގެ ކެންސަރު ޖެހުމުގެ އެހީތެރިވެދޭ މާއްދާއެއް ކަމުގައި ތަޖުރިބާކާރުން ހާމަކުރެއެވެ.

3- ހޯރމޯން: އެސްޓްރޯޖެން އަކީ ''އެންޑޯމީޓްރިއަމް''( ރަހިމުގެ އެތެރެން ލެވިފައިވާ ތުނި ދުލިފަށަލަ )ގެ ކެންސަރުޖެހުން އިތުރުކޮށްދޭ ހޯރމޯން އެކެވެ. އެންޑްރޯޖެން އަކީ ފުރަމޭގެ ކެންސަރު ޖެހުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ.

4- ބައެއް ބާވަތުގެ ފޮނިކާނާ މާގިނައިން ބޭނުން ކުރުމުން މަސާނާ ކެންސަރު ފަހަރުގައި ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

5- އެސްބެސްޓޯޒް އޭ ކިޔޭ ކެމިކަލް މާއްދާއަކަށް ހުށަހެޅުމަކީ ފުައްޕާމެޔާއި، އޭގެ ވަށައިގެންވާ ފަށަލައަށް ކެންސަރު ޖެހުމުގައި އެހީތެރިވެދޭ ކަމެކެވެ. ހަމަމިހެން ''ނިކެލް'' އަދި ''ކްރޯމިއަމް'' އަކީ ވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގައި އެހީވެދޭ މާއްދާތަކެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.