ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބަލި ވާރުތަވުން

އަލްޒައިމާ ބަލި: ބަލި ވާރުތަވުން

alzheimer-vaarutha* ބަލި ވާރުތަވުން ކުރިމަތިވަނީ ކިހިނެއް؟
* ބަލި ވާރުތަ ވޭތަ؟
* ބަލި ވާރުތަ ވުމުގައި ވިރާސީ ޢިލްމުގެ ދައުރު

ބަލީގެ ދިރާސާތައް ހަދަމުންދާ މީހުންނަށް ވެސް އަދިވެސް ބަލިމެދުވެރިކުރުވާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ވާރުތަކުރުވާ ބައެއް ކަންތައްތަކާއި، އަދި އެހެނިހެން ބައެއް ކަންތައްތައް ގުޅިގެން ބަލީގެ އުދަގޫ މެދުވެރި ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. މައިންބަފައިން ގެ ކިބައިން ދަރިންނަށް މިބަލި ވާރުތަ ވުމަކީ ވެދާނެ ކަމެކެވެ. އަދިވެސް މިކަމާއި ގުޅޭ އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ.

މިބަލި ވާރުތަވުން ކުރިމަތިވަނީ ކިހިނެއް؟

ސަލާމަތުން ހުރި ކޮންމެ މީހެއްގެ ހަށިގަނޑުގައި 23 ޖޯޑަށް އެތުރިފައި ހުރި 46 ކްރޮމޯސޯމް އެކުލެވިގެންވެއެވެ. އާންމުގޮތެއްގައި ކޮންމެ ޖޯޑެއްގައި ހިމެނޭ ދެ ކްރޮމޯސޯމް އިން އެއް ކްރޮމޯސޯމް ލިބެނީ ބައްޕަގެ ފަރާތުންނެވެ. އަނެއް ކްރޮމޯސޯމް މަންމަގެ ފަރާތުންނެވެ. ކޮންމެ ކްރޮމޯސޯމް އެއްގައި ''ޑީއެންއޭ'' ރޮދިފަށެއް ކަހަލަ ދިގު ދެ ''ސްޓްރޭންޑް'' އުފައްދައެވެ. މައިންބަފައިންގެ ކިބައިން ވާރުތަވާ ސިފަތައް ވިރާސީ ''ބަހާ''(Gene) ތަކެއްގެ ގޮތުގައި ރައްކާކުރެވެނީ މި ބުނި ސްޓްރޭންޑް ތަކުގައެވެ.

ވާރުތަވާ ކަންތައްތައް އުފުލާ އެންމެ އަސާސީ ޔުނިޓަކީ ''ވިރާސީ ބަހާ'' އެވެ. ކޮންމެ ބަހާއެއް ވެސް ހަށިގަނޑުގައި އޭގެ ޒާތުގައި ޚާއްޞަ ޕްރޮޓީންތަކެއް އުފެއްދުމަށް ސެލް އަށް ކެމިކަލް އިންސްޓްރަކްޝަން ތައް ދެއެވެ.

އަލްޒައިމާ ބަލި ވާރުތަވޭތަ؟

ވިރާސީ އިލްމުގައި ހެދިފައިވާ ދިރާސާތައް ހެކިދޭގޮތުގައި އަލްޒައިމާ ބައްޔާއި، ތަފާތު 4 ކްރޮމޯސޯމް އެއްގައި ހިމެނޭ ބަހާ ތަކާއި، ގުޅުމެއްވެއެވެ. އެ ކްރޮމޯސޯމް ތަކަކީ ކްރޮމޯސޯމް 1، 4 ، 19، 21 މި ނަންބަރު ތަކުގެ ކްރޮމޯސޯމް ތަކެވެ.

ކްރޮމޯސޯމް ނަންބަރު 19 ގައި ހިމެނޭ ''އެޕޯއީ ބަހާ''(APOE- gene) އާއި، ލަހުން ދިމާވާ އަލްޒައިމާ ބަލި (ލޭޓް އޮންސެޓް އަލްޒައިމާ ބަލި'' އާއި ގުޅުމެއް ވާކަމަށް ވަނީ ފާހަގަވެފައެވެ. ވަރަށް ގިނަ ދިރާސާތަކުން ހާމަވެ، ޔަގީންވެފައިވާ ގޮތުގައި ވަކިވައްތަރެއްގެ ''އެޕޯއީ ބަހާ'' ( އެޕޯއީ-4 ) ހުރުމަކީ އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި އަލްޒައިމާ ބަލީގެ އުދަގޫ ކުރިމަތި ވުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

އަޖާއިބު ވާންޖެހޭ އަނެއްކަމަކީ ބައެއް މީހުންނަށް ''އެޕޯއީ-4'' ވާރުތަވެފައި ހުރިނަމަވެސް އަލްޒައިމާ ބަލި ކުރިމަތިނުވެ، ހިގައިދާނެ ކަމެވެ. އަދި އަނެއް ބަޔަކަށް ''އެޕޯއީ-4'' ވާރުތަ ވެފައި ނެތްނަމަވެސް އަލްޒައިމާ ބަލި ކުރިމަތި ކޮށްދާނެ ކަމެކެވެ. އެހެންކަމާއެކު ޖުމްލަގޮތެއްގައި ''އެޕޯއީ'' އަކީ ވެސް ކަނޑައެޅިގެން އަލްޒައިމާ ބަލި މެދުވެރިކުރުވާ ކަމެކޭ ބުނެވޭކަން ނެތެވެ.

އަލްޒައިމާ ބަލި ވާރުތަވުމުގައި ވިރާސީ ޢިލްމުގެ ދައުރު

ބައެއް އާއިލާތަކުގެ ތެރޭގައި އަލްޒައިމާ ބަލި އިތުރުކަން ފާހަގަ ކުރެވެއެވެ. އާންމު ގޮތެއްގައި އަވަހަށް ދިމާވާ އަލްޒައިމާ ބަލި ''އާރލީ އޮންސެޓް އަލްޒައިމާ ބަލި'' ބައެއް އާއިލާތަކުގެ ތެރޭގައި އާންމު ކަމަށް ދިރާސާތައް ދައްކައެވެ.

މިގޮތަށް ބަލިހުރި އާއިލާތަކުގެ މީހުންގެ ޑީއެންއޭ ޓެސްޓްކޮށް ހޯދުމުން އެގުނީ އެފަދަ މީހުންގެ 21 ނަންބަރު ކްރޮމޯސޯމް ގެ އެއް ބަހާގައި އައިބެއް ހުންނަ ކަމެކެވެ. އަދި މިއައިބާއި، އުމުރު ކުރީކޮޅު ދިމާވާ އަލްޒައިމާ ބައްޔާއި ވަރަށް ބޮޑަށް ގުޅިފައިވާކަން ވަނީ އެގިފައެވެ. މިފަހަކަށް އައިސް ވަނީ އަލްޒައިމާ ބައްޔާ ގުޅުން ހުރި ބަހާތައް ކްރޮމޯސޯމް ނަންބަރު 1، އަދި 14 އިން ވެސް ފެނިފައެވެ.

21 ނަންބަރު ކްރޮމޯސޯމްގެ މިބުނި ބަހާއަށް އަލްޒައިމާ ބަލީގެ ދިރާސާކުރާ ފަރާތްތައް ޝައުގުވެރިވި އަނެއް ސަބަބަކީ ''ޑައުން ސިންޑްރޯމް'' (Down syndrome) ކިޔާ ބައްޔާއި، މި ކްރޮމޯސޯމް އާއި ހުރި ގުޅުމެވެ. ޑައުން ސިންޑްރޯމް އަހުލުވެރިންގެ 21 ނަންބަރު ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް އުފެދުމުގައި އިދެއެވެ. މިފަދަ މީހުން ދުވަސްވަމުން އަންނަ ވަރަކަށް ސިކުނޑީގައި އައިބުތައް އުފައްދައެވެ. އަދި އެއައިބުތަކާއި، އަލްޒައިމާ ބަލި ޖެހިފައި ތިބޭމީހުންގެ ސިކުނޑީގައި އުފެދޭ އައިބުތަކާއި، އެއްގޮތް ކަމެއް ހުރެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.