ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބައްޔާއި ގުޅޭ ދިރާސާތައް

އަލްޒައިމާ ބަލި: ބައްޔާއި ގުޅޭ ދިރާސާތައް

alzheimer-dhiraasaaބައްޔާއި ގުޅޭ ދިރާސާތައް

މިބައްޔަށް ފަރުވާއެއް ހޯދުމަށާއި، ބައްޔާއި ގުޅޭ އެހެންކަންކަން ދެނެގަތުމަށް ކުރިން ބުނިހެން މިހާރުވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. ބޭހެއް އާންމުންނާއި ހަމައަށް އައުމުގެ ކުރިން އެބޭހަކުން ވާނެ ފައިދާއާއި، ގެއްލުން ބަލަން ޖެހެއެވެ. އަދި ބޭސް ދިގުމުއްދަތަކަށް ބޭނުންކޮށްފިނަމަ ލިބިދާނެ ގެއްލުންވެސް ދެނެގަންނަށް ޖެހެއެވެ.

އަލްޒައިމާ ބައްޔާއި ގުޅޭ ދިރާސާތައް ވަރަށްގިނަ ފަރާތްތަކުން ދަނީ ހަދަމުންނެވެ. މިގޮތުން ބޭސް އުފައްދާ ކުނފުނިތަކާއި، ބޮޑެތި ޔުނިވަސިޓީތަކާއި، ހޮސްޕިޓަލްތައް، އަދި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދައިފައި ހުންނަ ޖަމްޢިއްޔާ ތަކުން ދަނީ ދިރާސާތައް ކުރަމުންނެވެ.

މިދިރާސާތަކުގައި ބެލެމުންދަނީ ބައްޔާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމާއި، ބަލީގެ އުދަގޫތައް ކުޑަކުރެވިދާނެ ގޮތާއި، އަދި ބަލިން ރައްކާތެރިވެ، ބައްޔަށް ފުރިހަމަ ސިފައެއްގައި ފަރުވާ ކުރެވޭނެ ގޮތެއް އޮތްތޯ އެވެ.

ހެދެމުންދާ ބައެއް ދިރާސާތަކުގައި ބެލެމުންދަނީ ބައްޔަށް މަގުފަހިކުރާ ކަންތައްތައް އިތުރަށް ހޯދައި ދެނެގަތުމަށެވެ. އަދި އެކަންތައްތަކުގެ ސަބަބުން ބަލިމެދުވެރިވަނީ ކިހެނެއްތޯ ބެލުމަށެވެ. ހަމަމިހެން ބައްޔަށް ހުށަހެޅުން ކުޑަކުރެވިދާނެ ކަންތައްތަކަކީ ވެސް ކޮބައިތޯ ދަނީ ދިރާސާ ކުރެވެމުންނެވެ. މިކަންތައްތައް ދިރާސާ ކުރުމުގެ ބޭނުމަކީ ބަލީގެ ވާނުވާ ފުރިހަމައަށް ދެނެގަތުމެވެ. އެއީ ބަލި މެދުވެރިވާގޮތް ނޭގި، ބައްޔަށް ފަރުވާއެއް ހޯދުމަކީ އުދަގޫކަމަކަށް ވާނެތީ އެވެ.

މިހާރު ހެދެމުންދާ ދިރާސާތަކަކީ ކޮބާ؟

1- އަލްޒައިމާ ބައްޔާއި، ވާރުތަވުން: އަލްޒައިމާ ބައްޔާއި، ބަލި ވާރުތަވުމާއި ހުރިގުޅުން އިތުރަށް ބެލުމަށް ދަނީ ދިރާސާ ކުރެވެމުންނެވެ. މިދިރާސާގެ ބޭނުމަކީ:-

- އާއިލާގައި ބަލިޖެހިފައި ތިބި މީހުންގެ މައުލޫމާތު އެއްކުރުމާއި، ބައްޔަށް ބާރުފޯރުވާ ނަފްސާނީ އަދި އިޖްތިމާޢީ ކަންތައްތަކަކީ ކޮބައިތޯ ބަލައި ދެނެގަތުން.

- ބަލިމީހުން، އާއިލާގެ އެހެން މެންބަރުން އަދި ވޮލަންޓިއަރުންގެ ލޭގެ އަދި ޓިޝޫގެ ސާމްޕަލް ނެގުން: މިމައުލޫމާތުތައް އެއްކޮށް ދިރާސާކުރުމުން ބައްޔަށް ފަސޭހައިން ހުށަހެޅެނީ ވަކި ކަހަލަ މުޖުތަމައެއްގައި އުޅޭ ބަޔެއްތޯ ދެނެގަނެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތައް އުއްމީދު ކުރެއެވެ.

2- އަލްޒައިމާ ބަލިޖެހިފައި ތިބިމީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ނިއުރޯ ޓްރާންސްމިޓަރ ރިސެޕްޓަރ ހުރިމިންވަރު ބެލުން: ނިއުރޯ ޓްރާންސްމިޓަރ އަކީ ނާރު ސެލްތަކުގެ މެދުގައި މުއާމަލާތް ކުރުމުގައި ޒިންމާވާ ކެމިކަލްތަކެކެވެ. އެހެންގޮތަކަށް ބުނާނަމަ ސިކުނޑިން ނާރުތަކުގެ އެހީގައި ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޮނުވާ މެސެޖްތަކާއި، ސިގްނަލްތައް އުފުލައިދޭ ކެމިކަލްތަކެކެކެވެ. އަލްޒައިމާ ބަލި ޖެހިފައިތިބޭ މީހުންގެ ސިކުނޑީގައި އަސީޓައިލް ކޮލިން އޭ ކިޔޭ ނިއުރޯ ޓްރާންސްމިޓަރ މަދުކަންވަނީ ފާހަގަކުރެވިފައެވެ. ބަލިޖެހިފައިތިބޭ މީހުންގެ ހަށިގަނޑުގައި މިކެމިކަލްތައް މަސައްކަތްކުރާގޮތް އަޅާކިޔައިގެން، ބަލި މެދުވެރިވަނީ ކިހިނެއްކަން ދެނެގަނެވުމަކީ އެކަށީގެންވާ ކަމެކެވެ.

3- ނެފިރަސިޓަމް: މިއީ މިހާރު އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ޓެސްޓް ކުރެވެމުންދާ ބޭހެކެވެ. މިހާރު ބެލެމުންދަނީ މިބޭސް ބޭނުންކުރުމުން އަލްޒައިމާ ބަލީގެ ސަބަބުން ކުރިމަތިވާ ހަދާން ނެތުން، ވިސްނުންކޮށިވުން، ފަދަ ކަންތައްތަކަށް ޙައްލެއް ނުވަތަ ކުރިއެރުމެއް ލިބޭތޯ އެވެ.

4- އެމްޕްލެކްސް: މިއީވެސް މިހާރު އަލްޒައިމާ ބައްޔަށް ފަރުވާކުރުމަށް ޓެސްޓް ކުރެވެމުންދާ ބޭހެކެވެ. ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މިބޭސް ބޭނުންކުރުމުން ހަދާންނެތުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިއްބައިދެއެވެ.

5- މިލަޓޮނިން ހޯރމޯންގެ ދިރާސާ: މިއީ އަލްޒައިމާ ބައްޔާއި ގުޅިގެން ނިދުމަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ނުވަތަ ލުއިކުރުމަށް މިލަޓޮނިން ހޯރމޯން ގެ ބޭނުން ހިފިދާނެތޯ ބެލުމަށް ކުރެވޭ ދިރާސާ އެކެވެ.

6- އަލްޒައިމާ ބަލިން ރައްކާތެރިވެވޭނެގޮތެއް ހޯދުން: ބަލިން ރައްކާތެރިވެވޭނެ ގޮތެއް އޮތްތޯވެސް ދަނީ ބެލެމުންނެވެ. މިގޮތުން ބެލެމުންދަނީ އެސްޓްރޯޖެން ހޯރމޯން ބޭނުންކޮށްގެން އަލްޒައިމާ ބައްޔާއި ގުޅިގެން ހަދާން ނެތުމުގެ މައްސަލަ ކުރިމަތިވުން ލަސްކުރެވިދާނެތޯ ނުވަތަ ނޫންތޯ އެވެ.

7- ބީ-އަމައިލޮއިޑް ވެކްސިން: އާދަޔާ ޚިލާފަށް ގިނަ ނުރަގަޅު އަސަރުތައް ވެކްސިންގެ ސަބަބުން ކުރިމަތިވާކަން ފާހަގަ ވުމުން މި ވެކްސިން ޓެސްޓްކުރުންވަނީ ވަގުތީގޮތުން ހުއްޓާލެވިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.