ބުދަ20201028

އާކުރެވުނީ: 08:43:52

އަލްޒައިމާ ބަލި: ކަސްރަތު

alzheimer-kasratއަލްޒައިމާ ބަލީގެ އަހުލުވެރިން ވީވަރަކުން ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އެއީ މިކަމުގެ ސަބަބުން މަސްތައް ދެރަވެ ނިކަމެތިވުން، ހިމާޔަތްކޮށް، ހެލިފެލިވެ ނޫޅުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުން މިންޖުކޮށްދޭތީ އެވެ. މީގެ އިތުރުން ކަސްރަތު ކުރުމަކީ މީހާގެ މިޒާޖު ރަގަޅުކޮށްދީ، ހިތްހަމަޖެހުމާއި، އަރާމް ހަށިގަނޑަށް ލިއްބައިދޭނޭ ކަމެކެވެ.

ބައިސްކަލް ދުއްވުން، ބޭރަށް ނިކުމެ ހިގާލުން ފަދަ ކަންތައްތަކަކީ އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް މެދުވެރިވާ ހިތްހަމަ ނުޖެހުމާއި، ނުތަނަވަސްކަން ކުޑަކޮށްދޭނެ ކަމެކެވެ. އެއީ މިބުނި ކަންތައްތަކަކީ އެކަންތައްތައް ފުރިހަމަކުރުމުގައި ވިސްނައިގެން ގަރާރުތައް ނަގައި، ނުވަތަ ދެން ކުރަންޖެހެނީ ކޮންކަމެއްތޯ ބަލައި ވިސްނަން ޖެހޭ ކަންކަމަށް ނުވާތީ އެވެ.

ދާއިމީގޮތެއްގައި ކުރާނެ ކަސްރަތެއް އިޚްތިޔާރު ކުރުމުގެ ކުރިން ތިމާގެ ޚާއްޞަ ޑޮކްޓަރާއި، ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ޑޮކްޓަރު އަންނަނިވި ކަންތައްތައް ބުނެދޭނެއެވެ.

- ތިބާއަށް ކުރެވިދާނެ، ކުރުން އެދެވިގެން ނުވާ ކަސްރަތުތައް.
- ކަސްރަތު ކުރެވޭނީ ކިހާ ބުރަކަމެއް އިހްސާސްވަންދެން ކަން.
- ކިހާ ވަގުތެއް ވަންދެން ކަސްރަތު ކުރުމުގައި ހޭދަކުރެވިދާނެ ކަން.

ތިބާއަށް އެންމެ އެކަށީގެންވަނީ ކޮން ބާވަތެއްގެ ކަސްރަތެއް ކަން ބަރޯސާވެފައި އޮންނަނީ ބަލީގެ އުދަގޫތައް ހުރިމިންވަރު، ހަށިގަނޑުގެ ދުޅަހެޔޮކަން މިކަންކަމުގެ މައްޗަށެވެ. ކަސްރަތުކުރަން ހުއްދަ ލިބުމުން މަޑުމަޑުން ކަސްރަތު ކުރުން ކުރިއަށް ގެންދަންވީ އެވެ.

ކަސްރަތު ކުރާއިރު ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް

- ކަސްރަތު ކުރަން ފެށުމުގެ ކުރިން އެކަމަށް ތައްޔާރު ވުމަށް ވާރމް އަޕެއް ޖައްސާށެވެ. ނިންމަންވާނީ ރަގަޅަށް ފިނިކޮށްލައި ހަދައިގެންނެވެ.

- 30 މިނިޓް ވަންދެން ކަސްރަތު ކުރަން ނިންމައިފައި ވާނަމަ 10 މިނިޓްގެ ސެޝަން އަކުން ފަށާށެވެ. އެއަށްފަހު ކުރިއަށް ގެންދާށެވެ.

- އެކަށޭނަ ވެއްޓެއް އިޚްތިޔާރު ކުރާށެވެ. މިސާލަކަށް ލޫންދާ، ނުވަތަ ކައްސާލާ ތަޅުންގަނޑެއްގެ މަތީގައި ކަސްރަތު ކުރާކަށް ރަގަޅެއް ނުވާނެއެވެ.

- ކޮޅަށް ތެދުވެހުރުމަށް، ނުވަތަ ތެދުވެ ހަދަން މާބޮޑަށް އުދަގޫނަމަ އެދުގައި ވެސް ހެދިދާނެ ކަސްރަތުތައް ހުރެއެވެ.

- ކަސްރަތު ކުރަމުން ދަނިކޮށް މާބޮޑަށް ވަރުދެރަވެ، ނުވަތަ މާބޮޑަށް މާޔޫސްވާގޮތް ވެއްޖެނަމަ ކަސްރަތު ކުރުން ހުއްޓާލާށެވެ.

- ކަސްރަތު ކުރުމުގެ ގޮތުން އާންމުކޮށް ކުރާހިތްވާ ކަހަލަ ކަމެއް ވެސް ޚިޔާރު ކުރެވިދާނެއެވެ. މިސާލަކަށް ބަގީޗާ ހެއްދުން، ހިގާލުން، ފެތުން ފަދަ ކަންތައްތައް އިޚްތިޔާރު ކުރެވިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.