އާދީއްތަ20201129

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބަލީގެ ވައްތަރުތައް

އަލްޒައިމާ ބަލި: ބަލީގެ ވައްތަރުތައް

alzheimer-vattaruބޭސްވެރިކަމުގެ މާހިރުން ވަނީ އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ.

1- އަވަހަށް ކުރިމަތިވާ އަލްޒައިމާބަލި (Early-onset alzheimer's disease)

މިއީ އަލްޒައިމާ ބަލީގެ ނާދިރު ވައްތަރެވެ. މިވައްތަރުގެ އުދަގޫތައް އުމުރުން 65 އަހަރު ވުމުގެ ކުރިން ކުރިމަތިވާން ފަށައެވެ. ބަލީގެ އަހުލުވެރިންގެ ތެރެއިން މިވައްތަރު ކުރިމަތިވަނީ %10 އަށްވުރެ މަދު މިންވަރެއްގެ މީހުންނަށެވެ. މިފަދަ މީހުން މުސްކުޅިވާލެއް އަވަހެވެ. ޚާއްޞަކޮށް މިވައްތަރުގެ އަލްޒައިމާ ބަލި ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. އާންމުގޮތެއްގައި މިބަލި ޖެހިފައި ތިބޭމީހުންގެ އުމުރުން 30 ނުވަތަ 40 ގެ އަހަރު ތަކުގެ ތެރޭގައި އަލްޒައިމާ ބަލީގެ އުދަގޫތައް ފޯރަންފަށާ ކަމަށްވަނީ އެގިފައެވެ.

އަވަހަށް ކުރިމަތިވާ އަލްޒައިމާ ބައްޔާއި، 14 ނަންބަރު ކްރޮމޯސޯމްގެ ބަހާ ގައި ހުންނަ އައިބަކާއި، ގުޅުމެއް ވާކަމަށްވަނީ ފާހަގަވެފައެވެ. މިވައްތަރު ކުރިމަތިވާ މީހުންނަށް ''މަޔޯކްލޮނަސް''(Myoclonus) ކިޔާ ހާލަތެއް ކުރިމަތިވާލެއް އިތުރުކަން ފާހަގަކުރެވެއެވެ.

ނޯޓް: ''މަޔޯކްލޮނަސް'' މީގެ މާނައަކީ ތަދުހުރުމާއި އެކު، ވަކި މަސްގަނޑެއް ނުވަތަ ގްރޫޕެއްގެ މަސްތަކެއް ކުރުގެޅި ދިއުމެވެ. މިއީ ވާގިއެރުން ފަދަ ކަމެކެވެ.

2- ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި (Late-onset alzheimer's disease)

މިއީ އަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން 65 އަހަރު ވުމަށްފަހު ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90 މީހުންނަށް ކުރިމަތި ކުރުވައެވެ. ހަމަ މިހެން އުމުރުން 85 އަހަރަށްވުރެ މައްޗަށް ގޮސްފައިތިބޭ މީހުންގެ ތެރެއިން %50 މީހުންނަށް މިވައްތަރު ކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ.

3- ވާރުތަވާ އަލްޒައިމާ ބަލި (Familial Alzheimer's disease)

މިއީ ވާރުތަވާ ކަމަށް ޔަގީންކުރެވިފައިވާ އަލްޒައިމާ ބަލީގެ ވައްތަރު އެވެ. އެހެންކަމުން މިވައްތަރު ވަކިވަކި އާއިލާތަކުގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. މާނައަކީ މައިންބަފައިން ކުރެ މީހަކަށް އަލްޒައިމާ ބަލި ޖެހިފައިވާނަމަ އެމީހުންގެ ދަރިންގެ ތެރެއިން ކޮންމެވެސް ބަޔަކަށް އުމުރުގެ ފަހުކޮޅު އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް ނާދިރު މިވައްތަރު ކުރިމަތިވަނީ އުމުރުން 40 އަހަރުގެ ދުވަސްތައް ގުނަމުންދާ މީހުންނަށެވެ.

ބޭސްވެރިކަމުގެ މާހިރުން ވަނީ އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ.އެއީ އަވަހަށް ކުރިމަތިވާ އަލްޒައިމާބަލި، ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި، ވާރުތަވާ އަލްޒައިމާ ބަލި އެވެ.

ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި (Late-onset alzheimer's disease) މިއީއަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން 65 އަހަރުވުމަށްފަހު ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90 މީހުންނަށްކުރިމަތި ކުރުވައެވެ. ހަމަ މިހެން އުމުރުން 85 އަހަރަށްވުރެ މައްޗަށްގޮސްފައިތިބޭ މީހުންގެ ތެރެއިން %50 މީހުންނަށް މިވައްތަރުކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.