ހުކުރު20201016

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: އަލްޒައިމާ ބަލިޖެހިފައިވާ މީހަކު ބަލަހައްޓާ މީހާގެ ދައުރު

އަލްޒައިމާ ބަލި: އަލްޒައިމާ ބަލިޖެހިފައިވާ މީހަކު ބަލަހައްޓާ މީހާގެ ދައުރު

alzheimer-belehettunއަލްޒައިމާ ބަލި ޖެހިފައިވާ މީހަކު ބަލަހައްޓައި އެމީހަކަށް އަޅާލާ މީހަކު ކިބައިގައި އަންނަނިވި ކަންތައް ހުންނަށް ޖެހެއެވެ.

- ތިމާއަކީ އަލްޒައިމާ ބަލި ތަޙައްމަލު ކުރަމުންދާ ތިމާގެ ބައިވެރިޔާ، ގާތްތިމާގެ މީހަކު ނުވަތަ ރަހުމަތްތެރިއަކު ބަލަންޖެހިފައިވާ މީހެއްކަން ދަތުން.

- ބައްޔާއި ބެހޭ މައުލޫމާތު އެގިފައި ހުރުން: މިގޮތުން ބަލީގައި ކުރިމަތިވާ އުދަގޫތަކާއި، އެއުދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން އެގެންޖެހޭނެ އެވެ.

- ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސްތަކާއި، ބަލިމީހާ އަށް ބޭސްދޭންވާގޮތާއި، ދޭންޖެހޭ ބޭސްތައް އެގެން ޖެހޭނެއެވެ. އަދި ބަލިމީހާއަށް ބޭނުންވާ އެހެނިހެން ކަންތައްތައް އެގެން ޖެހޭނެ އެވެ.

- އަލްޒައިމާ ބަލީގެ އަހުލުވެރިޔާ ބޭނުންވާ، ލޯތްބާއި، އެއްބާރުލުން ތިބާގެ ފަރާތުން އޭނާއަށް ބަރާބަރަށް ލިބެން ޖެހޭނެ އެވެ.

އަލްޒައިމާ ބަލިޖެހިފައިވާ މީހަކަށް އެހީވެ، އަޅާލުމަކީ ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް އަންނަނިވި ކަންތައްތައް ތަކުން ބަލިމީހާއާއި، އޭނާއަށް އަޅާލުމުގެގޮތުން ތިބާ ބިނާކުރާ ގުޅުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފެނެއެވެ.

- އަރާމް ކޮށްލަން ވަގުތުކޮޅެއް ހޭދަކުރުން: ތިބާއަކީ ވެސް އިންސާނަކަށް ވީތީ އެހެންމީހުންނެކޭ އެއްފަދައިން ވަރުބަލިކަން އިހްސާސް ވާނެއެވެ. އެހެން ކަމުން ބަލިމީހާއަށް އަޅާލަމުން ވެސް ވީވަރަކުން އަރާމްކޮށް ހިތްހަމަޖެހުން ލިބިގަތުމަށް މަސައްކަތްކުރާށެވެ. މިގޮތުން ބައެއްފަހަރު އާއިލާގެ މެންބަރެއްގެ ނުވަތަ ރައްޓެއްސެއްގެ އެހީ ލިބިގަނެވިދާނެއެވެ.

- ވީވަރަކުން ބައްޔާއި ބެހޭ މައުލޫމާތު ހޯދުން: އޭރުން ބަލިމީހާއަށް އެހީތެރިވެވޭނީ ކިހިނެއް ކަންތައްތައް ކޮށްގެންކަން އެގޭނެއެވެ. އަދި ބަލިމީހާއަށް އައިސްދާނެ ބަދަލުތައް ލަފާކޮށް އެފަދަ ކަންކަމަށް ތައްޔާރުވާން ކުރިން އެގޭނެއެވެ.

- ބަލިޖެހިފައިވާ މީހާ ވީވަރަކުން އެކި ހަރަކާތްތަކުގައި ބައިވެރިކުރުވުން:

މިގޮތުން ގޭގައި އަދި ގެއިން ބޭރުގައި ކުރެވޭ އެކިކަންކަމުގައި އަމަލީގޮތުން ބަލި މީހާއާއި އެކު ބައިވެރިވެވިދާނެއެވެ. އަދި ވީވަރަކުން ބަލި މީހާއަށް ކުރެވިދާނެ ކަންތައްތައް އެކަނިކުރަން ހިތްވަރުދޭށެވެ. މިސާލަކަށް ހެދުން އެޅުން، ފުނާއެޅުން ފަދަ ކަންތައްތައް އަމިއްލައަށް ކުރުމަށް ބުނެ ހިތްވަރުދެވިދާނެއެވެ.

- ބަލިޖެހިފައިވާ މީހާގެ އާއިލާގެ ކަންތައްތަކުގައި ބަލިމީހާ އާ މަޝްވަރާކުރުން:

މިގޮތުން ބަލިމީހާއަށް އުދަގޫކަމެއް ދިމާވެފައިވާނަމަ އެކަމުގެ ޙައްލު ހޯދުމުގައި ބަލިމީހާއަށް އެހީތެރިވެދޭށެވެ.

- ކުރެވިދާނެ ކަންތައްތަކެއް ކަނޑައެޅުން: މިގޮތުން ކަނޑައަޅާ ކަންތައްތައް ފުރިހަމަކުރެވޭތޯ ބަލާށެވެ. މާގިނަ ކަންތައްތައް ކުރަން ކަނޑައަޅައި ނުކުރެވިދިއުމަކީ އެކަމުގެ ސަބަބުން ބަލިމީހާއަށް ނާއުއްމީދާއި މާޔޫސްކަން ގެނުވާ ކަމެކެވެ.

- ތިބާގެ ދިރިއުޅުން މުޅިން އެކަމުގައި ހޭދަކޮށްނުލުން: މިގޮތުން ބައެއް ފަހަރު ތިބާގެ ރައްޓަހިންނާއި، ރަހުމަތްތެރިންނާއި، ބައްދަލުކޮށް ކަންކަމާއި ޚިޔާލު ބަދަލުކޮށްލަން ވާނެއެވެ. ތިބާގެ ޙަޔާތުގެ ވަގުތުތައް ހުންނަން ޖެހޭނީ ވަރަށް ރަގަޅަށް ރޭވި، އަތުރާލެވިފައެވެ.

- އެހެންމީހެއްގެ އެހީހޯދުން: ތިބާއަކީ ބަލިމީހާ ބެލެހެއްޓުމުގެ ޒިންމާ ނަގާމީހާ ކަމުގައިވި ނަމަވެސް ތިބާއަށް ވެސް އެހެންމީހުންގެ އެހީތެރިކަމާއި، އެއްބާރުލުން އެބަލިމީހާ ބަލަހައްޓައި، އަޅާލުމުގައި ބޭނުންވާނެ އެވެ. މިގޮތުން ބަލިމީހާއަށް ދިމާވާ ކަންކަމުގައި ޚިޔާލު ބަދަލުކޮށް އެހީ ހޯދާލުމަށް ގާތް ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެންބަރެއް އިޚްތިޔާރު ކުރެވިދާނެއެވެ.

އަލްޒައިމާ ބަލިޖެހިފައިވާ މީހަކަށް އަޅާލުމުގައި ކުރިމަތިވާ ބައެއް ގޮންޖެހުންތައް

- އަލްޒައިމާ ބައްޔަކީ ވަރަށް ތަފާތު ބައްޔެކެވެ. ބައެއް ފަހަރު ބަލިމީހާ އަމިއްލައަށް އާދައިގެ މީހަކު ކަންތައްތައް ކުރާހެން ކޮށްފާނެއެވެ. އަނެއްބައި ފަހަރު ހުރިހާ ކަމެއް އެހެން މީހަކަށް ބަރޯސާކޮށްގެން ހުރެދާނެއެވެ. މިއީ ތަބީޢީގޮތެއްގައި ބަލިޖެހިފައިވާ މީހުންނަށް ދިމާވާ ކަމެކެވެ. ބައެއް ފަހަރު ދެވޭ ބޭހުގެ ސަބަބުން ވެސް ބަލި މީހާއަށް ބަދަލުތައް ގެނުވައެވެ.

- އަލްޒައިމާ ބައްޔަކީ އޭގެ ޙާލަތު ދުވަހެއް ދުވަހަކަށް ނުރައްކާވަމުން އަންނަ ބައްޔެކެވެ. ބޭސްތައް ބޭނުން ކުރި ނަމަވެސް އެއިން ލުއިކަން ލިއްބައިދެނީ ކުރިމަތިވާ ބައެއް އުދަގޫތަކަށެވެ. ބަލީގެ ޙާލަތު ނުރައްކާވެގެން އަންނަ އައުމަކަށް ބަދަލެއް ނުގެނެއެވެ.

- ހާސްވެ ކަންބޮޑުވުމަކީ ވަރަށް ގިނައިން ބަލިމީހާ އަށް ކުރިމަތިވާ ކަމެކެވެ. އަދި މިހާލަތުގައި ބަލީގައި ކުރިމަތިވާ އެހެން އުދަގޫތައް އިތުރަށް ގޯސްވެގެންދެއެވެ. މާނައަކީ ނުރައްކާވެގެން ދެއެވެ. އެހެންކަމުން ހާސްވެ ކަންބޮޑުވުން ކުރިމަތިވުމުން ބަލިމީހާއާއި މެދު ކަންތައްކުރާނެގޮތް އެގިފައިހުރުމަކީ މުހިއްމު ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.