ހޮނިހިރު20201128

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް ބަލިތައް އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޢާންމު ބައެއް ކަންތައްތައް

އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޢާންމު ބައެއް ކަންތައްތައް

alzheimer-aanmuއަލްޒައިމާ ބައްޔަށް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އަދި މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބަކާއި ހުރެކަން ވެސް އެގިފައެއް ނެތެވެ. އެހެންކަމުން މިބަލިން ރައްކާތެރިވެވޭނެ ގޮތެއް ވެސް ނެތެވެ. ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި، ހިތްވަރު ދިނުމެވެ. މިގޮތުން އާއިލާގައި އަލްޒައިމާ ބަލީގެ އަހުލުވެރިއަކު ހުރި ނަމަ އެމީހަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

1- އަބަދު ވެސް ފެންނަ ހިސާބަކު މީހަކު ހުރުން: ބަލީގެ އަހުލުވެރިޔާ ފެންނަ ހިސާބުގައި މީހަކު ހުރުމުން އެމީހާގެ ޖިސްމަށް ލިބޭގެއްލުންތަކުން ސަލާމަތްކޮށް ދެއެވެ.

2- ކަންކަމާއި މެދު ހަދާން އާލާކޮށްދިނުމަށް މަސައްކަތްކުރުން: މިގޮތުން ކުރީގެ ހަދާންތަކުގެ ވާހަކަތައް ދައްކައި ހެދިދާނެއެވެ. އަދި ފޮޓޯ އަލްބަމްގައި ހުރި ކުރީގެ ފޮޓޯތައް ދައްކައި، އެނެގި ދުވަސްވަރަކާއި، އެނަގާފައި ހުރިތަނަކާއި ބެހޭގޮތުން ވާހަކަދައްކައި ހެދިދާނެ އެވެ. މިގޮތަށް ހެދުމުން ހަދާން ގަދަވުމަށް މަގުފަހި ވެގެން ދެއެވެ.

3- އިހްތިރާމާއި އެކު ރީތިބަހުން މުޚާތަބު ކުރުން: ބަލިޖެހިފައިވާ މީހާއާއި ވީހާ ވެސް ރީތިބަހުން މުޚާތަބު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މުޚާތަބުކުރެވޭ ގޮތަކުން ބަލިޖެހިފައިވާ މީހާ ދެރަވެ، މާޔޫސްވުން، ހިތްދަތިވުން، ނުވަތަ ރުޅިއައުން ފަދަ ކަމެއް ކުރިމަތިވެދާނެތީ އެވެ.

4- ވަކިގަވާއިދެއްގެ މަތިން ކަންތައްތައް ކޮށްދިނުން: މިސާލަކަށް ފެންވެރުމާއި ކެއުން، ބޭރަށް ހިގާލަން ދިއުން، ދުއްވާލަން ދިއުން، ބާޒާރު ކޮށްލަން ގެންދިއުން ފަދަ ބަލިމީހާ ހިތްހަމަޖެހޭ ފަދަ ކަންތައްތައް ވަކި އުސޫލަކުން ފުރިހަމަ ކުރެވިދާނެ އެވެ. ވިސްނަންވީ އެއްވެސް ކަމަކަށް މަޖުބޫރު ނުކުރުމަށެވެ. އޭގެ ބަދަލުގައި ކިޔައި، ވިސްނައިދީ އެއްބަސްވުމުން އެކަމެއް ކޮށްދިނުމެވެ.

5- ބަލިމީހާ އަށް ބޭނުންވާ ތަކެތި ފަސޭހައިން ފެންނަ ހިސާބެއްގައި ބެހެއްޓުން: މިސާލަކަށް އަރިދަފުސް ފޮޅާނެ ޓިޝޫ، ރުމާ، ބޯނެ ފެން ފަދަ ތަކެތި އެދުކައިރީ އަތުޖެހޭ ހިސާބު ބެހެއްޓިދާނެ އެވެ.

6- ގޭގައި ހުންނަ އަލަމާރި، ކަބަޑް، ފަދަ ތަންތާގައި ހުރީ ކޮންއެއްޗެއްކަން އެގޭނެހެން އެތަކެތީގައި ބޭރުގައި ލިޔެފައި ބެހެއްޓުން: މިސާލަކަށް ހެދުން ތައް ހުންނަ އަލަމާރީ ބޭރުގައި ''ހެދުންލާ އަލަމާރި'' މިހެން ލިޔެފައި ބެހެއްޓިދާނެ އެވެ.

7- ތިމާ ހިތްއެދޭ ގޮތަށްވުރެ ބަލިމީހާއަށް ރަގަޅީ ކޮންގޮތެއްތޯ ބެލުން:
މިސާލަކަށް ކެއުން ތައްޔާރުކުރާ އިރު ބަލިމީހާ ބޭނުންވާގޮތް ސާފުކޮށް އެގޮތަށް އަމަލުކުރާށެވެ. ކާންދިނުން ރަގަޅީ އެއްފަހަރާ ގިނައިން ކާންދިނުމުގެ ބަދަލުގައި ލުއިކޮށް ދުވާލަކު ދެތިން ފަހަރަކު ދިނުމެވެ.

8- ހަވީރާއި އިރާކޮޅު މާގިނައިން ފެންބުއިން ރަގަޅު ނޫންކަމުގައި ބުނެދިނުން:|
އޭރުން ދަންވަރު ފާޚާނާ ކުރަން ތެދުވާކަން ނުޖެހޭނެ އެވެ. ކުޑަކަމުދާންވުމުން ނުހިފެހެއްޓޭނަމަ އެދުމަތީގައި ރަބަރެއް އެޅުން، ނުވަތަ ބޮޑެތި މީހުންނަށް ޚާއްޞަ ނެޕީ ބޭނުންކުރެވިދާނެ އެވެ.

9- ބަލިމީހާ އުޅޭ ކޮޓަރި، ފާޚާނާގެ ދޮރު، ތަޅުލެވޭގޮތަށް ނުބެހެއްޓުން: އޭރުން އެތެރެއިން ތަޅެއް ނުލެވޭނެ އެވެ. އެއީ ބައެއް ފަހަރު މިގޮތަށް އެކަނި ތަޅުލައިގެން ކޮންމެ ފަދަ ނުރައްކާތެރި ކަމެއް ވެސް ބަލީގެ އަހުލު ވެރިޔާ ކުރުމަކީ ގާތްކަމަކަށް ވާތީ އެވެ.

10- ގޭތެރޭގައި ހުންނަ ލުއިލުއި ކަންކަން ކުރުމުގައި އަބަދުވެސް ބަލިޖެހިފައިވާ މީހާ ބައިވެރިކުރުން: މިސާލަކަށް ދޮވެފައި ހުރި އެއްޗެތި ފަތްޖެހުން، ބާލީހު އުރަ ލައްވާލުން، ފަދަ ލުއި ކަންތައްތައް ބަލިމީހާ ލައްވައި ކުރުވިދާނެ އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.