ބަލިތައް
ޖެނިޓަލް ހާރޕީޒް(Genital herpes)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވެއެވެ. އާންމުކޮށް މިބަލި ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ. މިބަލި ޖެހެނީ ބަލި ޖެހިފައިވާ މީހަކާއި އެއްވެސް ސިފައެއްގައި ޖިންސީގުޅުން ހިންގުމުންނެވެ. އަންހެނުންނަަށް މިބަލި ޖެހޭ ނިސްބަތް އިތުރުކަމަށް ވެސް ފާހަގަކުރެވިފައި ވެއެވެ.
ޖެނިޓަލް ވޯރޓްސް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މި ބަލި ޖެހުމުން ޖިންސީ ގުނަވަނާއި އޭގެ ވަށައިގެންވާ ހިސާބުތަކުގައި އުންތަކެއް ހެންހުންނަ ހަންކޮޅުތަކެއް އުފެދެއެވެ. އާންމުގޮތެއްގައި މިހަންކޮޅުތައް އުފެދެނީ ފުރަގަސްފަރާތް އަދި ޖިންސީ ގުނަވަން ފަދަ ހޫނު ތެތްކަން އެކުލެވޭ ހިސާބުތަކުގައެވެ. މިބުނި ހަންކޮޅުތައް އެންމެ ހަންކޮޅެއް ނުވަތަ ބައިވަރު ހަންކޮޅުތަކެއްގެ ސިފައިގައި ވެސް ފާޅުވެދާނެއެވެ. ކުދިކުދި ކޮށް ނުވަތަ ބޮޑުކޮށް ހުރުމަކީ ވެސް ވެދާނެގޮތެކެވެ.
ޓްރައިކޮމޯނިއޭސިސް (Trichomoniasis)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިއީ ޕްރޮޓޮޒޯގެ ވައްތަރެއްކަމަށްވާ ''ޓްރައިކޮމޯނަސް ވެޖައިނާލިސް''(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސްފަރާތުގައި މި އޯގަނިޒަމް ބައެއްފަހަރު އުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ކުޑަކަމުދާހޮޅި އަދި ޕްރޮސްޓޭޓް ގްލޭންޑް ގައި އަދި އަންހެނުންގެ ޖިންސީ ގުނަވަން، ކުޑަކަމުދާހޮޅި، އަދި މަސާނާގައި މި އޯގަނިޒަމް ދިރިއުޅެއެވެ. އަންހެނުންގައި ހަށިގަނޑުގައި މިބަލީގެ އޯގަނިޒަމް ބޮޑަށް އަށަގަންނަނީ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.
މޮނީލިއޭސިސް / ކެންޑިޑިއޭސިސް (Candidiasis / Moniliasis)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
އަންހެނުންގެ ޖިންސީ ގުނަވަނަށް (ވެޖައިނާ) ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމުއެއްބައްޔަކީ މޮނީލިއޭސިސް އެވެ. މިއީ ފަންގަސްގެ ވައްތަރެއް ކަމުގައިވާ ''ކެންޑިޑާ އަލްބިކަންސް''(Candida albicans)ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުން ވެސް ފެތުރޭ ބައްޔެކެވެ.
އޭޑްސް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
އޭޑްސް ބައްޔަކީ އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބައްޔެވެ. މިޒަމާނުގެ ބޮޑުވަބާގެ ގޮތުގައި ސިފަކުރެވޭ މިބައްޔަށް އަދި މިހާތަނަށް ދާއިމީ ފަރުވާއެއް ޑޮކްޓަރުންނަށް ހޯދިފައެއް ނުވެއެވެ. އެހެން ކަމުން އެއިޑްސް ބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.
ޝެންކްރޮއިޑް (Chancroid)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިބަލި ޖެހުމުން ޖިންސީ ގުނަވަން، ކުރިމަތި ފަރާތް، ތުންފަތް، އަދި އަނގައިގެ ތެރޭގައި ފާރުކޮޅުތަކެއް އުފެދެއެވެ. ފާރުކޮޅު ހުންނަ ހިސާބުގައި ވަރަށް ގަދަޔަށް ތަދު ހުންނަ ގޮތްވެއެވެ. އުކުޅުވަޅު ގައި ގޮށްލުން އަދި ބައެއް ފަހަރު މިގޮށްތައް ފަޅައިގެން ގޮސް ދޮސް ބޭރުވާގޮތް ވެއެވެ. އާންމުގޮތެއްގައި ގޮށްލަނީ ކޮންމެ ވެސް އެއްފަރާތެއްގެ އުކުޅު ވަޅު ގައެވެ. ނަމަވެސް ދެފަރާތުގެ އުކުޅުވަޅު ގައިވެސް ގޮށްލުމަކީ ވެދާނެ ގޮތެކެވެ.
ކްލަމީޑިއާ (Chlamydiae)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamydiae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. މިބައްޔާއި މެދު ބެލެވިފައިވަނީ ''ހިމޭން'' ނުވަތަ ''މައިތިރި'' ބައްޔެއްގެ ގޮތުގައެވެ. އެއީ ބަލިޖެހޭ އަންހެނުންގެ 4ބައިކުޅަ 3ބައި އަދި ފިރިހެނުންގެ ދެބައިކުޅައެއްބައި މީހުންނަށް މިބަލީގެ އަލާމާތްތައް ނުފެނި ދާތީއެވެ. އަލާމާތްތައް ފެންނަ ނަމަ 1-3ހަފްތާގެ މުއްދަތެއްގެ ތެރޭގައި ފެންނަށް ފަށާނެއެވެ.
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް (Lymphogranuloma Venereum)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިއީ ''ކްލަމީޑިއާ ޓްރެކޮމެޓިސް''(Chlamediae trachomatis) އޭ ކިޔާ އޯގަނިޒަމް އެއްގެ ސަބަބުން ޖިންސީ ގުނަވަނަން ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި އާންމުކަމަށް ފާހަގަކުރެވިފައި ވެއެވެ. މިބަލި ޖެހެނީ ޖިންސީ ގުޅުމުގެ ޒަރީއާއިންނެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވާސިލްވުމަށް ފަހު އޭގެ އަލާމާތްތައް ފެންނަނީ 7-12ދުވަހާއި ދެމެދުގެ މުއްދަތެއް ގައެވެ.
ގްރެނިއުލޯމާ އިންގްއައިނޭލް (Granuloma inguina)
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 11 ޖުލައި 2005
މިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފިރިހެނުންނަށެވެ. ޚާއްޞަކޮށް އުމުރުން 20-45 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ.
ފުރަގަސްފަރާތު ބައްޔަކީ ކޮބާ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 05 މޭ 2005
ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތް ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. ފުރަގަސްފަރާތު ބައްޔަށް ''ޕައިލްސް'' ނުވަތަ ''ހެމޮރޮއިޑްސް'' އޭ ވެސް ކިޔައި އުޅެއެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ.
އަޔަން ޑެފިސިއެންސީ އެނީމިއާ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 28 އެޕްރީލް 2005
އެނީމިއާގެ އެންމެ އާންމުވައްތަރަކީ މިއީއެވެ. ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %20 އަންހެނުންނަށް އަދި %3 ފިރިހެނުންނަށް ދަނގަޑު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން އުފުލާ ''ހީމޯގްލޯބިން'' ގެ އުފެދުމަށް ދަގަނޑަކީ މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ދަނގަޑު ލިބެނީ ބޭނުންކުރާ ކާނާގެ ތެރެއިންނެވެ. ދަނގަޑާނުލައި އޮކްސިޖަން ޓިޝޫތަކަށް ވާސިލްވުމަށް ދަތިވެއެވެ. އޮކްސިޖަން އަކީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް ފުރިހަމަ ގޮތުގައި މަސައްކުރުމަށް ބޭނުންވާ މާއްދާއެކެވެ.
މަދިރި އަދި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 28 އެޕްރީލް 2005
އާންމުގޮތެއްގައި 3ވައްތަރެއްގެ މަދިރި އުޅެއެވެ. އެއީ ''އީދްސް އިޖިޕްޓި''، ''ކިއުލެކްސް ޕައިޕިއެންސް''، އަދި ''އެނޯފިލީންސް'' އެވެ. އެނޯފިލިންސްގެ ބާވަތްތަކުގެ ތެރޭގައި ''އެނޯފީލްސް ފެރޯއެންސިސް''، ''އެނޯފީލްސް މަލްޓިކޮލަރ''، ''އެނޯފީލްސް ސާޖެންޓީ''، އަދި ''އެނޯފީލްސް ގެމްބިއާ'' ފަދަ ބާވަތްތައް ހިމެނެއެވެ.ދުނިޔޭގެހުރިހާ ހިސާބެއްގައި ވެސް މަދިރި އުޅެއެވެ. ނަމަވެސް ހޫނު ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރި ގިނަކަން ފާހަގަކުރެވެއެވެ.
ހީމަޓޫރިއާ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 28 އެޕްރީލް 2005
ހީމަޓޫރިއާ އަކީ ކޮބާ ؟ ހީމަޓޫރިއާގެ މާނައަކީ ކުޑަކަމުދާތަކެތީގައި ލޭހުރުމެވެ. ކުޑަކަމުދާތަކެތީގެ ތެރޭގައި ލޭހުރުން މެދުވެރިކުރުވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. ހީމަޓޫރިއާގެ ފަރުވާ ބިނާވެފައި އޮންނަނީ އޭގެ ސަބަބުގެ މައްޗަށެވެ. ކުޑަކަމުދާ ތަކެތީގައި ލޭހުންނަށް ދިމާވީ ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމުގެ މައްސަލައަކާއި ގުޅިގެންކަމުގައި ވާނަމަ އެކަމަށް ޚާއްޞަ އެންޓިބަޔޮޓިކް ބޭނުންކުރެވިދާނެއެވެ.