އަންގާރަ20181113

އާކުރެވުނީ: 08:43:52

ބަލިތައް

އަލްޒައިމާ ބަލި: ބަލި ވާރުތަވުން

alzheimer-vaaruthaބަލީގެ ދިރާސާތައް ހަދަމުންދާ މީހުންނަށް ވެސް އަދިވެސް ބަލިމެދުވެރިކުރުވާ ސަބަބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ވާރުތަކުރުވާ ބައެއް ކަންތައްތަކާއި، އަދި އެހެނިހެން ބައެއް ކަންތައްތައް ގުޅިގެން ބަލީގެ އުދަގޫ މެދުވެރި ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ. މައިންބަފައިން ގެ ކިބައިން ދަރިންނަށް މިބަލި ވާރުތަ ވުމަކީ ވެދާނެ ކަމެކެވެ. އަދިވެސް މިކަމާއި ގުޅޭ އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ. ވިރާސީ އިލްމުގައި ހެދިފައިވާ ދިރާސާތައް ހެކިދޭގޮތުގައި އަލްޒައިމާ ބައްޔާއި، ތަފާތު 4 ކްރޮމޯސޯމް އެއްގައި ހިމެނޭ ބަހާ ތަކާއި، ގުޅުމެއްވެއެވެ. އެ ކްރޮމޯސޯމް ތަކަކީ ކްރޮމޯސޯމް 1،

ތަފްޞީލު...



އަލްޒައިމާ ބަލި: ބައްޔަށްދެވޭ ފަރުވާ

alzheimer-faruvaaއަލްޒައިމާ ބައްޔަށް  އަދި މިހާތަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އަދި ބަލީގެ ނުރައްކާތެރިކަން ކުޑަކުރެވޭނެ ގޮތެއްވެސް ހޯދިފައެއް ނުވެއެވެ. އަދި ބަލިން ރައްކާތެރިވެވޭނެ ގޮތެއްވެސް ހޯދިފައެއް ނެތެވެ. ނަމަވެސް އަލްޒައިމާ ބައްޔާއި ގުޅިގެން ކުރިމަތިވާ ބައެއް ކަހަލަ އުދަގޫތައް ރަގަޅުކުރުމަށް ނުވަތަ އެކަންތައްތައް ކުޑަކުރުމަށް އެހީވެދޭ ބައެއް ކަހަލަ ބޭސްތައް ހުރެއެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާތީ ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި، ހިތްވަރު ދިނުމެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: އެޖިޓޭޝަން އަށް ފަރުވާކުރުން

alzheimer-agitationއަލްޒައިމާ ބައްޔާއި ގުޅިގެން މީހާގެ އުޅުމާއި، ސްލޫކަށް އަންނަ ބައެއް ކަހަލަ ބަދަލުތައް އާދެއެވެ. މިސާލަކަށް ހަޅޭލެވުން، ހަރުއަޑުން ވާހަކަ ދެއްކުން، މީހުންނާއި ދިމާލަށް ރުޅިއައިސްގެން އެއްޗެތި ގޮވުން، ކަމަކާއި ރުޅިއައިސްގެން ޝަކުވާކުރުން، އަދި މިނޫނަސް ތަފާތު ކަންތައްތައް ހިމެނެއެވެ.މިކަންތައްތަކުގެ ސަބަބުން ދިރިއުޅުމުގައި އުދަގޫތަކާއި، ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު އެއްކޮށްއުޅޭމީހުންނަށް ވެސް ބަލިމީހާގެ ކިބައިން ފެންނަ މިފަދަ އާދަތަކުގެ ސަބަބުން ކޮންމެވެސް މިންވަރެއްގެ ހިތްހަމަނުޖެހުމެއް ގެނެސްދެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި ޖެހުމުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ކުރިމަތިލުން

alzheimer-kurimathilunއަހެރެމެންނަށް އަރިދަފުސް ރޯގާ ފަދަ ބައްޔެއް ޖެހުމުން ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ރަގަޅުވާނެކަން އެގެއެވެ. އެކަމަކު އަލްޒައިމާ ބަލި މިއާމުޅިން ތަފާތެވެ. މުޅިން ރަގަޅުނުވާ މިބަލީގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުމަށް ހީނުކުރާ ފަދަ ބޮޑެތި ބަދަލުތައް ގެނުވައެވެ. އަލްޒައިމާ ބަލީގެ އަހުލުވެރިންނަށް އާންމުގޮތެއްގައި އާދަޔާ ޚިލާފަށް ވަރުބަލިކަން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ކުރިން އަމިއްލައަށް ކުރަމުންއައި ކަންތައްތައް ކުރަން ނުކުޅެދޭގޮތް ވެއެވެ. ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކުގެ ސަބަބުން، މީހާގެ އުޅުމާއި، ފެންނަ ފެނުމަށް ބަދަލު އައިސް، އަމިއްލަ ނަފްސަށް

ތަފްޞީލު...



އަލްޒައިމާ ބަލި: ބައްޔާއި އެކުވެސް އާދައިގެ ދިރިއުޅުމެއް ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތައް

alzheimer-aadhiageއަލްޒައިމާ ބައްޔާއި އެކު ދިރިއުޅެން ޖެހުމަކީ ހަޔާތުގައި ދިމާވާ ގޮންޖެހުމެކެވެ. އެހެން ކަމުން އަލްޒައިމާ ބަލި ޖެހިފައިވާ ނަމަވެސް ތިމާއާއި، އާއިލާގެ މެންބަރުން އަދި ރައްޓަހިންގެ އެހީތެރިކަމާއި، އެއްބާރު ލުމާއި، އެކު އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. މިގޮތުން ތިރީގައި މިވާ ކަންތައްތަކުން އެހީ ލިބިގަނެވިދާނެ އެވެ. މިސާލަކަށް ހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެފައިވާނަމަ ޢަމަލުކުރާނީ ކިހިނެއް؟ އަމިއްލައަށް ގެއްލުނަ ނުދިނުމަށް ހަދާނީ ކިހިނެއް؟ މީހުންނާއި މުޚާތަބު ކުރާނީ ކިހިނެއް؟

ތަފްޞީލު...



އަލްޒައިމާ ބަލި: ކާނާ އަދި ކެއުން

alzheimer-keunހަށިގަނޑަށް ފައިދާހުރި ހަމަހަމަ ކެއުމެއް (ކާނާގެ ހުރިހާ ބާވަތެއް ލިއްބައިދޭ) އިޚްތިޔާރު ކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ރަގަޅު ކާނާއަކީ ހަށިގަނޑުގައި ބާރުޖެއްސުމާއި، ހަށިގަނޑު ފުރިހަމަ ގޮތެއްގައި މަސައްކަތްކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އުމުރުން ދުވަސްވާވަރަކަށް ކަރުހިއްކުން އިހްސާސް ވާލެއް ކުޑަވަމުން ދެއެވެ. ނަތީޖާއެއްގެ ގޮތުން އަނގަތެރެ ހިކިފައި ގިނައިރު ތަކެއްގައި ހުންނަ ގޮތްވެއެވެ. ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް އަނގަތެރެ ހިކުން މެދުވެރި ކުރުވައެވެ. އަނގަތެރެ ހިކޭނަމަ އަންނަނިވި ކަންތައްތަކުން އެހީ ލިބިގަނެވިދާނެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: ކަސްރަތު

alzheimer-kasratއަލްޒައިމާ ބަލީގެ އަހުލުވެރިން ވީވަރަކުން ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އެއީ މިކަމުގެ ސަބަބުން މަސްތައް ދެރަވެ ނިކަމެތިވުން، ހިމާޔަތްކޮށް، ހެލިފެލިވެ ނޫޅުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުން މިންޖުކޮށްދޭތީ އެވެ. މީގެ އިތުރުން ކަސްރަތު ކުރުމަކީ މީހާގެ މިޒާޖު ރަގަޅުކޮށްދީ، ހިތްހަމަޖެހުމާއި، އަރާމް ހަށިގަނޑަށް ލިއްބައިދޭނޭ ކަމެކެވެ. ދާއިމީގޮތެއްގައި ކުރާނެ ކަސްރަތެއް އިޚްތިޔާރު ކުރުމުގެ ކުރިން ތިމާގެ ޚާއްޞަ ޑޮކްޓަރާއި، ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ޑޮކްޓަރު އަންނަނިވި ކަންތައްތައް ބުނެދޭނެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: އަލްޒައިމާ ބަލިޖެހިފައިވާ މީހަކު ބަލަހައްޓާ މީހާގެ ދައުރު

alzheimer-belehettunއަލްޒައިމާ ބަލި ޖެހިފައިވާ މީހަކު ބަލަހައްޓައި އެމީހަކަށް އަޅާލާ މީހަކު ކިބައިގައި އަންނަނިވި ކަންތައް ހުންނަށް ޖެހެއެވެ. ތިމާއަކީ އަލްޒައިމާ ބަލި ތަޙައްމަލު ކުރަމުންދާ ތިމާގެ ބައިވެރިޔާ، ގާތްތިމާގެ މީހަކު ނުވަތަ ރަހުމަތްތެރިއަކު ބަލަންޖެހިފައިވާ މީހެއްކަން ދަންނަންޖެހެއެވެ. އަދި ބަލީގައި ކުރިމަތިވާ އުދަގޫތަކާއި، އެއުދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން އެގެންޖެހޭނެ އެވެ. އަލްޒައިމާ ބަލިޖެހިފައިވާ މީހަކަށް އެހީވެ، އަޅާލުމަކީ ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް އަންނަނިވި ކަންތައްތައް ތަކުން ބަލިމީހާއާއި، އޭނާއަށް އަޅާލުމުގެގޮތުން ތިބާ ބިނާކުރާ ގުޅުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ފެނެއެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޢާންމު ބައެއް ކަންތައްތައް

alzheimer-aanmuއަލްޒައިމާ ބައްޔަށް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އަދި މިބަލި ޖެހެނީ ކަނޑައެޅިގެން ވަކި ސަބަބަކާއި ހުރެކަން ވެސް އެގިފައެއް ނެތެވެ. އެހެންކަމުން މިބަލިން ރައްކާތެރިވެވޭނެ ގޮތެއް ވެސް ނެތެވެ. ބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އެއްބާރުލުމާއި، ހިތްވަރު ދިނުމެވެ. މިގޮތުން އާއިލާގައި އަލްޒައިމާ ބަލީގެ އަހުލުވެރިއަކު ހުރި ނަމަ އެމީހަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި: ބަލިޖެހިފައިވާ މީހުންނަށް އަޅާލުމުގައި ބަލަންޖެހޭ ޚާއްޞަ ބައެއް ކަންތައްތައް

alzheimer-khaasaއަލްޒައިމާ ބަލި ޖެހިފައިވާ މީހަކާއި މުޚާތަބުކޮށް ވާހަކަ ދެއްކުމަކީ އެއްގޮތަކުން ބުނާނަމަ ކުރިމަތިވާ ގޮންޖެހުމެކެވެ. އެހެންކަމުން އެފަދަ މީހުންނާއި، ވާހަކަ ދައްކާއިރު ވަރަށް އުދަގޫ ޙާލަތްތައް ކުރިމަތި ވެދާނެ ކަމަށް ވިސްނަން ޖެހޭނެ އެވެ. މިގޮތުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ބަލިޖެހިފައިވާ ބައެއް މީހުން ފެންވަރުވައި ސާފުކުރުމަކީ މާބޮޑު އުދަގުލަކާއި ކުރިމަތި ލާންޖެހޭ ކަމަކަށް ނުވެއެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިއީ ނުރައްކާތެރި، ކަމަކަށް އޮންނަނީ ވެފައެވެ.

ތަފްޞީލު...



އަލްޒައިމާ ބަލި

alzheimer-1އަލްޒައިމާ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުންނަށް ކުރިމަތިވާ ވަރަށް ތަޙައްމަލު ކުރަން އުދަގޫ ހިތްދަތިކުރުވާ ބައްޔެކެވެ. ''މުސްކުޅިންގެ ވަބާ''ގެ ގޮތުގައި ބައެއް ފަރާތްތަކުން މިބަލި ސިފަކޮށްފައި ވެއެވެ. ފަރުވާއެއް ހޯދިފައިނުވާ މިބަލީގެ އަހުލުވެރިންނަށް ބޭނުންވަނީ އެހެންމީހުންގެ އަޅާލުމާއި، އޯގާތެރިކަން ލޯތްބާއި ކުލުނު، އަދި ހިތްވަރު ދިނުމެވެ. މިއީ ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި ގުޅޭ މަރުކަޒަށް އަސަރުކޮށް ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް ބަދަލުގެނުވައެވެ.

ތަފްޞީލު...



ޑެންގީ ހުން

dengue-fever-1ޑެންގީ ހުން(Dengue fever) އަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސް ގެ ހަތަރު ވައްތަރެއް މިހާތަނަށްވަނީ ފެނިފައެވެ. މިބަލީގައި ލޭއައުމާއި، ޝޮކްޖެހުން މެދުވެރިވާނެ އެވެ. މިއީ ފުރާނަ އަށް ނުރައްކާތެރި ބައްޔެކެވެ. އެންމެ ނުރައްކާތެރީ ކުޑަކުދިންނަށެވެ. ޑެންގީ ހެމޮރޭޖިކް ހުން ޖެހުމުން ޞިއްޙީ ޚިދުމަތްތެރިއަކަށް ދައްކައިގެން ފަރުވާ ހޯދިއްޖެނަމަ ފުރާނައަށް ގެއްލުން ނުލިބި ސަލާމަތްވުން ކައިރިއެވެ.

ތަފްޞީލު...



ކޯފުއްޕި

koa-fuppiކޯފުއްޕި(Mumps) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޯފުއްޕި ޖެހުމުން ކަންފަތާއި، ކޯކަށިގަނޑާއި، ދެމެދު އިންނަ ''ޕެރޮޓިޑް ގްލޭންޑް''(Parotid gland)އޭ ކިޔޭ ކުޅުބޭރުކުރާ ގޮށެއް ދުޅަވެގެން ދެއެވެ. އާންމުގޮތެއްގައި ކޯފުއްޕި ޖެހެނީ 15-5 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކަމަށް ވަނީ ފާހަގަކުރެވި ފައެވެ. ހަމަމިހެން ފިރިހެން ކުދިންނަށް ކޯފުއްޕި ޖެހޭ ނިސްބަތް އިތުރުކަން ވެސް ފާހަގަ ކުރެވެއެވެ. ކޯފުއްޕި ޖެހުމުން އެމީހާގެ ހަށިގަނޑުގައި މުޅި އުމުރަށް ކޯފުއްޕިން ދިފާޢުވުމުގެ ބާރު އުފައްދައިދެއެވެ. އެހެންކަމުން އެއްފަހަރު ކޯފުއްޕި ޖެހުމަށްފަހު، ދެވަނަ ފަހަރު ކޯފުއްޕި ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.