ހުކުރު20201127

އާކުރެވުނީ: 08:43:52

ބަލިތައް

އަލްޒައިމާ ބައްޔާއި ގުޅޭ 7 ސުވާލާއި ޖަވާބް

alzheimer-suvaalއަލްޒައިމާ ބަލީގެ އަހުލު ވެރިއަކު ނަމަ ބަލީގެ އުދަގޫތަކާއި، އަދި އެހެނިހެން ޞިއްޙީ މައްސަލަތަކަށް ބައެއް ބޭސްތައް ނެގިދާނެ އެވެ. ނަމަވެސް މާގިނަ ބޭސްތައް އެއްފަހަރާ ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ނުރަގަޅު އަސަރެއް ފޯރައިފާނެ ކަމެއްކަން ހަދާންކުރަން ޖެހެއެވެ. މިގޮތުން ކަންކަމާއި މެދު ޚިޔާލު ތަފާތުވެ، ގޮތެއް ކަނޑައަޅަން ނޭގުން، މީހާގެ ސްލޫކާއި، މިޒާޖަށް ބަދަލު އައުން، ނިދިނައުން، މާބޮޑަށް ނިދި އަންނަގޮތްވުން، އަދި މަޢިދާގެ މައްސަލަތައް ކުރިމަތި ކުރުވައެވެ.

ތަފްޞީލު...އަލްޒައިމާ ބަލި: ބައްޔާއި ގުޅޭ ދިރާސާތައް

alzheimer-dhiraasaaމިބައްޔަށް ފަރުވާއެއް ހޯދުމަށާއި، ބައްޔާއި ގުޅޭ އެހެންކަންކަން ދެނެގަތުމަށް ކުރިން ބުނިހެން މިހާރުވެސް ދަނީ ދިރާސާ ކުރެވެމުންނެވެ. ބޭހެއް އާންމުންނާއި ހަމައަށް އައުމުގެ ކުރިން އެބޭހަކުން ވާނެ ފައިދާއާއި، ގެއްލުން ބަލަން ޖެހެއެވެ. އަދި ބޭސް ދިގުމުއްދަތަކަށް ބޭނުންކޮށްފިނަމަ ލިބިދާނެ ގެއްލުންވެސް ދެނެގަންނަށް ޖެހެއެވެ. އަލްޒައިމާ ބައްޔާއި ގުޅޭ ދިރާސާތައް ވަރަށްގިނަ ފަރާތްތަކުން ދަނީ ހަދަމުންނެވެ. މިގޮތުން ބޭސް އުފައްދާ ކުނފުނިތަކާއި، ބޮޑެތި ޔުނިވަސިޓީތަކާއި، ހޮސްޕިޓަލްތައް، އަދި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އުފައްދައިފައި ހުންނަ ޖަމްޢިއްޔާ ތަކުން

ތަފްޞީލު...އަލްޒައިމާ ބައްޔަށް މަގުފަހިކުރާ ކަމާމެދު ދެބަސްވެވޭ ކަންތައްތައް

alzheimer-adhebas-veveyއެލްމިނިއަމް އާއި، އަލްޒައިމާ ބައްޔާއި، ގުޅުމެއް ވާކަމަށް ފުރަތަމަ ތުހުމަތު ކުރެވުނީ އަލްޒައިމާ ބަލީގެ އަހުލުވެރިންގެ ސިކުނޑިން އެލްމިނިއަމް ކޮންމެވެސް ވަރަކަށް ހުރިކަން ހެދުނު ބައެއް ޓެސްޓްތަކުން ދެއްކުމުންނެވެ. މިގޮތުން ޓެސްޓް ހެދުނު ބައެއް މީހުންގެ ސިކުނޑީގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އެލްމިނިއަމް ހުރިކަން ފާހަގަކުރެވުނެވެ. ފަހުން ޝައްކު އުފެދުނު އަނެއް ކަމަކީ ހަމައެކަނި އެލްމިނިއަމް އަކީ ސިކުނޑީގައި ކުރިން ހުރި އެއްޗަކަށް ނުވެދާނެ ކަމާއި، މެދުގައެވެ.

ތަފްޞީލު...ފާނަ ބަސަނދު

faana-basandhu-1ފާނަ ބަސަނދު (Chicken pox) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހުންއައުމާއެކު ގައިން ބިހި ނަގައި ނުވަތަ ފޮޅު ނަގާ ބައްޔެކެވެ. މިއީ އޭގެ ޒާތުގައި ފަރުވާއެއް ނުކުރިނަމަވެސް ރަގަޅުވާ ބައްޔެކެވެ. އާންމުކޮށް ފާނަ ބަސަނދު ޖެހެނީ އުމުރުން 10-5 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މިބަލި ހޫނު ގައުމުތަކުގައި ފެތުރޭމިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ މާރޗު މަހުން ފެށިގެން މޭމަހުގެ ނިޔަލަށް ހޭދަވާ މުއްދަތުގައި ބަލި ފެތުރޭ މިންވަރު ގިނަކަން ފާހަގަ ކުރެވެއެވެ.

ތަފްޞީލު...ޝިންގަލްސް

shingles-1ޝިންގަލްސް(Shingles) އަކީ ފާނަބަސަނދު ޖެހުމަށްފަހު ހަށިގަނޑުގައި ނުފިލައި ހުރި ވައިރަސްތައް (ހިމޭންކަންމަތީގައި ހުރި) އޭގެ ފަހުގެ ދުވަސްވަރެއްގައި ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން އުފަންވެގެން އަންނަ ބައްޔެކެވެ. ޝިންގަލްސް އަކީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. މާނައަކީ ޝިންގަލްސް ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުމަކުން އަނެކާއަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ނަމަވެސް ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ނުޖެހިހުރި މީހަކަށް ފާނަބަސަނދު ޖެހިދާނެ އެވެ.

ތަފްޞީލު...ޖަރުމަނު ހިމަބިހި

german-measles-1ޖަރުމަނު ހިމަބިހި(German measles) އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ޖަރުމަނު ހިމަބިހި މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހާގެ، އަނގަ، ނޭފަތް، ލޮލުން ބޭރުވާ ދިޔައިންނެވެ. ޖަރުމަނު ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ އަލާމާތްތައް އެކި ހާލަތުގައި ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ކުޑަކޮށް ހުންއައުމާއެކު ގައިގެ އެކި ހިސާބުގައި ބިހިނަގައިފާނެއެވެ. ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުން އިތުރުވާނެ އެވެ. ބަލީގެ އުދަނގޫތައް ދިމާވަނީ ވަރަށް އާދައިގެ މިންވަރަކަށްވާތީ ހަގީގަތުގައި މިބައްޔަށް މާބޮޑު ފަރުވާއެއް ބޭނުމެއް ނުވާނެ އެވެ.

ތަފްޞީލު...ޗިކުންގުންޔާ

chikungunya-1ޗިކުންގުންޔާ(Chikungunya) އަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ޗިކުންގުންޔާ ޖެހުމަށްފަހު އެކަށޭނަ ފަރުވާ ނުލިބި ގިނަ ދުވަސްވުމުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ސިކުނޑިއާއި އޭގެ ވަށައިގެންވާ ދުލިފަށް ދުޅަވުން(Meningitis)، ހިތުގެ މައްސަލަތައް ކުރިމަތިވުން(Myocarditis) އަދި ނޭވާލުން ފޭލްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނަށް ފިޓްޖެހި، ސިކުނޑި އާއި ނާރުތަކަށް ގެއްލުވުމަކީ ވެދާނެ ގޮތެކެވެ. ޗިކުންގުންޔާ އަށްދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ދެވެނީ ޕެނަޑޯލް ފަދަ ތަދުކަނޑުވާ ބޭސް ތަކެވެ. ނަމަވެސް ޗިކުންގުންޔާ އާއި ގުޅިގެން ކުރިމަތިވާ ހުޅުތައް ދުޅަވެ، ރިހުމަށް އާންމުކޮށް ހުންނަ ތަދުކަނޑުވާ ބޭސްތައް ( ޑައިކްލޯފިނެކް ސޯޑިއަމް، އިންޑޯމެތަސިން، ޕައިރޮކްސިކަމް، ބުރޫފަން، ނެޕްރޮކްސީން، އެސްޕިރިން ) ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.

ތަފްޞީލު...ރޯގާ ހުން

viral-fever-1ރޯގާ ހުން (Viral Fever)އަކީ ވައިރަސްގެ ސަބަބުންޖެހޭ ހުން ރޯގާގެ ވައްތަރެކެވެ. ނުވަތަ މިއީ ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެއް ހުރުމާއެކު، ހުންއައުމެވެ. ވައިރަސްގެ ސަބަބުން ޖެހޭ ތަފާތު އެތަކެއް ބަލިތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ބަލިތަކުގެ އަލާމާތްތަކާއި އުދަނގޫ ތަކަކީ ފާހަގަވެ، އެގިފައިވާ ކަންތައްތަކެވެ. ބޭސްވެރިކަމުގައި ވައިރަސްގެ ސަބަބުން ޖެހޭ ކޮންމެ ހުމަކަށް ރޯގާ ހުމޭ ކިޔައެވެ. ނުވަތަ "ވައިރަލް ހުމޭ" (Viral Fever ބުނެވިދާނެ އެވެ. ވައިރަހުން ޖެހޭ ބަލިތަކުގެ ސަބަބުން ބައެއް ފަހަރު އާންމު އަލާމާތްތަކެއް ފެނިދާނެއެވެ. އެކަމަކު ބައެއް ފަހަރު ވަކި ޚާއްޞަ ގުނަވަކަށް (ނިޒާމަކަށް) ބަލީގެ އަސަރު ފޯރައި އޭގެ އުދަގޫތައް މެދުވެރިވެދާނެ އެވެ.

ތަފްޞީލު...އިންފުލުއެންޒާ

influenza-mainއިންފުލުއެންޒާ(Influenza) އަކީ އަރިދަފުސް ރޯގާ ފަދަ އިން ވައިރަސް އެއްގެ ސަބަބުން، ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ.  ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭރޯގާ ދެވައްތަރު ކަމުގައިވާ "އިންފުލުއެންޒާ"(Influenza) އާއި "އަރިދަފުސް ރޯގާ" (Common cold)އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ.

ތަފްޞީލު...އޫރު ރޯގާ

ooru-roga-mainއޫރު ރޯގާ (Swine flu) އަކީ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. އޫރު ރޯގާ ޖެހެނީ އިންފުލުއެންޒާ ވައިރަސް އޭ(Influenza virus A) ގެ ވިރާސީ ބަހާ ބަދަލުވެގެން އުފެދިފައިވާ އާ ސްޓްރެއިން އެއް ކަމުގައިވާ " ސްވައިން އެޗްވަންއެންވަން"(Swine H1N1) ގެ ސަބަބުންނެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް ތަކާއި، އަދި އިންސާނުންނަށް މޫސުމީ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް އެކަަތި އަނެކައްޗާއި، މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ.

ތަފްޞީލު...އަރިދަފުސް ރޯގާ

aridhafus-roga-1އަރިދަފުސް ރޯގާ އަކީ ތަފާތު ވައިރަސް ތަކުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާގެ އަސަރު ނޭފަތުގެ އިތުރުން، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ކަންފަތް، އަދި ވައިނޮޅި އާއި، ވައިނޮޅީގެ ކަފި އަށް ވެސް ކުރެއެވެ.

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު، އަދި އެންމެ އާންމުކޮށް ފެތުރޭ ރޯގާ އެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި އިންސާނުންނަށް ޖެހޭ ރޯގާތަކުގެ ދެބައިކުޅަ އެއްބަޔަކީ އަރިދަފުސް ރޯގާ އެވެ. އަރިދަފުސް ރޯގާ ޖެހެނީ ނޭވާލުމުގެ ނިޒާމަށް ކޮންމެވެސް ސިފައެއްގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ވާޞިލްވުމުންނެވެ.

ތަފްޞީލު...ހިމަބިހި

himabihi1ހިމަބިހި(Measles) ނުވަތަ ހިމަ ބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ.

ތަފްޞީލު...ވައިރަލް ހެޕަޓައިޓިސް ޑީ،އީ، ޖީ

viral-hepatitis-1ހެޕަޓައިޓިސް ޑީ (Hepatitis D) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ޑީ ވައިރަސް(Hepatitis virus D) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.ހެޕަޓައިޓިސް ޑީ ޖެހޭ އެންމެ އާންމު ގޮތެއް ކަމުގައި ބެލެވިފައިވަނީ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ސިރިންޖާއި ކަށި ފަދަ ތަކެތި އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމަށް، ބޭނުންކުރުމެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.