ޞިއްޙަތު
މައިމީހާގެ ނިދި މަދުވުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާނެ ކަމެއްތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މައިމީހާ ރަނގަޅަށް ނުނިދުމަކީ ބަނޑުގައިވާ ދަރިފުޅު ނުނިދައި ހޭލައި ހުންނަން ސަބަބަކަށް ނުވެއެވެ. އަދި ކިއެއްތަ މައިމީހާ އެންމެ ރަނގަޅަށް ހޭލައި ހުންނައިރު ބަނޑުގައިވާ ދަރިފުޅު ގަދައަށް ނިދައިފައި އޮތުމަކީ ވެދާނެ ކަމެކެވެ. މައިމީހާ ނިދާގަދިއާއި ބަނޑުގައިވާ ދަރިފުޅު ނިދާގަޑިއާއި ގުޅުމެއްނެތީ ކީއްވެގެންކަން އެކަކަށްވެސް ނޭގެއެވެ. އެންމެންވެސް ދަންނަ ހަގީގަތަކީ ބަނޑުގައިވާ ދަރިފުޅަށް ނިންޖަކީ ވަރަށް މުހިއްމު އެއްޗެއްކަމެވެ.
ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިހެއުމަށްފަހު ރޭކުރާއިރު ތަދުވުމަކީ ނުވަތަ ރިއްސުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. ވިހާއިރު ކުރިމަތި ފަރާތް ކަފައިލާން ޖެހުނު ނަމަ ނުވަތަ ވީދައިގެން ދިޔަނަމަ އެތަން ފަސޭހަވާއިރު އިންނަ ލަކުނުގައި އެތައް ހަފުތާއެއްވަންދެން އަދި ބައެއްފަހަރު އެތައް މަހެއްވަންދެން ރޭކުރާއިރު ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
ވުމާއެކު ލަކުނު މުޅިން ފަސޭހަވަންދެން ރޭނުކޮށް މަޑުކޮށްލުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވިހާތާ 40 ދުވަހުގެ ތެރޭގައި ލަކުނު މުޅިން ފަސޭހަވާނެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ގިނަދުވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މާބަނޑު ދުވަސްވަރު ބަންޑުން ނުވަތަ އުއްޑުން ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ވުމާއެކު ނިދަން ރަނގަޅީ އަރިއަކަށެވެ. ކަނާތްފަރާތަށް (ކަނާތް މައްޗަށްވާ ގޮތަށް) ނިދުމަކީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްނަމަވެސް ނިދަން އެންމެ ރަނަގަޅީ ވާތްފަރާތަށެވެ. ވާތް މައްޗަށްވާގޮތަށެވެ. އެއީ މިގޮތަށް ނިދުމުން މައިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގެ ލޭހިނގުން ރަނގަޅުވެ ދަރިފުޅުގެ މަހަށް ލޭގެންގޮސްދޭ މިންވަރު އިތުރުވާނެއެވެ.
ދަރިފުޅު އުފަންވުމަށްފަހު
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ދަރިފުޅު އުފަންވާއިރު ދަރިފުޅުގެ ހަށިގަނޑުގައި ފިނިހޫނުމިން ހެއުވަރަކަށް ބެހެއްޓުމުގެ ގާބިލްކަމެއް ނުހުރެއެވެ. ވުމާއެކު ދަރިފުޅު ހޫނު ހިކި ތަނެއްގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިތުރު އުދަގުލަލާއި ނުލައި ދަރިފުޅު ވިހެއިނަމަ އަދި ދެމައިންގެ ހާލުރަނގަޅުނަމަ ވިހެއުމަށްފަހު ވަގުތުން މައިމީހާގެ ބަނޑުމައްޗަށް ދަރިފުޅު ލުމަކީ ވަރަށް ރަނގަލު ކަމެކެވެ. އަދި ބަނޑުމަތީގައި ބާއްވައިގެން ދަރިފުޅު ސާފު ކުރާށެވެ. ދަރިފުޅު ސާފުކޮށް ނިމުމަށްފަހު ތުވާއްޔަކުން ނުވަތަ ރަޖާގަނޑަކުން ދަރިފުޅު ނިވާ ކުރާށެވެ. އަދި ދަރިފުޅުގެ ބޯވެސް ނިވާކުރުން ރަނގަޅުވާނެއެވެ.
ވިޓަމިން ޑީ... ދަރިފުޅުގެ ކަށި އުފެދުމަށްޓަކައި ވަރަށް މުހިއްމު
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ކޮންމެ މީހެއްގެ ހަށިގަނޑަށްވެސް ވިޓަމިން ޑީ ބޭނުންވެއެވެ. ހާއްސަކޮށް މާބަނޑު މީހުންނަށެވެ. އެއީ ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ކެލްސިއަމް އާއި ފޮސްފެރަސް ހުންނަން ޖެހޭ މިންވަރަށް ބެހެއްޓުމަށްޓަކައި ކޮންމަހެން ބޭނުން މާއްދާއެކެވެ. އަދި މި ދަމިނެރަލް އަކީ ބަނޑުގައިވާ ދަރިފުޅުގެ ކަށްޓާއި ދަތް އުފެއްދުމަށް ވަރަށް ބޭނުންތެރި ދެމާއްދާއެވެ.
މައްސަރުކަންތައް އިންތިޒާމު ނުވުމަކީ ކޮބާ؟ އަދި އެކަން އެނގޭނީ ކިހިނެއް؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މައްސަރުކަންތައް އިންތިޒާމު ނުވުމަކީ އެކިފަހަރު އެކި ދުރުމިނުގައި މައްސަރުކަންތައް ދިމާވުމެވެ. އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވަނީ ކޮންމެ 24 ދުވަހަކާއި 35 ދުވަހައި ދެމެދުގައެވެ. ކޮންމެ 24 ދުވަހަކުން މައްސަރު ކަންތައް ދިމާވާ މީހަކަށް މައްސަރުކަންތައް ދިމާނުވެ އެއްވުރެ ގިނަ ދުވަސް ވުމަކީ އެމީހެއްގެ މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ. ނުވަތަ މައްސަރު ކަންތައް އެއްފަހަރު 30 ދުވަހުން ވެފައި އަނެއްފަހަރު 24 ދުވަހުން ނުވަތަ 35 ދުވަހުން ވުމަކީވެސް މައްސަރު ކަންތައް އިންތިޒާމު ނުވުމެވެ.
ވިޓަމިން ބީ6 އިން މާބަނޑު ދުވަސްވަރު ލިބޭ ފައިދާއަކީ ކޮބާ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިޓަމިން ބީ6 އަކީ ޕްރޮޓީން، ފެޓު އަދި ކާބޯހައޮޑްރޭޓް ހަޖަމްކޮށް ހަށިގަނޑަށް ނެގުމަށްތަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އަމައިނޯއެސިޑުން (ޕްރޮޓީން ހަޖަމް ކުރުމުން ހުންނަ ތާސީރުން) ލޭގެ ރަތް ހަތަޔާއި، އެންޓިބޮޑީއާއި(ހަށިގަނޑަށް ވަންނަ ދިރޭތަކެތިން ހަށިގަނޑު ދިފާއުކުރުމަށް މަސައްކަތް ކުރާ މާއްދާއެއް) ނިއުރޯ ޓްރާންސްމިޓަރސް ( ނާރުތަކުގެ ހަރަކާތްތައް ނުވަތަ ނާރުތަކުން ހަށިގަނޑުގެ އިހުސާސްތަކާއި އަމުރުތައް އެކިހިސާބުތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭ މާއްދާއެއް) އުފެއްދުމަށް އެހީތެރިވެދެއެވެ.
ވިޓަމިން އޭ... މާބަނޑުމީހުން ގިނައިން ބޭނުން ކުރުން ރަނގަޅު ނޫނީ ކީއްވެ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިޓަމިން އޭ ހަށިގަނޑުގައި ރައްކާ ކުރެވިފައި ހުންނަނީ ޗަސްމޭގައެވެ. މިއީ ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވަނީ ލޮލާއި، ހިތާއި، އަތްފައި އަދި ކަންފަތާއި ހަންގަނޑުގެ ހަތާތައް އުފެދި ބޮޑުވުމަށެވެ. އަދި ކަށި ބޮޑުވުމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި ސަރުބީ ހަޖަމް ކުރުމަށްވެސް ވިޓަމިން އޭ ބޭނުންވެއެވެ. އަދި މިއީ މާބަނޑު ކޮންމެ އަންހެނަކަށްވެސް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. އެއީ މިވިޓަމިނަކީ ވިހެއުމަށްފަހު ވިހެއުމުގެ ބަލިން ފަސޭހަވުމަށާއި ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ނުރައްކާތެރި ބެކުޓީރިއާތަކާއި ދެކޮޅަށް ހަމަލެދޭ އެއްޗެކެވެ.
މާބަނޑު ދުވަސްވަރު ކުރިމަތިފަރާތުން ލޭ ފެއިބުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން ދިމާވަނީ އާއްމުގޮތެއްގައި މައްސަރުކަންތައް ދިމާވާނެ ކަމަށް ބެލެވޭ ދުވަހާއި ވަރަށް ގާތުގައެވެ. އެއީ ބިހާއި ދަރިފަނި ގުޅުމަށްފަހު އުފެދެންފަށާ ދަރިފުޅު ރަހިމާއި ގުލޭވަގުރު ނުވަތަ ރަހިމުގެ ހަތާތަކުގެ ތެރެއަށް ވެޑިގެންދާ ވަގުތު ފައިބާ ލެއެކެވެ. މިހެންވަނީ ރަހިމާއި ދަރިފުޅު ގުޅޭވަގުތަކީ ރަހިމުގައި ވަރަށް ގިނައިން ލޭ ދަރުރުކުރާ ވަގުތަކަށް ވުމުންނެވެ. އެއީ މިހާއި ދަރިފަނި ގުޅޭތޭ ގާތްގަޑަކަށް 11 ނުވަތަ 12 ދުވަސް ފަހުންނެވެ. އަދި ބައެއްފަހަރު ބިހާއި ދަރިފަނި ގުޅޭތާ 6 ވަނަ ދުވަހުން ފެށިގެން ލޭ ފެއިބުމަކީވެސް ވެދާނެ ކަމެކެވެ.
ބައިގެންދިއުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ބައިގެންދިއުމަކީ މާބަނޑަށް 20 ހަފުތާވުމގެ ކުރިން ދަރިފުޅު ފެއިބުމެވެ. ނުވަތަ ވިހެއުމެވެ. އާއްމުގޮތެއްގައި 15% -20% ދެމެދުގެ މާބަނޑު ނިމިގެންދަނީ ބައިގެންދިއުމުގެ ސަބަބުންނެވެ. އަދި ބައިގެންދާ މީހުންގެ ތެރެއިން 80% މީހުން ބައިގެންދަނީ ބަނޑަށް 12 ހަފުތާ ނުވަތަ ތިންމަސް ވުމުގެ ކުރިންނެވެ. މީގެތެރޭގައި ބަލިވެއިދެ ބައލިވެއިންކަން ނޭގި ބައިގެންދާ މީހުންނެއް ނުހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލިވެއިދެ އެހެނަސް ބަލިވެއިންކަން ނޭގި ބައިގެންދާ މީހުންގެ އަދަދު 30% އާއި 50% އަށް އަރައެވެ.
މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ފައިދާހުރި ކަމެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމުގައި ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ ކުރިއްސުރެ ގަވައިދުން ކަސްރަތު ކުރާމީހަކު ބަލިވެއިނުމުން އެކަން ދަމަހައްޓަން ބޭނުން ނަމަވެސް ފަރުވާތެރިވެ ރައްކާތެރިވާން ޖެހެއެވެ. ތިރީގައި އެވަނީ މިގޮތުން ރައްކާތެރިވެ ފަރުވާތެރިވާން ޖެހޭ ބައެއް ކަންތައްތަކެވެ.
އަތްފައި ދުޅަވުން ނުވަތަ ފޮއްސިވުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
އާއްމުގޮތެއްގައި ފޮއްސިވަނީ ނުވަތަ ދުޅަވަނީ ހަތާތަކުގެ ދޭތެރޭގައި ދިޔާއެއްޗެތި ގިނަވުމުންނެވެ. މާބަނޑު ދުވަސްވަރު ފޮއްސިވުމަކީ ޠަބީޢީ ކަމެކެވެ. އެއީ ބަލިވެއިނުމާއި އެކު ހަށިގަނޑަށް އިތުރުވެގެންދާ ފެނުގެ ނިސްބަތް ވަރަށް ބޑުތަން މަތިވެގެން ދެއެވެ. ހަމައެއާއި އެކު ލޭވެސް ގިނަވެއެވެ. މީގެއިތުރުން ލޭގައި ހިމަނޭ މާއްދާތަކަށް އަންނަ ބަދަލު ތަކަކީވެސް މާބަނޑު ދުވަސްވަރު ދުޅަވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ގުގުރި ދެމުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ނިދީގައި ގުގުރިދެމުމަކީ ބަލިވެއިނުމުން ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 6 މަސް ވުމަށް ފަހުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ. ބަލިވެއިނުމުން ނިދީގައި ގުގުރިދަމާމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ވިހެއުމަށްފަހު އިތުރު އެހީއަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ރަނގަޅުވެއެވެ.













