ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ޞިއްޙަތު

ފާގަ

faaga-1ފާގަ އަކީ މަޑު ފޮނި ރަހައެއް ދޭ އެއްޗެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ ބާވަތެކެވެ. ފާގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ފާގަ ހުންނަކަން ފާހަގަ ކުރެވެއެވެ. އެކި ސައިޒުގެ ފާގަ ވެސް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ.



ބަނބުޅަބޮސް

babulha-1ބަނބުޅަބޮސް އަކީ ނާރިނގު، ނިޔަދުރު، ލިބޯ، ބޮޑު ލުބޯ، އަދި ފޮނި ލުބޯ ނިސްބަތްވާ ހުތްމޭވާ އާއިލާގެ މެންބަރެކެވެ. މިއީ ރޯމޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން، އަދި ސަލަޑް އާއި، ފޮނިކާތަކެތީގައި ހިމަނައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ.



ދޯޅަނބު

dhoalhabuދޯޅަނބަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ދޯޅަނބު ބޭނުންކުރެވެނީ ތަފާތު ސަލަޑް، އަދި އެހެނިހެން ކާތަކެތި ތައްޔާރު ކުރައްވާއިރު ހުތް ރަހަ ހެޔޮވަރު ކޮށްލުމުގެ ގޮތުންނެވެ. ދޯޅަނބު ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ދޯޅަނބު އަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، ކުދި ލުނބޯ، އަދި ކުދި އޮރެންޖް ހިމެނެއެވެ.



ކަށަވަކި (ކަށަވައް)

kashavakiކަށަވަކި ނުވަތަ ކަށަވަކަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށްހެދޭ ގަހެއްގައި އަޅާ ދޮންމޫސަ އެއްގެ ސައިޒަށް ހުންނަ މޭވާ އެކެވެ. ދޮންނުވާއިރު ފެހިކުލައިގައި ހުންނަ މިމޭވާ ދޮންވުމުން ހުންނާނީ ކަޅު ނުވަތަ ދަނބުކުލައިގައެވެ. އަދި ދޮންވާން ދާއިރު މަޑު ފިޔާތޮށި، މެރޫން، އަދި ރަތްކުލައިގައި ވެސް ހުރެއެވެ.



ކާމަރަނގަ

kaamaraga-1ކާމަރަނގަ އަކީ ހުތްފޮނި މީރު މޭވާ އެކެވެ. މިމޭވާ ހުރަހަށް ފޮތި ޖެހުމުން ހުންނާނީ މަލެއްގެ ސިފައިގައެވެ. މިއީ ބިލިމަގާއި އެއްއާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. ކާމަރަނގައިގައި ތަފާތު ވިޓަމިންގެ ބާވަތްތަކާއި، އެކިއެކި މަޢުދަންތަކާއި، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. ކާމަރަނގަ އަކީ އާންމުކޮށް މޭވާއެއްގެ ގޮތުގަޔާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރާ އެއްޗެކެވެ. ކާމަރަނގައިގެ ފޮނި، އަދި ހުތް ވައްތަރެއް ހުރެއެވެ.



އަލަނާސި

alanaasiއަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ.



އެނބޫ

eboo-1އެނބޫ އަކީ ކުޑަވަރެއްގެ ހުތް މޭވާ އެކެވެ. ދޮންވީމާ ރީނދޫ ކުލައިގައި ހުންނަ މިމޭވާގެ އޮށް ވަރަށް ބޮޑުވާނެ އެވެ. މީގައި އާންމުކޮށް ކައިއުޅެނީ، އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ.



އެޕްރިކޮޓް

apricot-1އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ.



އެވޮކާޑޯ

avocado-1އެވޮކާޑޯ އަކީ މީރު މޭވާ އެކެވެ. އެވޮކާޑޯގެ ބޭރު ތޮށިގަނޑު ކަޅުފެހި އަދި ގަދަފެހި ކުލައިގައި ވެސް ހުރެއެވެ. މިއީ ރޯކޮށް ހުއްޓައި މޭވާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑް ހަދައިގެންނާއި، ތަފާތު ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާތަކެތީގެ ތެރޭގައި ގުނާލެވޭ، އެވޮކާޑޯ އަކީ، ތަފާތު 25 ވައްތަރެއްގެ ކާނާގެ ބައިތައް އެކުލެވޭ މޭވާ އެކެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ވިޓަމިންގެ ބައިތަކާއި، މަޢުދަންތައް އަދި އެނޫން މާއްދާތައް ވެސް ހިމެނެއެވެ.



އޮރެންޖު (ފޮނި ލުނބޯ)

orange-1ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. ފޮނި ލުނބޯގެ ތަފާތު އެތައް ވައްތަރުތަކެއް ހުރެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަބަދު ލިބޭ މިމޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ.



ހިމަގްލޯބިން

hemoglobin-1ހިމަގްލޯބިން އަކީ ލޭގެ ރަތް ސެލް ގެ ތެރޭގައި ހުންނަ ދަނގަޑު އެކުލެވިގެންވާ އޮކްސިޖަން އުފުލައިދޭ ''މެޓަލޯޕްރޮޓީން'' އެކެވެ. ފުއްޕާމޭ އިން ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކްސިޖަން ގެންގޮސްދެނީ ހިމަގްލޯބިން އެވެ. ހިމަގްލޯބިން ހަށިގަނޑުގައި އޮކްސިޖަންގެ މިިންވަރު އެންމެ މަތީ މިންވަރަކަށް އެކުލެވޭބައި ( ފުއްޕާމޭ)ގައި އޮކްސިޖަންއާ ތަތްވެ،ނުވަތަ އެއްވެއެވެ. އެއަށްފަހު އޮކްސިޖަންގެ މިންވަރު ދަށް ނުވަތަ މަދުބައިތަކަށް (ކުދިލޭހޮޅިތަކަށް) އޮކްސިޖަން ގެންގޮސްދެއެވެ. ތަބީއީގޮތެއްގައި އިންސާނާގެ ހަށިގަނޑުގައި އެކުލެވޭ ހިމަގްލޯބިން އަށް ކިޔަނީ ހިމަގްލޯބިން-އޭ(Hb-A) އެވެ.



ލޭގެ ހުދު ސެލް

hudhu-cell-2ލޭގެ ހުދު ސެލް (White blood cells)އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ''ލިއުކޯސައިޓް''(Leucocyte) އޭވެސް ކިޔައެވެ. ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ.



ލޭގެ ރަތް ސެލް

rah-cell-1ލޭގެ ރަތް ސެލް(Red blood cell) އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލް ގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. ލޭގެ ރަތް ސެލް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. ލޭގެ ރަތް ސެލް ތަކަށް ''އިރިތްރަސައިޓް''(Erythrocyte) އޭ ވެސް ކިޔައެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.